ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވައި އަސްކަރީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުއިއްޒު މަޝްވަރާކުރައްވައިފި

ޕާކިސްތާނުގެ މިލިޓަރީ އެންމެ އިސް ކޮމާންޑަރު، އާސިމް މުނީރު އާއި ރައީސް މުހައްމަދު މުއިއްޒު ކުރިއަށް ގެންދެވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ދަ ނޭޝަން

ޕާކިސްތާނުގެ މިލިޓަރީ އެންމެ އިސް ކޮމާންޑަރު، އާސިމް މުނީރު އާއި ރައީސް މުހައްމަދު މުއިއްޒު ކުރިއަށް ގެންދެވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ދަ ނޭޝަން

ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސް، އާސިމް މުނީރުއާ ބައްދަލުކުރައްވައި، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް މުއިއްޒު މަޝްވަރާކުރައްވައިފި އެވެ.

ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފްގެ މަގާމުގައި ވެސް ހުންނެވި، އެ ގައުމުގެ އެންމެ އިސް މިލިޓަރީ ކޮމާންޑަރު، އާސިމް އާއެކު މުއިއްޒު މިއަދު ކުރިއަށް ގެންދެވި ބައްދަލުވުމުގެ ތެރެއިން، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމުގައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

އެގޮތުން، އަސްކަރީގޮތުން ތަމްރީނުވުމަށް ދެ ގައުމުގެ ދެމެދުގައި ޕްރޮފެޝަނަލް އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށް އެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

Advertisement

އެ ބައްދަލުވުމުގައި މުއިއްޒު ވަނީ ޕާކިސްތާނު އަސްކަރިއްޔާގެ ފަންނީ ގާބިލުކަމާއި މި ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާޢިމުކުރުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި، ޕާކިސްތާނު އަސްކަރިއްޔާގެ ގާބިލުކަމާއި ސަރަހައްދީ ކަންކަމުގައި އެ ގައުމުން އަދާކުރާ ދައުރަށް އިތުބާރު އެބަ އޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރަސްމީ ދަތުރެއްގައި މުއިއްޒު ޕާކިސްތާނަށް ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެމަނިކުފާނަކީ ފާއިތުވި 10 އަހަރު ތެރޭގައި ޕާކިސްތާނަށް ވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ރައީސް އެވެ.

އެ ގައުމަށް ކުރައްވާ ދަތުރުގެ ތެރެއިން، އިއްޔެ ވަނީ ޕާކިސްތާނާއެކު މުހިންމު 20 އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ޕާކިސްތާނާއެކު މިއަދު ސޮއި ކުރި އެއްބަސްވުންތައް 

  1. ޓެކްނޮލޮޖީ، ސައިބާ ސެކިއުރިޓީ، އޭއައި، ގެ ދާއިރާއިން އެއްބާރުލުން ދިނުމަށް
  2. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަށް
  3. އިޖްތިމާއީ ރައްކާތެރިކަމާ ގުޅޭ
  4. ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމަށް އަދި އެފްޑީއޭއަށް އެހީތެރިވުމަށް
  5. ޕާކިސްތާނުން ސިއްހީ ހިދުމަތްތެރިން ހޯދުމަށް
  6. އަސްކަރީ ގޮތުން ދެ ގައުމުން އެއްބާރުލުން ދިނުމަށް
  7. މެރިޓައިމް ސެކިއުރިޓި ކޯޕަރޭޝަންގެ ދާއިރާއިން އެއްބާރުލުން ދިނުމަށް
  8. ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް
  9. މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް
  10. ޓެކްނިކަލް އަދި ވޮކޭޝަނަލް ޓްރެއިނިން ދިނުމަށް
  11. ތައުލީމީ ދާއިރާއިން އެއްބާރުލުން ދިނުމަށް
  12. ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް
  13. ދެ ގައުމުގެ ދެމެދުގައި ކުރާ ވައިގެ ދަތުރުފަތުރު އިތުރު ކުރަން
  14. ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރަން
  15. އާޓްސް، ކަލްޗާ އަދި ހެރިޓޭޖުގެ ދާއިރާއިން ގުޅުން ބަދަހި ކުރަން
  16. ދެ ގައުމުގެ ޕޮލިސް އެކަޑަމީއިން ސޮއި ކުރި އެމްއޯޔޫ
  17. ދެ ގައުމުގެ ސިވިލް ސާވިސް ކޮމިޝަނުގެ މެދުގައި ސޮއި ކުރި އެމްއޯޔޫ
  18. ސިވިލް ސާވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑެރަލް ޕަބްލިކް ސާވިސް ކޮމިޝަނާ ދެމެދު ސޮއި ކުރި އެމްއޯޔޫ
  19. ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ވިޔަފާރި ކުރން އެސްޓީއޯ އާއީ ޓްރޭޑިން ކޯޕަރޭޝަން ޕާކިސްތާނާ ދެމެދު ސޮއި ކުރި އެމްއޯޔޫ
  20. ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހި ކުރަން

ރައީސް މުއިއްޒު ވެރިކަމަށް އައީ "އިންޑިއާ އައުޓް" އެޖެންޑާއަކާއެކު އެވެ. އިންޑިއާއާ ދުރަށް ޖެހުމުގެ މަގުޗާޓެއް ވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު އިއުލާނު ކުރެއްވި އެވެ. ނަމަވެސް މާލީ ގޮތުން ދަތިވުމުން ރައީސް މުއިއްޒު ވަނީ އިންޑިއާއާއެކު އޮތް ގުޅުން ރަނގަޅު ކުރަން މަސައްކަތް ކުރައްވާފަ އެވެ.

އޭގެ ފަހުން އޮކްޓޯބަރު، 2024، ގައި މުއިއްޒު އިންޑިއާއަށް ވަޑައިގެން ބޮޑުވަޒީރު މޯދީއާ ބައްދަލު ކުރެއްވި އެވެ. އަދި ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށްގެންދާނެ ގޮތުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއި ކުރި އެވެ.  

ޕާކިސްތާނާއެކު 20 އެމްއޯޔޫއެއްގައި ދިވެހި ސަރުކާރުން މިއަދު ސޮއިކުރިއިރު، އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއިން ދައްކަންޖެހޭ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕެއް ރޯލްއޯވާ ކޮށްދީފަ އެވެ. އަދި އެއީ އިންޑިއާ އަތުން ކުރިން ނެގި ކަރަންސީ ސްވޮޕު ދެއްކި ދުވަހު ދިން ސްވޮޕެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox