ޕީއެންސީއަށް ސޮއިނުކުރާނަމަ އެސްއޯއީތަކުގެ ވަޒީފާއިން ކަނޑާލާނެ ކަމަށް ބުނެ ބިރު ދައްކަނީ

ޕީއެންސީން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ޕީއެންސީން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ސަރުކާރު ކުންފުނި (އެސްއޯއީ) ތަކުގެ މުވައްޒަފުންނަށް އެ ކުންފުނިތަކުގެ ވެރިން ގުޅައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރަން މަޖުބޫރުކޮށް، ވަޒީފާގެ ބިރު ދައްކަން ފަށައިފި އެވެ. 

އެސްއޯއީއެއްގެ މުވައްޒަފެއް އަދަދު އަށް ބުނީ އޭނާއަށް ގުޅި ކުންފުނީގެ މެނޭޖަރު ބުނީ ޕީއެންސީއަށް ވީހާވެސް އަވަހަށް ވަނުމަށް ކަމަށެވެ. އެގޮތުން ޕީއެންސީއަށް ނުވަދެއްޖެނަމަ އެ މުވައްޒަފެއްގެ ވަޒީފާ ގެއްލޭނެ ކަމަށްވެސް މެނޭޖަރު ބުނި ކަމަށް އޭނާ ބުންޏެވެ. 

"މެނޭޖަރު ގުޅީ. ގުޅާފައި ބުނީ ޕީއެންސީއަށް ވަންނަން. ހުރިހާ މުވައްޒަފުންނަށް ދަނީ ގުޅަމުން. ޕާޓީއަށް ނުވަދެއްޖެއްޔާ ވަޒީފާ ގެއްލޭނެ ކަމަށްވެސް ދަނީ ބުނަމުން،" އޭނާ ބުންޏެވެ. 

އެ މުވައްޒަފު މި ނޫހަށް ބުނީ އޭނާ އެއްވެސް ސިޔާސީ ޕާޓީއެއްގައި އުޅެން ބޭނުން ނުވާ ކަމަށާއި ޕާޓީއަށް ވަންނަން މަޖުބޫރުކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. 

ޕީއެންސީއަށް ގިނަ އަދަދެއްގެ މެންބަރުން ވެއްދުމަށް އެ ޕާޓީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ މީހުން ވަގަށް އެ ޕާޓީއަށް ވެއްދި މައްސަލައެއްވެސް ފެންމަތިވެފައިވެ އެވެ. 

ޕީއެންސީގެ އަމާޒަކީ އެއްލައްކަ މެންބަރުން އެ ޕާޓީއަށް ވެއްދުން ކަމަށްވާއިރު، އެ އަމާޒަށް މިހާތަނަށް ވާސިލުވެވިފައެއް ނުވެ އެވެ. ޖޫން 30، ގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ތިބީ 67،579 މެންބަރުންނެވެ. އެ މުއްދަތާ ހަމައަށް އިދިކޮޅު އެމްޑީޕީގައި ތިބީ 55،399 މެންބަރުންނެވެ. 

އެސްއޯއީތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ވަކިކުރަމުންނެވެ. އޭގެ ތެރޭގައި ގިނައީ ޕީއެންސީއަށް ނިސްބަަތްނުވާ މުވައްޒަފުންކަން ފާހަގަކުރެވެ އެވެ. އެކަމާ ގުޅިގެން ރަށްރަށުގައި އިހުތިޖާޖުތައްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. 

ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން، 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރާނެ ކަމަށެވެ.  

އެސްއޯއީތަކުން 14،733 މުވައްޒަފުން ކަނޑާލަން ނިންމާފައިވާ ކަމަށާއި، އޭގެ އަސަރު 50،000 އަށްވުރެ ގިނަ މީހުންނަށް ކުރާނެ ކަމަށް އިދިކޮޅު އެމްޑީޕީން ކުރިން ވަނީ ބުނެފަ އެވެ. 

ޕީސީބީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ 33 ޕަސެންޓު މުވައްޒަފުން މަދުކުރަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ކުންފުންޏާ އެކަށީގެންވާ މިންވަރަކަށް ކަނޑައެޅުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. 

ޕީސީބީން މިދިޔަ އެޕްރީލް 18 ގައި ނެރެފައިވާ ސާކިއުލާއަކާ ހަވާލާދީ، މި ހިނގާ ޖުލައި 13، ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް މިހާރު ވަނީ އަންގާފަ އެވެ.

މި ނިންމުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ވަރަށް ގާތުން މޮނިޓަ ކުރުމަށް ޕީސީބީން ވަނީ ނިންމާފަ އެވެ. އެގޮތުން، ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތައް ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ފޮނުވަމަށް ވެސް ޕީސީބީގެ ސާކިއުލަގައި ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox