ފެނަކަ އުވާލުމުގެ މަސައްކަތް ފަށައި، ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ފުރުސަތު ހުޅުވާލައިފި

ފެނަކަ ކޯޕަރޭޝަން ބްރާންޗެއްގެ އޮފީހެއް: އެ ކުންފުނި އުވާލުމުގެ މަސައްކަތް ފަށައި، ބައެއް ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ގެނައުމަށް ތާވަލެއް ވަނީ އެކުލަވާލާފައި -- ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަން ބްރާންޗެއްގެ އޮފީހެއް: އެ ކުންފުނި އުވާލުމުގެ މަސައްކަތް ފަށައި، ބައެއް ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ގެނައުމަށް ތާވަލެއް ވަނީ އެކުލަވާލާފައި -- ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ އެއްކޮށްލުމުގެ މަސައްކަތް ފަށައި، އެ ކުންފުނިން ވަކިވާން ބޭނުންވާ ދާއިމީ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ. 

ފެނަކައިން ނެރުނު ސާކިއުލާއެއްގައި ބުނީ އެ ކުންފުނީގެ ވަޒީފާއިން ވަކިވާން އެދޭ މުވައްޒަފުން އެކަން ބަޔާންކޮށް މާދަމާގެ 15:00 ގެ ކުރިން hr@fenaka.mv އަށް މެއިލް މެދުވެރިކޮށް ސޮއިކޮށްފައިވާ ރަސްމީ ސިޓީއެއް ހުށަހަޅަން އެދޭ ކަމަށެވެ. 

މިގޮތުން ހުށަހަޅާ ހުށަހެޅުންތައް ހިއުމަން ރިސޯސް ޑިޕާޓްމަންޓް ދިރާސާކުރުމަށްފަހު، ވަޒީފާއިން ދޫކޮށްލާނެ އެންމެ ފަހު ތަރީހާއި، އެންމެހައި ޝަރުތުތައް ހިމެނޭ އިގުރާރެއް ކަމާގުޅޭ މުވައްޒަފުންނަށް ހުށަހަޅާނެ ކަމަށާއި އެ އިގުރާރުގައި މުވައްޒަފުން ސޮއިކޮށް އެއްބަސްވުމުން، ވަޒީފާއިން ވަކިވުމުގެ މަރުހަލާ ފުރިހަމަވާނެ ކަމަށް ފެނަކައިން ބުންޏެވެ. 

ފެނަކައިން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް، އިނާޔަތެއްގެ ގޮތުގައި ތިން މަސް ދުވަހުގެ މުސާރަ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 

ފެނަކައިގެ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ތާވަލު:

  • ހއ. އަތޮޅު - އޮކްޓޯބަރު 5، 2026
  • ޏ. އަތޮޅު - އޮކްޓޯބަރު 5، 2026
  • ގދ. އަތޮޅު - އޮކްޓޯބަރު 11، 2026
  • ހދ. އަތޮޅު - އޮކްޓޯބަރު 11، 2026
  • ށ. އަތޮޅު - އޮކްޓޯބަރު 17، 2026
  • ލ. އަތޮޅު - އޮކްޓޯބަރު 18، 2026
  • ނ. އަތޮޅު - އޮކްޓޯބަރު 24، 2026
  • ތ. އަތޮޅު - އޮކްޓޯބަރު 24، 2026
  • ރ. އަތޮޅު - އޮކްޓޯބަރު 29، 2026
  • ދ. އަތޮޅު - އޮކްޓޯބަރު 29، 2026
  • ފ. އަތޮޅު - ނޮވެމްބަރު 4، 2026

މި ބަދަލާ ގުޅިގެން ސެންޓްރަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް ބްރާންޗުތަކުންނާއި ހެޑް އޮފީހުގެ ޑިޕާޓްމަންޓްތައް މެދުވެރިކޮށް ހޯދަން ޖެހޭ އަދާހަމަ މައުލޫމާތު ހޯދުމަށް ހުރިހާ މުވައްޒަފުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދިނުމަށް ފެނަކައިން އެދެ އެވެ. 

ފެނަކަ އުވާލައި ސްޓެލްކޯއާ އެއްކޮށްލަން ނިންމާފައިވާއިރު، ގާ އަޅާ ކުންފުނި އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ވެސް ވަނީ ނިންމާފަ އެވެ. އޭގެއިތުރުން  އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލު ކުރަން ވެސް ވަނީ ނިންމާފަ އެވެ. 

ފެނަކަ އުވާލަން ސަރުކާރުން ނިންމާފައި މިވަނީ އެ ކުންފުނިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމަށްފަހު އެވެ. ވަކިކުރި މުވައްޒަފުންގެ ތެރޭގައި ގިނައީ އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންކަން އެ ޕާޓީން ފާހަގަކުރެ އެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އެސްއޯއީތަކުން 33 ޕަސަންޓު މުވައްޒަފުން ވަކިކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ކުންފުނިތަކަށް ގިނަ ދުވަހު ހިދުމަތްކުރި ތަޖުރިބާކާރު މުވައްޒަފުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox