ނުނިމި ގިނަ ދުވަސްވެފައިވާ ރިސޯޓުތައް އަންނަ ހަފްތާގައި އަތުލަން ފަށަނީ

އާދީއްތަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގައި ޓޫރިޒަމް މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އާދީއްތަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގައި ޓޫރިޒަމް މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މަސައްކަތް ނުނިމި އަހަރުތަކެއް ވެފައިވާ ތަންތަނުގެ ތެރެއިން ބައެއް ތަންތަނަށް އަންނަ ހަފްތާގެ ތެރޭގައި ފިޔަވަޅު އަޅަން ފަށާނެކަން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ހާމަކުރައްވައިފި އެވެ. 

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ވަނީ  ބައެއް ތަންތަނަށް އިތުރު ފުރުސަތެއް ނުދީ، ކުލީގެ އެއްބަސްވުންތައް ބާތިލުކުރެވޭ ގޮތަށް ގަވާއިދެއް އެކުލަވާލައި ގެޒެޓުކޮށްފަ އެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި "އަހާ ފޯރަމް" ގައި ވާހަކަ ދައްކަވަމުން އަމީން އެ ގަވާއިދުގެ ދަށުން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. 

"ރައްޔިތުންނާ ސީދާ ގޮތުން ގުޅުންހުރި ކަންކަން މިއީ ރަށްރަށާއި ފަޅުތައް މިހާ ގިނަ ދުވަސް ވަންދެން އަމިއްލަ ފަރާތްތަކުގެ އަތް ދަށުގައި ހުރުމަކީ. ސީޕީ ރެގިއުލޭޝަން ހަތަރު ކެޓަގަރީއަކަށް ބަހާފައި ޓާމިނޭޝަން ޕްރޮސެސް (އެއްބަސްވުން އުވާލުމުގެ މަރުހަލާ) އަށް ދެވޭނެ ގޮތަށް ވާނީ ގެޒެޓު ކުރެވިފައި،" އަމީން ވިދާޅުވި އެވެ. 

އެކި ސަރުކާރުތަކުން މިފަދަ އެއްބަސްވުންތަކާ ގުޅިގެން އަމަލުކޮށްފައިވަނީ އެކަށީގެންވާ ގޮތެއްގައި ނޫން ކަމަށާއި ބައެއް ތަންތަނަށް ދައުލަތަށް ދައްކަން ޖެހޭ ފައިސާ 500 މިލިއަން ޑޮލަރަށްވުރެ އިތުރުވެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

"ރައްޔިތުންގެ އެއްޗެހި މިއީ، ރަށްރަށާއި ފަޅުފަޅަކީ، މި ޓެކްސް ވެސް ލިބެން ޖެހޭނެ، ވަޒީފާގެ ފުރުސަތު ވެސް އޮންނަން ޖެހޭނެ. ވަކި ބަޔަކު އަތް މަތީގައި މިހާ ގިނަ ދުވަހު މި ތަންތަނެއް ނުބޭއްވޭނެ. ވުމާއެކީގައި މިހާރު އަމަލީ ގޮތުން މި ފިޔަވަޅު އެޅުން އޮންނާނެ. އިރާދުކުރެއްވިއްޔާ އެ ފިޔަވަޅުތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" އަމީން ވިދާޅުވި އެވެ. 

ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކޮށް ނުނިމި ހުރި ތަންތަނާ ގުޅޭ އާ ގަވާއިދުގެ ދަށުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްފައިވާ ތަންތަނާއި އިތުރުކޮށްފައި ނުވާ ތަންތަނަށް ވެސް ވެސް އަމަލުކުރަނީ އެއް ގޮތަކަށެވެ.

އެހެން ނަމަވެސް އެއްވެސް ފުރުސަތެއް ނުދީ އަތުލަނީ ވަކި ޝަރުތުތަކެއް ހަމަވާ ތަންތަނެވެ. ބައެއް ތަންތަނަށް ފަހު ފުރުސަތެއް ދޭއިރު، އެހެން ބައެއް ތަންތަނަށް ފުރުސަތު ދިނުމާއި ފިޔަވަޅު އެޅުން އޮތީ މިނިސްޓްރީގެ އިހުތިޔާރުގަ އެވެ.

ޓޫރިޒަމުން ފަހު ފުރުސަތު ދެނީ މަސައްކަތް ނުނިމޭ ރިސޯޓުތަކުގެ ތެރެއިން، ގްރޭސް ޕީރިއަޑު ހަމަވެ، މުއްދަތު އިތުރުކޮށްފައި ނުވާ، އަދި ކުލީގެ މުއްދަތުން އަށް އަހަރު ދުވަސް ނުވާ ތަންތަނަށެވެ. މި ގޮތަށް ދޭ މުއްދަތުގެ ތެރޭގައި އެ ތަންތަނުގެ މަސައްކަތް ނިންމައި، އޮޕަރޭޝަނަށް ނުގެނެސްފި ނަމަ ކުލީގެ އެއްބަސްވުން ބާތިލުކުރެވެ އެވެ. 

ތަރައްގީކޮށް ނުނިމޭ ތަންތަނުގެ ތެރެއިން އިމާރާތްކުރުމުގެ (ކޮންސްޓްރަކްޝަން) މުއްދަތު އޮތް ތަންތަމުގެ ތެރެއިން، މަސައްކަތް ނުހިނގާ ތަންތަނަށް، މިނިސްޓްރީއަށް ފިޔަވަޅު އެޅެ އެވެ. އަދި، މި ތަންތަނުގެ 50 ޕަސެންޓަށް ވުރެ ބޮޑު ބަޔެއް ނިމިފައިވާ ނަމަ، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުން އޮތީ މިނިސްޓްރީގެ އަތް މަތީގަ އެވެ.

ނުނިމި ދުވަސްވެފައިވާ ތަންތަން އަތުލެވޭ އިޖުރާއަތުތައް ތަފުސީލުކޮށް، ސަރުކާރުން ގަވާއިދެއް ހެދިއިރު، ތަރައްގީ ނުކުރާ ނަމަ އެއްބަސްވުން ބާތިލުކުރުމުގެ ބާރު މިހާރު ވެސް ސަރުކާރަށް ލިބެ އެވެ. ނަމަވެސް، ހުރިހާ ސަރުކާރެއްގައި ވެސް މަސައްކަތް ކުރަނީ ތަންތަން އަތުނުލައި ލުއިތަކާއި ފުރުސަތުތައް ދީގެން ރިސޯޓުތައް ހުޅުވޭތޯ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox