އިންޑިއާ ސަރުކާރުން އަދުލުއިންސާފުގެ ވާހަކަ ދެއްކުމަކީ ޖޯކެއް ކަމަށް ސިއްދީގު ކުރި ޕޯސްޓު ޑިލީޓުކޮށްފި

ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ސިއްދީގު: އިންޑިއާ ސަރުކާރަށް ފާޑުވިދާޅުވުމަށްފަހު އެ ޕޯސްޓު އޭނާ ޑިލީޓުކުރެއްވީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން -- ފޮޓޯ: ޕީއެސްއެމް

ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ސިއްދީގު: އިންޑިއާ ސަރުކާރަށް ފާޑުވިދާޅުވުމަށްފަހު އެ ޕޯސްޓު އޭނާ ޑިލީޓުކުރެއްވީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން -- ފޮޓޯ: ޕީއެސްއެމް

އިންޑިއާ ފަދަ ގައުމުތަކުގެ ސަރުކާރުތަކުން އަދުލުއިންސާފުގެ ވާހަކަދެއްކުމަކީ ޖޯކެއް ކަމަށް ވިދާޅުވެ، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަހުމަދު ސިއްދީގު އެ ގައުމަށް ފާޑުވިދާޅުވުމަށްފަހު އެ ޕޯސްޓު ޑިލީޓުކުރައްވައިފި އެވެ.

އިންޑިއާ ސަރުކާރަށް ސިއްދީގު ފާޑުވިދާޅުވީ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއް ރީޕޯސްޓުކުރައްވައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ވީޑިއޯއަކީ އިންޑިއާގެ ގުޖުރާތު ބަސް ސްޓޭޝަނެއްގައި އަންހެނަކަށް އަނިޔާކޮށް މަރާލި މީހަކު ހައްޔަރުކުރުމަށްފަހު، އެ މީހާގެ ގައިގައި ފުލުހުން ތަޅައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެކެވެ.

Advertisement

އެ ފިރިހެން މީހާ، އޭނާގެ ބައިވެރިޔާ ކަމަށް ބެލެވޭ އަންހެން މީހާ ގައިގައި ތަޅައި އަނިޔާކުރީ އެ ބަސް ސްޓޭޝަންގައި ތިބި އެތައް ބައެއްގެ ކުރިމަތީގައި މީގެ ދެތިން ދުވަސް ކުރިންނެވެ. އަންހެން މީހާ މަރުވީ އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އޭގެ އެއް ދުވަސްފަހުންނެވެ.

"އަދުލު އިންސާފުގެ ވާހަކަ މިފަދަ ގައުމުތަކުގެ ސަރުކާރުތަކުން ދެއްކީމާ އެ ވަނީ ޖޯކަކަށް، މީހަކު ކުށެއް ކުރުމުން ތަހުގީގުކޮށް މައްސަލަ ޝަރީއަތަށް ގެންދިޔުމުގެ ބަދަލު، ލަޓިބުރި އާއި ދަގަނޑު ހޮޅިން ތަޅައި ތުހުމަތު ކުރެވޭ މީހާ ނުކުޅެދޭ މީހަކަށް ހަދާފައި އޭނާއަށް އިންސާފު ދެނިއްޔޯ،" ސިއްދީގު ކުރި ޕޯސްޓުގައި ބުންޏެވެ.

އެކްސްގައި ސިއްދީގު ކުރެއްވި ޕޯސްޓު ޑިލީޓުކުރެއްވީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

ސިއްދީގު އެކްސްއިން ޑިލީޓުކުރި ޕޯސްޓު: ސިއްދީގަކީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު --- ސްކްރީންޝޮޓް: ދައުރު
ސިއްދީގު އެކްސްއިން ޑިލީޓުކުރި ޕޯސްޓު: ސިއްދީގަކީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު --- ސްކްރީންޝޮޓް: ދައުރު


ސިއްދީގުގެ އިތުރުން އިންޑިއާގެ ބައެއް މީހުން ވެސް އެ ވީޑިއޯއަށް ފާޑުކިޔައިފައިވެ އެވެ. ނަމަވެސް، ސަރުކާރުގެ އިސް މަގާމެއްގައި ހުރެ، މި މައްސަލައިގައި އިންޑިއާ ސަރުކާރަށް މިފަދަ ގޮތަކަށް ސިއްދީގު ނޫން ބޭފުޅަކު ފާޑުވިދާޅުވެފައެއް ނުވެ އެވެ.

އިންޑިއާ ސަރުކާރަށް ސިއްދީގު ފާޑުވިދާޅުވެފައިވާއިރު، މީގެ ކުރިން ވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް އިންޑިއާއަށް ފާޑުކިޔައި ފުރައްސާރަކުރުމުން އޭގެ ނޭދެވޭ އަސަރު ދެ ގައުމުގެ ގުޅުމަށް ކުރި އެވެ.

ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް އިގުތިސާދީ ގޮތުން ވެސް ބޮޑެތި ގެއްލުންތައް ކުރިމަތިވި އެވެ. އެ ހާލަތުން އަރައިގަނެވުނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ގެންގުޅުއްވި އިންޑިއާއާ ދެކޮޅު ސިޔާސަތު ދޫކޮށްލައްވައި އެ ގައުމާ ގުޅުން ބަދަހި ކުރުމަށް ކުރެއްވި މަސައްކަތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox