ފްރާންސްގެ ހައި ސްކޫލް ކުދިންގެ މުޒާހަރާ ހޫނުވެ، 400 މީހުން ހައްޔަރުކޮށްފި

Sep 30, 2026, 8:54 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ފްރާންސްގެ އެކި ކަންކޮޅުތަކުގައި ހުންނަ ސާނަވީ މަދަރުސާތަކުގެ ދަރިވަރުން އަންގާރަ ދުވަހު ކުރި މުޒާހަރާތަކާ ގުޅިގެން 400 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ޕެރިހުން ފެށިގެން ދިޔަ މި މުޒާހަރާތަކުގައި ފާއިތުވި ދުވަސްތަކުގައި ފުރާވަރުގެ ކުދިން ވަނީ މަދަރުސާތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. މި އިހުތިޖާޖުތަކަކީ ކްލާސްތަކުގައި ކުދިން ގިނަވުމާއި މުދައްރިސުން މަދުވުމުގެ މައްސަލަތަކާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކެކެވެ.

އަންގާރަ ދުވަހުގެ މުޒާހަރާތަކުގައި މަދުވެގެން 10 މުދައްރިސަކަށާއި، ބައެއް ދަރިވަރުންގެ އިތުރުން ތަންފީޒީ އިދާރާތަކުގެ 48 އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި މި މުޒާހަރާތަކުގެ އަސަރު މަދުވެގެން 400 މަދަރުސާއަކަށް ވަނީ ކޮށްފަ އެވެ.

Advertisement

މުޒާހަރާގެ ބައިވެރިން ރޯކޮށް، ބަސް ހުއްޓިތަކަށް ގެއްލުން ދޭ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯތައް ވަނީ އާންމުވެފަ އެވެ.

އޭއެފްޕީ ނިއުސް އެޖެންސީއާ ވާހަކަދެއްކި އުމުރުން 16 އަހަރުގެ އަންހެން ދަރިވަރަކު ބުނީ، އެ ކުދިން ނުކުމެ ތިބީ މެސެޖެއް ދިނުމަށް ކަމަށާއި، އެއްވެސް ބޭނުމެއް ނެތި ތަންތަން ސުންނާފަތި ކުރަން ނޫން ކަމަށެވެ. އަދި ތައުލީމީ ނިޒާމު މުޅިން ހަރާބުވެފައިވާ ކަމަށާއި، ކޮންމެ ކްލާހެއްގައި 34 ކުދިން ތިބޭއިރު އެއީ އުނގަންނައިދިނުމަށް އެކަށީގެންވާ މާހައުލެއް ނޫން ކަމަށާއި، މުދައްރިސުންނަށް އޮތް މަސައްކަތުގެ ބުރަ ބޮޑުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފްރާންސްގެ އެޑިއުކޭޝަން މިނިސްޓަރު އެޑްވާޑް ގެފްރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޒާހަރާ ކުރުމުގެ ހައްގު ދަރިވަރުންނަށް އޮތް ނަމަވެސް، ހިންގަމުންދާ ހަމަނުޖެހުންތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާލަށް އެކި އެއްޗެހި އުކާފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ކަރުނަގޭސް ޖަހާފަ އެވެ.

ދަރިވަރުން ތަމްސީލުކުރާ ޔޫނިއަން ސިންޑިކޭލް ލައިސީންގެ ރައީސް ރިޔާދު ރާނީ އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ވަނީ، ފްރާންސް ސަރުކާރުން ދަރިވަރުންނަށް ނުފޫޒު ފޯރުވައި ބިރުދައްކަމުންދާ ކަމަށާއި ފުލުހުން އިންތިހާއަށް ބާރުގެ ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox