ނިކޮންގެ މުބާރާތުން އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއެރުމުން އެ ޝަރަފު އަތުލައިފި

Oct 10, 2026, 8:55 AM
ނިކޮންގެ މުބާރާތުން އެއްވަނަ ލިބުނު ވީޑިއޯއިން ނަގާފައިވާ ފޮޓޯއެއް

ނިކޮންގެ މުބާރާތުން އެއްވަނަ ލިބުނު ވީޑިއޯއިން ނަގާފައިވާ ފޮޓޯއެއް

މަޝްހޫރު ސައިންޓިފިކް ފޮޓޯގްރަފީ މުބާރާތަކުން އެއްވަނަ ހޯދި ފަރާތެއް، އޭނާގެ އުފެއްދުމަކީ ފޭކެއްކަމަށް އެހެން ސައިންޓިސްޓުންތަކެއް ތުހުމަތުކުރުމާ ގުޅިގެން މުބާރާތުން ޑިސްކޮލިފައިކޮށްފި އެވެ.

ނިކޮން ކުންފުނިން ބުނީ، މައިކްރޯސްކޯޕް ބޭނުންކޮށްގެން ނަގާ ފޮޓޯއާއި ވީޑިއޯއަށް ހާއްސަކޮށްގެން ބާއްވާ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތަށް ހުށަހެޅި ވީޑިއޯއެއްގައި ޖެނެރޭޓިވް އޭއައި ބޭނުންކޮށްފައިވުމަކީ މުބާރާތުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ. ނަމަވެސް މިއީ އެ ފަރާތުގެ ޕްރޮފެޝަނަލް ނުވަތަ ސައިންޓިފިކް މަސައްކަތްތަކާ ގުޅޭ ނިންމުމެއް ނޫން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ފާއިތުވި 15 އަހަރު ނޮކޮންއިން ބާއްވަމުން އައި މި މުބާރާތުގެ ގަވާއިދުތަކާއި އުސޫލުތައް މުރާޖައާކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

Advertisement

މި މުބާރާތުން އެއްވަނަ ހޯދީ ޗައިނާގެ ސިންގްހުއާ ޔުނިވާސިޓީގެ ޑރ. ނިންގް ޒޫ އެވެ. އޭނާ ހުށަހެޅުއްވީ ޕީސީޑީ ނަމަކަށް ކިޔާ ނޭވާލާ ނިޒާމުގެ ބައްޔެއް ހުންނަ ކުއްޖެއްގެ ނޭވާލާ ހޮޅީގައި ހުންނަ ކުދިކުދި އިސްތަށިތަކެއް ފަދަ އެއްޗެއް (ސީލިއާ) ހަރަކާތްތެރިވާ މަންޒަރު ފެންނަ ކުރު ވީޑިއޯއެކެވެ. 

މި ވީޑިއޯއަކީ އަސްލެއް ނޫންކަމަށް ބުނެ، މުބާރާތުގެ ކުރީގެ ފަނޑިޔާރުން ހިމެނޭގޮތަށް ގިނަ ސައިންޓިސްޓުންތަކެއް ވަނީ ނިކޮންގެ ލިންކްޑްއިން ޕޭޖަށް  ޝަކުވާ ހުށަހަޅާއިފަ އެވެ.

ޑރ. ޒޫ ވަނީ ވީޑިއޯ ހެދުމުގައި އޭއައި ބޭނުންކުރިކަމަށް އެއްބަސްވެފައެވެ. ނަމަވެސް އޭނާ ގަބޫލުކުރީ އޭނާ އަމަލުކުރީ ގަވާއިދުގެ ތެރެއިން ކަމަށެވެ. އަދި އޭނާ ވަނީ ނިކޮންގެ ތަހުގީގަށް އެއްބާރުލުން ދީފަ އެވެ.

މިކަމާ އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރި އެއް ތަޖުރިބާކާރު ކަމަށްވާ ލެސްޓާ ޔުނިވާސިޓީގެ ސައިންޓިސްޓް ޑރ. ރޮބަޓް ހާސްޓް ވިދާޅުވީ މިއީ އޭނާއަށް "ހައިރާންކަމެއް ލިބުނު ކަމެއް ނޫން" ކަމަށާއި، ފުރަތަމަ ފެނުމާއެކުވެސް އެއީ ފޭކު ވީޑިއޯއެއްކަން އެނގުނު ކަމަށެވެ.

"އަހަރެން ފާއިތުވި 20 އަހަރު ދުވަހު ޕީސީޑީ ބަލި ދެނެގަންނަނީ އެ ސީލިއާތަކުގެ ބައްޓަމާއި ދިގުމިނާއި ސައިޒަށް ބަލައިގެން،" އެ ޔުނިވާސިޓީގައި ޕީސީޑީ ދެނެގަތުމަށް ހާއްސަ މަރުކަޒުގެ ލީޑް ސައިންޓިސްޓް ޑރ. ހާސްޓް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ވީޑިއޯއިން ފެންނަ ސެލްތަކާއި ސީލިއާތައް ޕީސީޑީ ބަލިމީހުންގެ ސެލްތަކާ އެއްވެސް ވަރަކަށް ވައްތަރެއް ނޫނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox