އޯޕަންއޭއައިގައި ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭކަން ހާމަވެއްޖެ

Oct 20, 2026, 12:51 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އުފައްދާ އޯޕަންއޭއައި ކުންފުނީގެ މީޓިން ރޫމެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތު ކުރެވޭ ސައުދީ އަރަބިއްޔާގެ ރައްޔިތަކަށް، އެ ގައުމުގެ ސަރުކާރުގެ "ބޮޑު އެހީތެރިކަމެއް" ލިބޭ ކަމަށް ކެލިފޯނިއާގެ ކޯޓަކަށް ހުށަހެޅި ލިޔުންތަކުން ހާމަވެއްޖެ އެވެ.

އެމެރިކާގެ ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، އޯޕަންއޭއައިގައި މަސައްކަތް ކުރި އަބްދުއްރަހްމާން އަލްފައުޒާން ދިޔައީ "ސައުދީ ޝާހީ އާއިލާގެ މެންބަރަކާ ގާތް ގުޅުމެއް" ބާއްވަމުންނެވެ. އަދި އޭނާ ހައްޔަރުކުރުމާ ގުޅިގެން، އޭނާގެ އަންހެނުންނާއި ދަރިފުޅު ސައުދީ އަރަބިއްޔާއަށް ދިއުމަށް ބޭނުންވާ ވަން-ވޭ ޓިކެޓަށް އެ ގައުމުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ފައިސާ ދައްކާފައިވާ ކަމަށް ވެސް ޕްރޮސެކިއުޓަރުން ތުހުމަތު ކުރެ އެވެ.

އުމުރުން 35 އަހަރުގެ މި އިންޖިނިއަރަކީ ފިލައިގެން ގޮސްފާނެ މީހެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިދިޔަ ހޯމަ ދުވަހު ވަނީ އަމުރުކޮށްފަ އެވެ.

Advertisement

މި މައްސަލައާ ގުޅިގެން ސައުދީ ސަރުކާރުން އަދި އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

އަލްފައުޒާން އޯޕަންއޭއައިގައި މަސައްކަތް ކުރާތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައި ވަނިކޮށް، އޭނާ ވަނީ އެ ކުންފުނީގެ ކޮންފަރެންސް ރޫމެއްގައި އަޑު ރެކޯޑުކުރާ ޑިވައިސެއް ހަރުކުރަން މަސައްކަތް ކޮށްފަ އެވެ.

އޯޕަންއޭއައި އިން މި ޑިވައިސް ފެނިފައި ވަނީ ސެޕްޓެމްބަރު 30 ގައެވެ. އެ ޑިވައިސް ފެނުނުއިރު އިނީ މީޓިން ރޫމުގައި ހުރި ޓީވީއެއްގެ ފަހަތަށް ޖަހައި، ޓިޝޫ ބޭނުންކޮށްގެން ފޮރުވާފަ އެވެ.

އެ މީޓިން ރޫމުގައި ކެމެރާއެއް ހަރުކުރުމަށްފަހު ބެލިއިރު، އޮކްޓޯބަރު 5 ވަނަ ދުވަހު އަލްފައުޒާން އެ ކޮޓަރިއަށް ވަދެ، ރެކޯޑިން ޑިވައިސް ހަރުކޮށްފައި ހުރި ޓީވީގެ ފަހަތް ބަލާ މަންޒަރު ވަނީ ރެކޯޑު ކުރެވިފަ އެވެ.

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައި އިން އޭނާ ހައްޔަރުކުރީ އޮކްޓޯބަރު 9 ވަނަ ދުވަހު އެވެ. އެއާއެކު އޯޕަންއޭއައި އިން ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފަ އެވެ.

ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނެފައިވާ ގޮތުގައި، އަލްފައުޒާންގެ މި އަމަލަކީ "އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް" ވެދާނެ އެވެ. ސަބަބަކީ އެ ޑިވައިސް ހަރުކޮށްފައި ހުރި ދުވަސްވަރު، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާއި އޯޕަންއޭއައިގެ އިސްވެރިން އެ ކޮޓަރީގައި ބައްދަލުވުންތައް ބާއްވާފައިވާތީ އެވެ.

އަލްފައުޒާން ހައްޔަރުކޮށްފައި ވަނީ، އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު ސެން ފްރެންސިސްކޯ އިން ރިޔާދަށް ދިއުމަށް ވަން-ވޭ ޓިކެޓް ނަގައި، ފުރަން ތިން ދުވަހަށް ވެފައި ވަނިކޮށެވެ.

އޭނާ ހައްޔަރުކުރުމަށް ފަހު އެފްބީއައި އިން އޭނާގެ އަންހެނުންނާ ސުވާލު ކުރުމުން، އޭނާގެ އެމެރިކާ ވިސާގެ މުއްދަތު ހަމަވަމުންދާތީ ދަރިފުޅާއެކު "ދާއިމީކޮށް ސައުދީ އަރަބިއްޔާއަށް ބަދަލުވަނީ" ކަމަށް ބުނެފައިވާ ކަމަށް ލިޔުންތަކުގައިވެ އެވެ. އަދި އޭނާގެ ފިރިމީހާ ވެސް ގަސްދުކޮށްގެން ހުރީ އެގޮތަށް ކަމަށް އޭނާ ބުނެފައިވެ އެވެ.

އަލްފައުޒާން ހައްޔަރުކުރިތާ އަނެއް ދުވަހު، އޮކްޓޯބަރު 10 ވަނަ ދުވަހު، އޭނާގެ އަންހެނުންނާއި ދަރިފުޅު ވަނީ ސެން ފްރެންސިސްކޯ އިން ގަތަރުގެ ދޯހާއަށް ފުރާފަ އެވެ. އެ މީހުން ދަތުރުކުރީ ސައުދީ އަސްކަރިއްޔާގެ އޮފިޝަލަކު ބުކްކޮށް ފައިސާ ދައްކާފައިވާ ބިޒްނަސް ކްލާސް ވަން-ވޭ ޓިކެޓެއްގަ އެވެ.

އެމެރިކާގެ ޑިސްޓްރިކްޓް ޖަޖް އެލެކްސް ސީ ވަނީ އަލްފައުޒާން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އޭނާގެ ވަކީލުން އެދުނު އެދުމަށް މިދިޔަ ހޯމަ ދުވަހު އިންކާރު ކުރައްވާފަ އެވެ. ގާޒީ ވިދާޅުވީ އޭނާ ކޯޓަށް ހާޒިރުނުވެ ފިލައިގެން ދިއުމުގެ ބޮޑު ބިރެއް އެބައޮތް ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު އެފްބީއައި އިން އަދިވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

އަލްފައުޒާންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، ފަސް އަހަރުގެ ޖަލު ހުކުމެއް އަދި 250،000 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

ޕޮލެންޑުގައި ބަޑިން ހަމަލާދީ ހަ މީހުން މަރާލައިފި

ޕޮލެންޑުގެ ކްރަކޯވްގައި ހަރުކަށި ފިކުރުގެ މީހަކު ބަޑިން ހަމަލާދީ ހަ މީހުން މަރާލާފައިވާއިރު، އޭނާ ދިރިއުޅޭ ގެއިން ވެސް އިތުރު ތިން މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. މި ހަމަލާގައި 17 މީހަކު ޒަޚަމްވެފައިވާއިރު، ފުލުހުން ވަނީ ހަމަލާދިން މީހާގެ ގަޔަށް ބަޑިޖަހައި އޭނާ ހައްޔަރުކޮށްފައެވެ.

އިޒްރޭލުގެ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު އައިޒެންކޮޓްއަށް

އިޒްރޭލުގެ އާންމު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުމާ ގުޅިގެން، އާ ކޯލިޝަން ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ރައީސް އައިޒަކް ހަރްޒޮގް ވަނީ އިދިކޮޅު ލީޑަރު ގާޑީ އައިޒެންކޮޓްއަށް ދެއްވާފައެވެ. ސަރުކާރު އެކުލަވައިލުމަށް އައިޒެންކޮޓްއަށް ގިނަވެގެން 42 ދުވަސް ލިބިވަޑައިގަންނަވާއިރު، އޭނާ ވިދާޅުވީ މިއީ ގައުމީ ކުއްލި ހާލަތުގެ ސަރުކާރެއް އުފައްދަންވީ ވަގުތު ކަމަށެވެ. މި އިންތިހާބުގައި އަރަބި ޕާޓީތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައިވީ ނަމަވެސް، ޔަހޫދީ ޕާޓީތަކުން ވަނީ ސަރުކާރު އެކުލަވައިލުމުގައި އެ ޕާޓީތަކުގެ އެހީތެރިކަން ނުހޯދާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox