ފްރާންސްގެ ދަރިވަރުންގެ މުޒާހަރާގެ ތެރެއިން ކުއްޖެއްގެ އަތް ގޮއްވާލައިފި

Oct 7, 2026, 7:00 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ފްރާންސްގެ ސްކޫލެއްގެ ކައިރީގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި 15 އަހަރުގެ ކުއްޖެއްގެ އަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އޮފިޝަލުން ބުނީ މި "ސީރިއަސް ހާދިސާ" ހިނގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު އެ ގައުމުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ލެންސްގައި ކަމަށެވެ.

އެ ކުއްޖާގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށާއި، ހާދިސާ ހިނގިތާ "ކުޑައިރުކޮޅެއްގެ ތެރޭގައި" ކައިރީގައި ހުރި ހޮސްޕިޓަލަކަށް އެ ކުއްޖާ ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.

ސްކޫލް އިމާރާތްތަކުގެ ހާލަތު ދަށްވުމާއި މުވައްޒަފުން މަދުވުމާ ގުޅިގެން ދަރިވަރުން ކުރަމުންދާ މުޒާހަރާތަކުގައި ފާއިތުވި ދުވަސްތަކުގައި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، ހޯމަ ދުވަހު އެ ގައުމުގެ ގާތްގަނޑަކަށް 500 އެއްހާ ސްކޫލް ވަނީ ބަންދުކޮށްފަ އެވެ.

އެ ކުއްޖާއަށް އަނިޔާ ލިބުނު ގޮތާ މެދު ފްރާންސްގެ މީޑިއާތަކުން ދަނީ ތަފާތު ރިޕޯޓުތަކެއް ފަތުރަމުންނެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ފުލުހުންގެ ޔޫނިއަންގެ މަސްދަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މުޒާހަރާ ކޮންޓްރޯލްކުރާ ފުލުހުން އުކި "ސްޓިންގް-ބޯލް ގްރެނޭޑެއް" (ބާރުގަދަ އަޑަކާއެކު ގޮވާ އަތުބޮމެއް) އެ ކުއްޖާ ނެގި ވަގުތު އޭތި ވަނީ އަތަށް ގޮވާފަ އެވެ.

ނަމަވެސް، އެ ސަރަހައްދުގެ ނޫހެއް ކަމަށްވާ "ލާ ވޮއިސް ޑޫ ނޯޑް" އަށް މައުލޫމާތު ދެމުން، އެ ވަގުތު އެ ކުއްޖާގެ ކައިރީގައި ހުރި އަންހެން ކުއްޖަކު ބުނީ އެ ކުއްޖާ އެ ގްރެނޭޑް ނަގާފައެއް ނުވެ އެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ލެންސްގެ މޭޔަރު ސިލްވައިން ރޮބާޓް ވިދާޅުވީ، ހާދިސާ ހިނގި ގޮތް އަދި ސާފުކުރަން ޖެހޭ ކަމަށެވެ.

ސަރަހައްދީ ޕްރޮސިކިއުޓަރަކު ވިދާޅުވީ، ހިނގާދިޔަ ކަންތައްތައް ފުރިހަމައަށް ސާފުކުރުމަށްޓަކައި ފްރާންސްގެ ފުލުހުންގެ މައްސަލަތައް ބަލާ އިދާރާ ކަމަށްވާ "ޖެނެރަލް އިންސްޕެކްޝަން އޮފް ދަ ނޭޝަނަލް ޕޮލިސް" (އައިޖީޕީއެން) އިން މި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު އެޑްވާޑް ގެފްރޭ ވިދާޅުވި ގޮތުގައި، މުޒާހަރާތައް ފެށުނު ފަހުން މިހާތަނަށް މަދުވެގެން 190 ދަރިވަރުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.

މި މުޒާހަރާތައް ފެށުނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ޕެރިހުގަ އެވެ. އޭގެ ފަހުން މުޅި ގައުމަށް މި ހަރަކާތް ވަނީ ފެތުރިފަ އެވެ.

ހައިސްކޫލް ދަރިވަރުން ފެށި މި މުޒާހަރާތަކުގައި މައިގަނޑު ގޮތެއްގައި ޝަކުވާ ކުރަނީ ޓީޗަރުންނާއި މުވައްޒަފުން މަދުވުމާއި، ކްލާސްރޫމްތަކުގައި ކުދިން ގިނަވުމާއި، ސްކޫލް އިމާރާތްތައް ބާވެ ހަލާކުވަމުންދާތީއެވެ. ނިމިދިޔަ ހަފުތާގައި ޔުނިވާސިޓީ ދަރިވަރުން ވެސް ވަނީ މި ޑިމާންޑްތަކާއެކު މުޒާހަރާގައި ބައިވެރިވާން ފަށާފަ އެވެ.

އޭއެފްޕީން ރިޕޯޓުކުރާ ގޮތުގައި، މި ހަރަކާތް ފެށުނީއްސުރެ މިހާތަނަށް 5,000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 85 އިންސައްތައަކީ ކުޑަކުދިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox