ގެދޮރު އިމާރާތްކުރުމަށް ލޯނު ނަގާ ގޭގޭގެ ކޮންމެ މީހަކަށް ދެލައްކައެއްހައި ރުފިޔާގެ ހިލޭ އެހީދޭން ފެށުމަށް ދަނީ ތައްޔާރުވަމުން: މުއިއްޒު

ރައްޔިތުންގެ އަޑު ޕްރޮގްރާމުގައި މުއިއްޒުގެ އަރިހަށް ދެ ރައްޔިތުން ގޮސް -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ އަޑު ޕްރޮގްރާމުގައި މުއިއްޒުގެ އަރިހަށް ދެ ރައްޔިތުން ގޮސް -- ފޮޓޯ: ރައީސް އޮފީސް

ގެދޮރު އިމާރާތްކުރުމަށް ބޭންކުތަކުން ލޯނު ނެގުމަށް އެހީތެރިވުމުގެ ގޮތުން، އެފަދަ ގެތަކުގެ ކޮންމެ މީހަކަށް 200،000 އެއްހައި ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދޭން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އެހެން ވިދާޅުވީ ސީދާ އެމަނިކުފާނުގެ އަރިހަށް އާންމު ރައްޔިތުން ގޮސް، ކަންމުގައި އެދެން ޖެހޭ ގޮތަށް ކުރިއަށް ގެންދާ ރައްޔިތުންގެ އަޑު ސިލްސިލާއަށް ދިޔަ ދެ މީހަކު ހިއްސާކުރި ޝަކުވާއަކާ ގުޅިގެންނެވެ.

މުއިއްޒު ވިދާޅުވީ ގެދޮރު އެޅުމަށް ބޭންކުތަކުން ދޫކުރާ ލޯނުގެ އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހަމަޖައްސަން ސަރުކާރުން ސްކީމެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން އެބައުޅެން އިކުއިޓީއަށް ދެއްތޯ މި ދައްކަންޖެހޭ ފައިސާ ކޮންމެވެސް ކަހަލަ ސަޕޯޓެއް ދެވޭކަހަލަ ސްކީމެއް އެބަ ހަދަން، އޭރުން މި ބޭންކަށް ދައްކަންޖެހޭ ފައިވް ޕަސެންޓް ދެއްތޯ؟ އޭގެ ތެރެއިން ކޮންމެވެސް ވަރެއް ދެއްކޭނެ،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ސްކީމް އެކުލަވައިލާނީ ވަރަށް ލުއި ޝަރުތުތަކެއް ކަނޑައަޅައިގެން ކަމަށާއި އެ ސްކީމްގެ ދަށުން ސަރުކާރުން ދޭ ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ ފައިސާ ކަމަށެވެ. އެކަން ކުރުމަށްޓަކައި ޓްރަސްޓު ފަންޑެއްގައި ފައިސާ ރައްކާ ކޮށްފައި ވެސް އެބަހުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިއީ ލޯނެއް ނޫން، މި ހިލޭ. ސަރުކާރުން ދެނީ އިކުއިޓީ ކޮމްޕޯނަންޓަށް ދޭ މިއީ ހަމަ، އަނބުރާ ދައްކަން ނުޖެހޭ އެއްޗެއް، ދެން 200،000ރ. ވަރު ކޮންމެ މީހަކަށް، ދެން ފައިވް ޕަސެންޓު، ދެން ގޭގެ ތިންހަތަރު މީހުން އެއްކޮށްލައިގެން ވެސް މިސާލަކަށް އެއް މިލިއަނެއްހައި ރުފިޔާ ވެސް ލިބިދާނެ ކަންނޭނގެ، ފަސް މީހުން ތިބެއްޖެއްޔާ ދެއްތޯ؟" މުއިއްޒު ވިދާޅުވި އެވެ.

"ނޫނިއްޔާމުން ދެތިންހަތަރު މީހުން ތިބެއްޖެއްޔާ ހައެއްކަލައްކަ ރުފިޔާ."

މި ސަރުކާރުން މީގެ ކުރިން ވަނީ ގެދޮރު ބިނާ ކުރުމަށްޓަކައި ބީއެމްއެލްއާ ގުޅިގެން ހިޔާވެހި ފައިނޭންޝިންގެ ނަމުގައި ސްކީމެއް ވެސް ހިންގައިފަ އެވެ.

ނަމަވެސް، އެ ސްކީމަށް ގިނަ ބައެއްގެ ޝަރުތު ހަމަނުވާ ގޮތަށް އޮތުމުން ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox