ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހޯމް-ސްކޫލިންގެ ފުރުސަތު
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލަށް ހާޒިރުނުވެ، ހޯމް-ސްކޫލިން މެދުވެރިކޮށް ހިލޭ ތައުލީމު ހާސިލުކުރެވޭ ގޮތަށް އިސްލާހެއް މަޖިލީހަށް ވަނީ ހުށަހަޅާފައި. މި އިސްލާހުގައިވާ ގޮތުން، ކުއްޖާގެ ހާލަތަށް ބަލައި މަޖުބޫރު ތައުލީމުން އިސްތިސްނާވާނެ މިންގަނޑުތައް ކަނޑައަޅަންޖެހޭ.