ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމަކީ ސަރުކާރުގެ ދީނީ ވާޖިބެއް ކަމަށް އިލްމުވެރިންގެ ގުޅުމުގެ ދިރާސާގައި ބުނެފި

އިލްމުވެރިންގެ ގުޅުމުގެ ބައެއް މެންބަރުން ބައްދަލުވުމެއްގައި: އެ ޖަމިއްޔާގެ ކަރުދާހުގައި ބުނެފައި ވަނީ ރާ ބުއިމާއި ނިވާކަން ކުޑަ ހެދުން ލުމުގެ މިނިވަންކަމާއެކު ކާފަރުންނަށް ރާއްޖޭގައި ވަޒަންވެރިވެވިގެން ނުވާނެ ކަމަށް -- ފޮޓޯ: އިލްމުވެރިންގެ ގުޅުން

އިލްމުވެރިންގެ ގުޅުމުގެ ބައެއް މެންބަރުން ބައްދަލުވުމެއްގައި: އެ ޖަމިއްޔާގެ ކަރުދާހުގައި ބުނެފައި ވަނީ ރާ ބުއިމާއި ނިވާކަން ކުޑަ ހެދުން ލުމުގެ މިނިވަންކަމާއެކު ކާފަރުންނަށް ރާއްޖޭގައި ވަޒަންވެރިވެވިގެން ނުވާނެ ކަމަށް -- ފޮޓޯ: އިލްމުވެރިންގެ ގުޅުން

ރަސްމާލެ ޕްރޮޖެކްޓު މިހާރު އޮތް ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމަކީ ސަރުކާރުގެ ދީނީ ވާޖިބެއް ކަމަށް "އިލްމުވެރިންގެ ގުޅުން" ޖަމިއްޔާއިން ތައްޔާރު ކުރި ތަހުގީގީ ދިރާސާއެއްގައި ބުނެފި އެވެ. 

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލް ހިލްސްއަށް ރަސްމާލެ ދޫކޮށްލަން ސަރުކާރުން ނިންމި ނިންމުން އިލްމުވެރިންގެ ގުޅުމުގެ ކޮމިޓީއަކުން ދިރާސާ ކުރުމަށްފަހު އޭގެ ޑްރާފްޓެއް މިހާރު ވަނީ މެންބަރުންނަށް ފޮނުވައިފަ އެވެ. 

އަދަދު އަށް ވެސް ކޮޕީއެއް ލިބިފައިވާ އެ ދިރާސާގައި ބުނެފައި ވަނީ، ކާފަރުންނާއެކު ވިޔަފާރިކޮށް ގުޅުން ބަދަހި ކުރެވޭނެ ކަމަށާއި ނަމަވެސް އެކަން ކުރަންޖެހޭނީ އިސްލާމީ ހަމަތަކާ އެއްގޮތަށް ކަމަށެވެ. ރަސްމާލެ ޕްރޮޖެކްޓުގައި މިވަގުތު އެ ޝަރުތުތައް ހަމަނުވާ ކަމަށް ފާހަގަކޮށް އެ ދިރާސާގައި ބުނެފައި ވަނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓުވުމަކީ ސަރުކާރުގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށެވެ. 

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ. 

މުސްލިމް ނޫން ބޮޑު އާބާދީއެއް މާލެ ކައިރީ ވަޒަންވެރިވެ ދިރިއުޅެން ފެށުމުން ދީނީ ގޮތުން އެތައް ނުރައްކަލެއް ކުރިމަތިވާނެ ކަމަށެވެ.

"ދީނީ ގޮތުން އޮތް އެންމެ ބޮޑު ނުރައްކަލަކީ ފައްޅިއެއް އެޅުމެއް ނުވަތަ ލާދީނީ ފެސްޓިވަލްތައް  ބޭއްވުމެއް ނޫން. ދީނީ ގޮތުން އެންމެ ބޮޑު ނުރައްކަލަކީ ރިސޯޓުތަކުގައި އުޅެވޭ ގޮތަށް ބިދޭސީ 30،000 މީހުންގެ އާބާދީއެއް ވެރި ރަށް މާލެ ކައިރީ ގާއިމް ކުރުން،" އެ ދިރާސާގައި ބުނެފައިވެ އެވެ. 

ސަރުކާރުން ބުނަނީ އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލަނީ 99 އަހަރަށް ކަމަށެވެ. ނަމަވެސް އީގަލް ހިލްސް އިން ބުނެފައި ވަނީ ސަރުކާރުން އެ ބުނާ 99 އަހަރުގެ މުއްދަތު ހަމަވުމުގެ ކުރިން ރަސްމާލޭގެ ޕްރޮޕަޓީއެއް ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

އިލްމުވެރިންގެ ގުޅުމުގެ ދިރާސާގައި އެ ޕޮއިންޓަށް ވެސް ވަނީ އަލިއަޅުވާލައިފަ އެވެ. ހައިބަރު އެގްރިމެންޓާ ހަވާލާދީ އެ ދިރާސާގައި ބުނެފައި ވަނީ މުސްލިމުންގެ ބިމެއް ތާއަބަށް ނުވަތަ ނިމުމެއް ނުވާ އެގްރިމެންޓެއްގެ ދަށުން ދޫކޮށްލުން ހުއްދަ ނުވާނެ ކަމަށެވެ. 

ހައިބަރު އެގްރިމަންޓަކީ ހިޖުރައިން ހަތް ވަނަ އަހަރު މުސްލިމުން ޔަހޫދީންނާއެކު ކުރި ހަނގުރާމައަށްފަހު އެކުލަވައިލި އެގްރިމެންޓެވެ. އެ އެގްރިމެންޓުގެ ދަށުން ޔަހޫދީންނަށް ހައިބަރުގައި އުޅުމުގެ ހުއްދަ ދިނެވެ. ނަމަވެސް އެގްރިމެންޓު ހެދީ މުސްލިމުން ބޭނުންވެ ހިނދެއްގައި ޝަރުތަކާ ނުލާ އެގްރިމެންޓު އުވާލެވޭނެ ގޮތަށެވެ. 

"ހައިބަރު އެގްރިމެންޓުގެ ދަށުން ބިން އޮތީ މުސްލިމުންގެ އަތުގައި، މުސްލިމުންގެ ބާރުވެރިކަމުގެ ދަށުގައި،" އެ ދިރާސާގައި ބުނެފައިވެ އެވެ. 

އިލްމުވެރިންގެ ގުޅުމުން ތައްޔާރު ކުރި ދިރާސާ، އެ ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި ތިބި 160 އަށް ވުރެ ގިނަ އިލްމުވެރިންނަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެ ކަރުދާސް ފައިނަލްކޮށް، އާންމު ކުރާނީ އިލްމުވެރިންގެ ފީޑްބެކް ހިމެނުމަށްފަހު އެވެ. 

އީގަލް ހިލްސްއަށް ރަސްމާލެ ދޫކޮށްލަން ސިއްރު އެގްރިމެންޓެއްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. ދައުލަތުގެ ފައިސާއިން ހިއްކި ރަސްމާލެ ދޫކޮށްލަނީ އެކުއިޒިޝަން ކޮސްޓެއް އަދި ބިމު ކުއްޔެއް ނުނަގާ ގޮތަށެވެ. 

ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ ގާނޫނުތައް ހުއްދަ ކުރާ ކަމަކަށް ނުވާތީ ސަރުކާރުން އުޅެނީ އެ ޕްރޮޖެކްޓަށް ފަހިކުރަން ގާނޫނުތަކެއް ހަދާށެވެ. އަދި ނޮވެމްބަރު 11، ގައި އެގްރިމެންޓުގައި ދާއިމީ އެގްރިމެންޓުގައި ސޮއި ކުރެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox