ފްރާންސްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

Oct 13, 2026, 8:33 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓަކަށް ދިން ސައިބާ ހަމަލާއެއްގައި، އެ ތަންތަނުގެ ފިނިކުރާ ނިޒާމުތަކާއި އައިސްއަލަމާރިތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން، މިލިއަނުން ޔޫރޯގެ އަގުހުރި ތާޒާ ކާބޯތަކެއްޗާއި ގަނޑުކުރި ތަކެތި ހަލާކުވެއްޖެ އެވެ.

ހެކަރުން ވަނީ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކުގެ ހޫނުމިން ކޮންޓްރޯލްކުރާ ސޮފްޓްވެއާގެ ބާރު ހޯދައި، އެއްރޭ ތެރޭގައި ބައެއް ޔުނިޓްތަކުގެ ހޫނުމިން 50 ޑިގްރީ ސެލްސިއަސް އަށް މަތިކޮށްފަ އެވެ.

ކޯޕަރޭޓިވް ޔޫ ގެ ޗީފް އެގްޒެކެޓިވް ވިދާޅުވީ، އެ ކުންފުނީގެ ދަށުން ހިންގާ ބައެއް ސުޕަމާކެޓްތަކަށް އަމާޒުކޮށް ދިން މި ހަމަލާއަކީ "އިންތިހާއަށް ސީރިއަސް އަދި މީގެ ކުރިން ދުވަހަކުވެސް ކުރިމަތިވެފައި ނުވާ ފަދަ" ހަމަލާއެއް ކަމަށެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޯޕަރޭޓިވް ޔޫގެ 100 އަށްވުރެ ގިނަ ސުޕަމާކެޓަކަށް މި ހަމަލާ އަމާޒުވެފައިވާއިރު، އިންޓަމާޝޭ އާއި އެ ކުންފުނީގެ ނެޓޯ ބްރޭންޑްގެ މަދުވެގެން 300 ފިހާރައަކަށް ވަނީ މިކަމުގެ އަސަރުކޮށްފަ އެވެ.

މީގެ އިތުރުން ކެރެފޯ، މޮނޮޕްރިކްސް އަދި އީ.ލެކްލާކް ފަދަ ފްރާންސްގެ ބޮޑެތި ރީޓެއިލް ކުންފުނިތަކަށް ވެސް މި ހަމަލާގެ އަސަރުކޮށްފައިވެ އެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ޑެންމާކުގެ އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ ޑެންފޮސް އިން ފޯރުކޮށްދޭ ސޮފްޓްވެއާއަކަށެވެ.

މި ސޮފްޓްވެއާއަކީ ސުޕަމާކެޓްތަކުގައި ހުންނަ ފިނިކުރާ ނިޒާމުތައް ދުރުގައި ތިބެގެން ބެލެހެއްޓުމަށް ބޭނުންކުރާ ސޮފްޓްވެއާއެކެވެ.

އާންމު އުސޫލުން ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަކީ ރޭގަނޑު ވަގުތު ކުޑަ ވަގުތުކޮޅަކަށް އައިސް ވިރުވުމަށްޓަކައި ހޫނުމިން ކުޑަކޮށް މަތިވާ ގޮތަށް ހުންނަ އެއްޗެހި ނަމަވެސް، މި ހަމަލާގައި ހެކަރުން ވަނީ އެ ޔުނިޓްތަކުގެ ހޫނުމިން ވަރަށް ބޮޑަށް މަތިކޮށް، އެގޮތުގައި ހިފަހައްޓާފަ އެވެ.

ޑެންފޮސް ކުންފުނިން ބުނި ގޮތުގައި މި ހަމަލާގެ އަސަރުކޮށްފައިވަނީ އެ ކުންފުނީގެ ކުރީގެ މޮޑެލްތަކުގެ ޔުނިޓްތަކަށެވެ. އެ ޔުނިޓްތަކުގައި ހުރި ސެކިއުރިޓީ މައްސަލަތައް ހައްލުކުރުމަށްޓަކައި ސޮފްޓްވެއާ އަޕްޑޭޓް ކުރެވޭނެ ގޮތެއް ނެތުމުން، މިފަދަ ނުރައްކަލަކުން ސަލާމަތްވުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

މި ހަމަލާގެ ސަބަބުން ލިބުނު ގެއްލުމުގެ ފުރިހަމަ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް އެކި ކުންފުނިތަކުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ފްރާންސްގެ 15،000 އެއްހާ ފިހާރައިގެ ތެރެއިން ގާތްގަނޑަކަށް 500 ފިހާރައަކަށް މި ހަމަލާގެ އަސަރުކޮށްފައިވާ ކަމަށް ބެލެވެ އެވެ.

ފްރާންސްގެ ޕްރޮސިކިއުޓަރުން މިހާރު ވަނީ މި ހާދިސާއާ ގުޅިގެން ސައިބާ ކުށުގެ ހާއްސަ ތަހުގީގެއް ފަށާފަ އެވެ. ޕެރިސްގެ ޕްރޮސިކިއުޓަރުގެ އޮފީހުން މި ހާދިސާ ސިފަކޮށްފައިވަނީ "ފްރާންސްގެ ބޮޑެތި ރީޓެއިލް ކުންފުނިތަކުގެ ފިނިކުރާ ނިޒާމުތަކަށް އަމާޒުކޮށް ދީފައިވާ ފުޅާދާއިރާއެއްގެ ސައިބާ ހަމަލާއެއް" ގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިބޫޓީ ކައިރިއަށް ބޯޓެއް ބަންޑުންޖަހާލައި 139 މީހުން މަރުވެއްޖެ

ޖިބޫޓީން ފުރައިގެން ޔަމަނަށް ދަތުރުކުރި ހިޖުރަވެރިންގެ ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި، 15 ކުޑަކުދިން ހިމެނޭހެން 139 މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ޖުމްލަ 305 މީހުންނާއެކު ދަތުރުކުރި މި ބޯޓުން ސަލާމަތްވި 82 މީހުންނަކީ އިތިއޯޕިއާގެ ރައްޔިތުން ކަމަށާއި، އެމީހުންނަށް މިހާރު ސިއްހީ ފަރުވާ ދެމުންދާ ކަމަށް އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާއިން ބުނެއެވެ.

ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވި: ޔޫކޭ ބޮޑު ވަޒީރު

2016 ވަނަ އަހަރުގެ ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެއެވެ. ބާންހަމް މިހެން ވިދާޅުވި ނަމަވެސް، ބްރެކްސިޓަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިއީ ރައްޔިތުންގެ ނިންމުމުގެ ސައްހަކަން ގެއްލުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

"ހަކަތައިގެ ހަނގުރާމަ" ހުއްޓާލަން އެއްބަސްވެއްޖެ: ޓްރަމްޕް

ރަޝިޔާ އާއި ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެފަދަ އެއްބަސްވުމެއްގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރަޝިޔާއިން ހަމަލާތައް ހުއްޓާލާނެ ކަމުގެ ހަގީގީ ޔަގީންކަން ލިބިއްޖެ ނަމަ، އެފަދަ އެއްބަސްވުމަކަށް އަމަލުކުރުމަށް ޔޫކްރެއިން އޮތީ ތައްޔާރަށެވެ.

އަނެއްކާވެސް ރިޔާދްގެ އެއާޕޯޓަށް ހަމަލާދީ ރޯކޮށްލައިފި

އީރާނުގެ މަދަދުލިބޭ ހޫތީން ސައުދީގެ ރިޔާދު އެއާޕޯޓަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފިއެވެ. މި ހަމަލާގައި އެއާޕޯޓުގެ ޓާމިނަލް 4 ގައި އަލިފާން ރޯވެފައިވާއިރު، މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި އެ ގައުމަށް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox