ޖައްމު އަދި ކަޝްމީރާ ގުޅޭގޮތުން ޕާކިސްތާނުގެ ސްޓޭންޑު ރައީސް މުއިއްޒުއަށް ސާފުކޮށްދެއްވައިފި

ޕާކިސްތާނަށް މުއިއްޒު ވަޑައިގެންނެވުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި ބޭއްވި އިހުތިފާލުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނަށް މުއިއްޒު ވަޑައިގެންނެވުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި ބޭއްވި އިހުތިފާލުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ޖައްމު އަދި ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނުން ގަބޫލުކުރާ ހަމަ، އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، ރައީސް މުއިއްޒުއަށް މިއަދު ސާފުކޮށްދެއްވައިފި އެވެ.

 ޕާކިސްތާނަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ކުރިއަށް ގެންދިޔަ ރަސްމީ މަޝްވަރާތަކަށްފަހު، މުއިއްޒު އާއެކު ދެއްވި ރަސްމީ ސްޓޭޓްމެންޓުގައި ޝެހްބާޒް ވިދާޅުވީ އިންޑިއާގެ ބާރުގެ ދަށުގައި އޮތް ޖައްމު އަދި ކަޝްމީރުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދަން އެ ގައުމުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ އިހުތިޔާރުގައި ގޮތް ނިންމުމުގެ ހައްގު ލިބިފައިވާ މިނިވަން މުސްތަގިއްލު ގައުމަކަށް ކަޝްމީރު ވުންކަމަށް ޝެހްބާޒް ވިދާޅުވި އެވެ.

"އިންޑިއާގެ ބާރުގެ ދަށުގައި އޮތް ޖައްމު އަދި ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނުން ގެންގުޅޭ ސިޔާސަތުތަކާ ބެހޭ މައުލޫމާތު އެ މަނިކުފާނާ [މުއިއްޒު އާ] ހިއްސާކުރިން. ކަޝްމީރުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ޕާކިސްތާނުން އަބަދުވެސް މަސައްކަތް ކުރާނެ،" ޝެހްބާޒް ވިދާޅުވި އެވެ.

ޕާކިސްތާނަކީ އިންޑިއާގެ ދުޝަމަން ގައުމެއް ނަމަވެސް އިންޑިއާއަކީ ރާއްޖެއާ އެންމެ ރަހުމަތްތެރި ގައުމެވެ. ޕާކިސްތާނުން ކަޝްމީރުގެ ވާހަކަ ދެއްކެވި ނަމަވެސް މުއިއްޒު ދެއްވި ސްޓޭޓްމަންޓުގައި ކަޝްމީރުގެ ވާހަކަ ދައްކަވާފައެއް ނުވެ އެވެ.

ޝެހްބާޒްގެ ވާހަކައިގައި ވަނީ  1960 ވަނަ އަހަރު ސޮއިކޮށްފައިވާ އިންޑަސް ވެލީ މުއާހަދާ ސަސްޕެންޑުކުރަން އިންޑިއާއިން މިދިޔަ އަހަރު ނިންމި ނިންމުމަށް ވެސް ފާޑުކިޔައިފަ އެވެ.

އިންޑަސް ވެލީ އެއްބަސްވުމަކީ އިންޑަސް ބޭސިންއާ ގުޅިފައިވާ ހަ ކޯރުގެ ފެން އިންޑިއާ އާއި ޕާކިސްތާނުން ބޭނުންކުރާނެ ގޮތުގެ ހަމައެއް ކަނޑައަޅައި ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައިވާ ގޮތުން، އޭގެ ތެރެއިން އިރުމަތީ ތިން ކޯރު ކަމުގައިވާ ރަވީ، ބިއާސް އަދި ސަޓްލެޖް އަކީ އިންޑިއާގެ ކޯރުތަކެވެ. އަދި، ދެކުނު ތިން ކޯރުކަމުގައިވާ އިންޑަސް، ޖޭލަމް އަދި ޗެނާބް އަކީ ޕާކިސްތާނުގެ ކޯރުތަކެވެ.

އެ އެއްބަސްވުން ސަސްޕެންޑުކުރަން އިންޑިއާއިން ނިންމީ ޖައްމު އަދި ކަޝްމީރުގައި މިދިޔަ އަހަރު ދިން ޓެރަރިސްޓު ހަމަލާއަކާ ގުޅިގެންނެވެ. އިންޑިއާއިން ބުނެފައި ވަނީ ލެޔާއި ފެން އެކުގައި ދަތުރުނުކުރެވޭނެ ކަމަށާއި އެ ސަރަހައްދުގައި ޓެރަރިސްޓު ހަމަލާތައް ދެނީ ޕާކިސްތާނުގެ ސަރުކާރު އަޑީގައި އޮވެގެން ކަމަށެވެ. ނަމަވެސް، އެ ތުހުމަތުތައް ޕާކިސްތާނުން ދޮގުކުރެ އެވެ.

ޝެހްބާޒް މިއަދު ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން އަމަލުކުރުން ލާޒިމުކުރާ އެފަދަ މުއާހަދާއަކާ އިންޑިއާއިން ހިލާފުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި، ގައުމުތަކުގެ މެދުގައި ދެމިގެންދާ ފެނުގެ ވަސީލަތްތަކަކީ ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކުރުމަށް ނުވަތަ ބިރުދެއްކުމަށް ބޭނުންކުރާ ހަތިޔާރަކަށް ހދައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި، އިންޑަސް ވެލީ މުއާހަދާގެ ދަށުން އިންޑަސް ބޭސިންއާ ގުޅިފައިވާ ކޯރުތަކުން ޕާކިސްތާނަށް ކަނޑައަޅާފައިވާ މިންވަރު ކޮންޓްރޯލް ކުރުމަކީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި ބަލާނެކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ޝެހްބާޒް ތަކުރާރުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ ޑެޕިއުޓީ މޭޔަރަާއި އިތުރު ދެ މީހުން ކުންފުނިތަކުގެ ބޯޑަށް

މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް މޯލްޑިވްސް ޕޯސްޓްގެ ބޯޑަށް، އަދި އިތުރު ދެ ބޭފުޅަކު އެސްޓީއޯ އާއި އެސްޕީއެމްސީގެ ބޯޑަށް ޕީސީބީން މިއަދު ވަނީ އައްޔަނުކޮށްފައި މީގެ ކުރިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަރީޝްއަކީ އެމްޑީޕީ ދޫކުރައްވައި މިހާރު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ބޭފުޅެއ

"އެއް ގައުމެއްގެ މީހުންނަށް ގަނެވޭނީ ރަސްމާލޭގެ 25 ޕަސެންޓު"

ރަސްމާލެއިން ބޭރު ގައުމުތަކުގެ މީހުންނަށް ޕްރޮޕަޓީ ގަނެވޭނީ ވަކި އިންސައްތައަކަށް ކަމަށާއި، އެއްވެސް ގައުމެއްގެ ރައްޔިތުންނަށް 25 ޕަސަންޓަށްވުރެ އިތުރަށް ބިން ނުގަނެވޭނެ ގޮތަށް ގާނޫނެއް އެކުލަވާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. މި މަޝްރޫއުގެ ދަށުން އިޒްރޭލު މީހުންނަށް ފުރުސަތު ނޯންނާނެ ކަމަށް.

ހުޅުޖަހަން ހިތްވަރުދިން ޒިހާން ހައްޔަރުކޮށްފި

ދައުލަތުގެ މުހިންމު އިދާރާތަކެއްގައި ހުޅުޖެހުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރީ ސުޕްރީމް ކޯޓާއި، ރައީސް އޮފީހާއި، މަޖިލީހުގައި ހުޅުޖެހުމަކީ މަޖާ ކަމަކަށް ވާނެ ކަމަށް ބުނެ ކުރި ޕޯސްޓާ ގުޅިގެން ބަލަމުންދާ މައްސަލައެއްގައެވެ.

އޮޑިޓު އޮފީހުން އެދުނު 133.6 މިލިއަން ރުފިޔާގެ ފާސްކޮށްފި

އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ހުށަހެޅި 133.6 މިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މި ބަޖެޓުގެ ބޮޑު ބައެއް އޮފީހުގެ ހިންގުމަށާއި މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައިވާއިރު، 43.5 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި އިމާރާތްކުރާ އެ އޮފީހުގެ އާ އިމާރާތަށެވެ.

ރަސްމާލޭގައި ސްކޫލްތައް ނުހުންނާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރަސްމާލޭގެ އީގަލް ހިލްސް މަޝްރޫއު ހިންގާ ސަރަހައްދުގައި ސްކޫލްތައް ނުހުންނާނެ ކަމަށާއި، އެތަނުގައި އެހެން ދީންތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ނަމަވެސް، ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ ސަރަހައްދުގައި ސްކޫލްތަކާއި ސިއްހީ މަރުކަޒުތައް ހުންނާނެ ކަމަށް.

99 އަހަރުވުމުން ވެސް ރަސްމާލެ އަނބުރާ ލިބޭނީ އަގު ދައްކައިގެން

"މި އިންވެސްޓްމެންޓުގެ ތެރެއިން މި އެޅޭ، ނޫނީ ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް މި ގަނެވެނީ. އެ ފަރާތުން ދެ އެތަން ޖެހޭނީ ސަރުކާރަށް، ދައުލަތަށް ވިއްކަން. ދައުލަތަށް ލިބޭނީ. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ،" ރައީސް ވިދާޅުވި އެވެ.

ފަޔާގެ އަމާޒު: މާލީ މިނިވަންކަން ދީ، ވިޔަފާރިވެރިން އުފެއްދުން

ފައްޔާޒް އިސްމާއިލްގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ 10،000 ވިޔަފާރިވެރިން އުފައްދައި، ރައްޔިތުންނަށް މާލީ މިނިވަންކަން ހޯދައިދިނުމަށް. އޭނާގެ އަމާޒަކީ ވަޒީފާގެ ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކޮށް، ރަށްރަށުގެ އިގްތިސާދީ ފުރުސަތުތަކުގެ ބޭނުން ހިފައިގެން އަމިއްލަ މަސައްކަތުން ކުރިއަށްދެވޭނެ މަގު ފަހިކޮށްދިނުން.

Newsletter

Get the latest news delivered straight to your inbox