އަތުލަން ނިންމި އެއް ފްލެޓުން ކުލި ދައްކަން އެއްބަސްވެއްޖެ
އެފްޑީސީ ފްލެޓުތަކަށް ކުލި ނުދައްކައިގެން ހުސްކުރަން އެންގި ދެ ތަނުން އެއް ތަނުން ފައިސާ ދައްކަން އެއްބަސްވި ނަމަވެސް، އަނެއް ތަން ހުސްކުރަން ކޯޓަށް ހުށަހަޅަން ވަނީ ނިންމާފައެވެ. މި ފިޔަވަޅާއެކު ކުލި ނުދައްކާ ތިބި އެހެން ފަރާތްތަކުން ވެސް މިހާރު ފައިސާ ދައްކަން ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.