ބޭރުގެ ވިޔަފާރިތަކުން ޓީޖީއެސްޓީ ނަގާ މައްސަލައިގައި ޓޫރިޒަމް އިންޑަސްޓްރީއާ ބައްދަލުކޮށްފި

ސަރުކާރުން ޓޫރިޒަމް އިންޑަސްޓްރީއާ ބޭއްވި ބައްދަލުވުމުގެ ތެރެއިން: މި ބައްދަލުވުމުގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީތަކުގެ ޖަމިއްޔާއިން ބައިވެރިވި --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ސަރުކާރުން ޓޫރިޒަމް އިންޑަސްޓްރީއާ ބޭއްވި ބައްދަލުވުމުގެ ތެރެއިން: މި ބައްދަލުވުމުގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީތަކުގެ ޖަމިއްޔާއިން ބައިވެރިވި --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ހިމެނޭހެން ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓުތައް ވިއްކާއިރު ލާ ފައިދާއިން ޓެކްސް ނަގާ ގޮތަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭ ގޮތުން ޓޫރިޒަމް އިންޑަސްޓްރީގެ އިސް މީހުންނާއި ސަރުކާރުގެ މިނިސްޓަރުންނާއި ޓެކްސް ކޮމިޝަނަރު އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ސަރުކާރުން ބުނާ ގޮތުގައި ވެލާނާގޭގައި އިއްޔެ މެންދުރު ކުރިއަށް ދިޔަ މި ބައްދަލުވުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭއްވުނު މުހިންމު މަޝްވަރާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި، ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ޓެކްސް ކޮމިޝަނާ ޖެނެރަލް ފާތިމަތު އަމީޒާ އެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ ދާއިރާގެ އެންމެ ތަޖުރިބާކާރު ބޭފުޅުން ކަމަށްވާ ކްރައުން ކުންފުނީގެ ޗެއާޕާސަން ހުސައިން އަފީފު (ޗަމްޕާ އަފީފު) އާއި، ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމް އަދި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމުގެ އިތުރުން ގެސްޓްހައުސް އެސޯސިއޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސްގެ މަންދޫބުންނެވެ.

ޓޫރިޒަމް މިނިސްޓްރީއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނެވެ. ނަމަވެސް އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުންގެ ފަރާތުން އަދަދު ނޫހަށް މައުލޫމާތު ދިނީ ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފުސީލުތަކެއް ހިއްސާނުކުރާ ކަމަށެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ފެށިތާ ތިން ވަނައަށްވީ ދުވަހު ގާނޫނު ބަދަލު ކުރަން ނިންމައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށްޓަކައި ގާނޫނަށް ގެނައި އިސްލާހު ގެޒެޓު ކުރީ އޯގަސްޓް 31، ގަ އެވެ. އެ އިސްލާހާ އެއްގޮތަށް ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން މީރާއިން ޓެކްސް ނަގަން ފެށީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ޓޫރިޒަމް އިންޑަސްޓްރީއާ ސަރުކާރުން ބައްދަލުކޮށްފައި މިވަނީ ޓޫރިސްޓުންނަށް ރާއްޖެއިން ބުކިން ހަދައިދޭ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި ބަދަލުކުރަން ނިންމުމަށް ފަހުގައި އެވެ.

ޓެކްސްއާ ބެހޭ ގާނޫނަށް މިދިޔަ މަހު ގެނައި ބަދަލާއެކީ، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގާނެ އުސޫލުތައް ވަނީ ކަނޑައަޅާފަ އެވެ. ސަރުކާރުން ލަފާކުރަނީ މި ބަދަލުތަކާއެކު ޓެކްސް ނަގަން ފަށައިފި ނަމަ، ބޭރުގެ ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ އަތުން އަހަރަކު ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ދައުލަތަށް އިތުރަށް ލިބޭނެ ކަމަށެވެ.

ނަމަވެސް، މި ބަދަލުތަކާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުން ދަނީ ބޮޑެތި ޝަކުވާތަކެއް ކުރަމުންނެވެ. އަދި، މި އުސޫލާ ދެކޮޅަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ޓްރެވަލް ޖަމިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުން މިހާރު ވަނީ ރާއްޖެއަށް ބުކިން ހެދުން ވެސް މެދުކަނޑާލާފަ އެވެ.

ބޭރުގެ ވިޔަފާރިތަކުން ބުނާ ގޮތުގައި އެ މީހުން މިހާރު ވެސް ރާއްޖޭގެ ހުރިހާ ޓެކްސްތަކެއް ދައްކަމުންދާއިރު، އެ މީހުންގެ އަމިއްލަ ގައުމުތަކުގައި ކުރާ މުއާމަލާތްތަކަށް ދިވެހި ސަރުކާރަށް ޓެކްސް ދައްކަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މީގެ އިތުރުން، އެކަށީގެންވާ މުއްދަތެއް ނުދީ އަވަސް އަރުވާލައިގެން ޓެކްސް ނަގަން އުޅުމަކީ ވެސް ވިޔަފާރިތަކުގެ ބޮޑު ކަންބޮޑުވުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

Newsletter

Get the latest news delivered straight to your inbox