އެމްއެމްއޭ

7 ލިޔުން

ފަހުގެ

ހުލާސާކޮށް އިއްޔެ: އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއްހަބަރު

ހުލާސާކޮށް އިއްޔެ: އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ 12 ބޭފުޅުންގެ "ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް" އުފައްދަވައި، އެމްޕީއެލްގެ ބޯޑަށް އާ މެންބަރަކު ވަނީ އައްޔަނުކުރައްވާފައެވެ. ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ އެއްވުމުގައި އިސް ސިޔާސީ ބޭފުޅުން ބައިވެރިވާން ނިންމާފައިވާއިރު، އެ މަޝްރޫއާ މެދު ދީނީ އަދި ސިޔާސީ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެއިތުރުން، އަންނަ އަހަރުގެ ބަޖެޓަކީ ރިސްކު ބޮޑު ބަޖެޓެއް ކަމަށް ބުނެ، އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް އެމްއެމްއޭއިން ވަނީ ލަފާދީފައެވެ.

ކުދި ފައިސާގެ ދަތިކަން ހައްލުކުރުމަށް ފަސް ރުފިޔާގެ އާ ނޫޓުތަކެއްހަބަރު

ކުދި ފައިސާގެ ދަތިކަން ހައްލުކުރުމަށް ފަސް ރުފިޔާގެ އާ ނޫޓުތަކެއް

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓުތައް ބާވެ މަދުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެމްއެމްއޭ އިން މާދަމާ ފަސް ރުފިޔާގެ އާ ނޫޓުތަކެއް ދައުރުކުރަން ފަށާނެއެވެ. މި ނޫޓުތަކުގައި ރުފިޔާގެ ރަސްމީ ނިޝާނާއި މިހާރުގެ ގަވަރުނަރުގެ ސޮއި ހިމެނޭއިރު، އާ ނޫޓާއެކު މިހާރު ބޭނުންކުރާ ނޫޓުތައް ވެސް ސައްހަ އެއްޗެއްގެ ގޮތުގައި ދައުރުވާނެއެވެ.