ކުދި ފައިސާގެ ދަތިކަން ހައްލުކުރުމަށް ފަސް ރުފިޔާގެ އާ ނޫޓުތަކެއް މާދަމާ ނެރެނީ

Oct 14, 2026, 10:55 AM
5 ރުފިޔާގެ ނޫޓު

5 ރުފިޔާގެ ނޫޓު

ބާޒާރުގައި ދައުރުވަމުންދާ ފަސް ރުފިޔާގެ ނޫޓުތައް ބާވެ ހަލާކުވުމުގެ ސަބަބުން ކުދި ފައިސާގެ ދަތިކަން ކުރިމަތިވެފައިވާތީ، އެ މައްސަލަ ހައްލުކުރުމަށްޓަކައި ފަސް ރުފިޔާގެ އާ ނޫޓުތަކެއް ރާއްޖެ ގެނެސް މާދަމާއިން ފެށިގެން ދައުރުކުރަން ފަށާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކޮށްފި އެވެ.

މިއީ ރަންދިހަފަހެއް ނޫޓު ސީރީޒްގެ ފަސް ރުފިޔާގެ ނޫޓު ދެހާސް ސަތާރަ ވަނަ އަހަރު އަލަށް ތައާރަފުކުރި ފަހުން، އެ ނޫޓުގެ އާ ސްޓޮކެއް ރާއްޖެއަށް ގެނައި ފުރަތަމަ ފަހަރެވެ.

މަރުކަޒީ ބޭންކުން މައުލޫމާތު ދޭ ގޮތުގައި، އިގްތިސާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަކީ އެ އޮތޯރިޓީން އަބަދުވެސް ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ.

ފަސް ރުފިޔާގެ ނޫޓަކީ އާންމު ވިޔަފާރިތަކާއި ކޮންމެ ދުވަހެއްގެ މުއާމަލާތްތަކުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ނޫޓަށް ވާއިރު، އެމްއެމްއޭ އިން ދަނީ ބޭންކުތަކާއި އާންމުންނަށް ބޭނުންވާ މިންވަރަށް މި ފައިސާ ފޯރުކޮށްދެމުންނެވެ.

ނަމަވެސް، ފަހަކަށް އައިސް ބާޒާރުގައި ފަސް ރުފިޔާގެ ނޫޓު ވަރަށް ބޮޑަށް މަދުވެފައިވާކަން ފާހަގަކުރެވިފައިވެ އެވެ. އެމްއެމްއޭ އިން ބުނި ގޮތުގައި މިކަން މިހެން ދިމާވީ ބާޒާރުގައި މިހާރު ދައުރުވަމުންދާ ނޫޓުތައް ބާވެ ހަލާކުވުމުގެ އިތުރުން، ވިޔަފާރި ބޭންކުތައް މެދުވެރިކޮށް މަރުކަޒީ ބޭންކަށް ފަސް ރުފިޔާގެ ނޫޓު ޖަމާކުރާ މިންވަރު ދަށްވުމުގެ ސަބަބުންނެވެ. އޭގެ ސަބަބުން އެ އޮތޯރިޓީގައި ހުރި ފަސް ރުފިޔާގެ ސްޓޮކް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

އަލަށް ދައުރުކުރުމަށް ނެރޭ ފަސް ރުފިޔާގެ ނޫޓުތަކުގައި ބައެއް ބަދަލުތައް ހިމަނާފައިވެ އެވެ. އެގޮތުން މި ނޫޓުގައި ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ހިމަނާފައިވެ އެވެ. އޭގެ އިތުރުން، މި ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ މިހާރުގެ ގަވަރުނަރު އަހްމަދު މުނައްވަރު އެވެ.

އާ ސްޓޮކެއް ދައުރުކުރަން ފެށި ނަމަވެސް، މިހާރު ބާޒާރުގައި ބޭނުންކުރަމުންދާ ފަސް ރުފިޔާގެ ނޫޓުތައް ވެސް ސައްހަ އެއްޗެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އެހެންކަމުން އާ ނޫޓާއެކު ކުރީގެ ނޫޓުތައް ވެސް ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox