ދިވެހި ދެ ޕައިލެޓުން ޔޫއޭއީގައި ހައްޔަރުކުރިކަން އާއިލާއަށް އަންގައިފި، ސަރުކާރުން އެއްޗެއް ނުބުނޭ

Oct 8, 2026, 1:08 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ދުބާއީ އިން ފުރައިގެން އިޒްރޭލުގެ ތެލް އަވީވަށް ދަތުރުކުރި މަތިންދާބޯޓެއް ވައްޓާލަން އުޅުމު މައްސަލައިގައި ދިވެހި ދެ ޕައިލަޓުން ހައްޔަރު ކުރިކަން އާއިލާއަށް އަންގައިފި އެވެ. 

ފްލައިޑުބާއީގައި މަސައްކަތް އެ ދެ ފިރިހެން ޕައިލަޓުން ފުލުސް އޮފީހަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހެވެ. އޭގެ ފަހުން އެމީހުންގެ އެއްވެސް މައުލޫމާތެއް މިދިޔަ އަންގާރަ ދުވަހާ ހަމައަށް އާއިލާއަށް ވެސް ނުވާ ކަން އަދަދު އަށް އެނގިފައިވެ އެވެ. 

ނަމަވެސް ޔޫއޭއީގެ ފުލުހުން އެ ދެ ޕައިލަޓުން ހައްޔަރުކޮށްފައިވާކަން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީ އިން މިހާރު އާއިލާއަށް އަންގާފައިވާ ކަން މި ނޫހަށް އެނގިފައިވެ އެވެ. 

Advertisement

އެނގިފައިވާ ގޮތުގައި ޔޫއޭއީގައި ހައްޔަރު ކުރި ދެ ދިވެހިންނަކީ ފްލައިދުބާއީގައި މަސައްކަތް ކުރާ ހަ ދިވެހި ޕައިލެޓުންގެ ތެރެއިން އެންމެފަހުން އެތަނާ ގުޅުނު ދެ މީހުންނެވެ. އެނގިފައިވާ ގޮތުގައި، ސެޕްޓެމްބަރު 30، ގައި ބޯޓު ވައްޓާލަން މަސައްކަތް ކުރި އޮމާނުގެ ހަމާމް އަލް-ހައްމާމީ އާއި ދެ ދިވެހިން ޕައިލެޓުން ވަނީ އޮފީސް މާހައުލުގެ ތެރެއިން ބައްދަލުވެފަ އެވެ. 

އެ މައްސަލައިގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަދި ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ ދެކޮޅު ހައްދަވައިފަ އެވެ. 

ހަމާމް އަލް-ހައްމާމީއަކީ އެ ފްލައިޓުގެ ކޯ-ޕައިލެޓެވެ. ބޯޓު ވައްޓާލުމުގެ ނިޔަތުގައި އޭނާ ވަނީ ބޯޓުގެ އެމަޖެންސީ ކޯރާޑިން ޕައިލެޓަށް ހަމަލާދީފަ އެވެ. ނަމަވެސް އިންޑިއާއަށް ނިސްބަތްވާ އެ ޕައިލެޓު ވަނީ ހަމާމްގެ ހަމަލާތަކުން ދިފާއުގެ، ކޮކްޕިޓުގެ ދޮރު ހުޅުވައިފަ އެވެ. އެ ހިސާބުން އެތަނަށް ވަދެ، ބޯޓު ސަލާމަތް ކުރީ އިޒްރޭލުގެ ރައްޔިތެއް ކަމަށްވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox