މަރުވި މީހެއްގެ އޭއައި ވީޑިއޯގެ ސަބަބުން ގާތިލްގެ ހުކުމް ބާތިލުކޮށް، އަލުން އަދަބު ކަނޑައަޅަން އެމެރިކާގެ ކޯޓަކުން އަމުރުކޮށްފި

Oct 3, 2026, 7:04 AM
ގެބްރިއަލް ޕޯލް ހޯކަސިޓާސް

ގެބްރިއަލް ޕޯލް ހޯކަސިޓާސް

އެމެރިކާގައި ބަޑީގެ ހަމަލާއެއްގައި މަރުވި މީހެއްގެ އާއިލާއިން ކޯޓުގައި ދެއްކި އޭއައި ވީޑިއޯގެ ސަބަބުން، ގާތިލަށް އިއްވާފައިވާ ހުކުމް ބާތިލްކޮށް އަލުން ހުކުމް ކަނޑައެޅުމަށް އެރިޒޯނާގެ އިސްތިއުނާފީ ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ އުމުރުން 55 އަހަރުގެ ގެބްރިއަލް ޕޯލް ހޯކަސިޓާސްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2021 ވަނަ އަހަރު ޓްރެފިކް ލައިޓެއް ކައިރީގައި ހިނގި ކުރިމަތިލުމެއްގައި، އުމުރުން 37 އަހަރުގެ ކްރިސްޓޮފާ ޕެލްކީގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލައިގަ އެވެ.

މި މައްސަލައިގައި ހޯކަސިޓާސް 10 އަހަރަށް ޖަލަށް ހުކުމް އިއްވި އެވެ. ނަމަވެސް، އިސްތިއުނާފީ މަރުހަލާގައި ހޯކަސިޓާސްގެ ވަކީލުން ފާހަގަކުރި ގޮތުގައި، މިދިޔަ އަހަރު އޭނާއަށް އަދަބު ކަނޑައެޅުމުގެ ކުރިން، މަރުވި ޕެލްކީގެ އާއިލާއިން އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ކޯޓުގައި ދެއްކުމަށް ފަނޑިޔާރު ހުއްދަ ދެއްވުމަކީ ގާނޫނީ ގޮތުން ކުރެވިގެންވާނެ ކަމެއް ނޫނެވެ.

އެ ވީޑިއޯއަކީ މަރުވި މީހާގެ ފަރާތުން ވާހަކަދައްކާ ގޮތަށް އުފައްދާފައިވާ ވީޑިއޯއެކެވެ.

އެރިޒޯނާގެ ކޯޓް އޮފް އެޕީލްސްއިން ބުދަ ދުވަހު ވަނީ ދަށު ކޯޓުގެ ނިންމުމަށް ފާޑުކިޔައި، ހޯކަސިޓާސްގެ ދިފާއީ ވަކީލުންގެ ހުއްޖަތްތަކަށް ތާއީދުކޮށްފަ އެވެ.

އިސްތިއުނާފީ ކޯޓުން ކަނޑައެޅި ގޮތުގައި، އެ އޭއައި ވީޑިއޯއަކީ "ހުދޫދުން ބޭރުވެފައިވާ" އެއްޗެކެވެ. އެހެންކަމުން، އެ ވީޑިއޯއަށް ރިއާޔަތްކޮށް އިއްވާފައިވާ އަދަބު ބާތިލުކޮށް، އޭނާއަށް އަލުން އަދަބު ކަނޑައަޅަން ޖެހޭނެ ކަމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އިސްތިއުނާފީ ކޯޓުގެ ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި، ކޯޓުގައި ދެއްކި އޭއައި ވީޑިއޯއަކީ ހަގީގަތުގައި ހިނގާފައިވާ ހާދިސާއެއް ނުވަތަ ކުރިން ރެކޯޑުކުރެވިފައިވާ ވަގުތެއް ދައްކުވައިދޭ އެއްޗެއް ނޫނެވެ.

އެއީ މަރުވި މީހާގެ އަންހެން ކޮއްކޮގެ އަމިއްލަ ހިޔާލަށް އައި ގޮތަށް، މަރުވި މީހާގެ ސިފައާއި އޭނާގެ ވިސްނުން ހުރެދާނެ ގޮތް ދައްކުވައިދޭން އުފައްދާފައިވާ ހިޔާލީ އުފެއްދުމެކެވެ. މިއީ އަދުލު އިންސާފުގެ ނިޒާމުގެ ތެރޭގައި ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫން ކަމަށް ކޯޓުން ބުންޏެވެ.

ޕެލްކީގެ އަންހެން ކޮއްކޮ ސްޓޭސީ ވޭލްސް މީގެ ކުރިން ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އެ އޭއައި ވީޑިއޯ ތައްޔާރުކުރުމަށްޓަކައި އޭނާގެ ބޭބެގެ އަޑު ރެކޯޑިންތަކާއި، ވީޑިއޯ އަދި ފޮޓޯތައް ބޭނުންކޮށްފައިވާނެ ކަމަށެވެ. އޭނާ ބޭނުންވީ ބޭބެގެ އަޑުން އޭނާގެ އިހުސާސްތައް ކޯޓަށް އިއްވުމަށެވެ.

މި މައްސަލައިގެ އަދަބު ކަނޑައެޅުމުގެ މަރުހަލާގައި، ދަށު ކޯޓުގެ ފަނޑިޔާރު ޓޮޑް ލޭންގް ވަނީ އޭއައި ބޭނުންކުރުމަށް ތާއީދުކުރައްވައި، އެއީ އާއިލާއަށް ލިބިފައިވާ ހިތާމަ ބަޔާންކޮށްދިނުމަށް ބޭނުންކުރެވިދާނެ ވަސީލަތެއް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

ޓްރަމްޕް ފިލިޕީންސަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސަށް ވަޑައިގެން، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމާއި ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރެއްވިއިރު، އެމެރިކާގެ އަމާޒަކީ ޗައިނާގެ ނުފޫޒު ކުޑަކޮށް މި ގައުމުތަކާއެކު އޮންނަ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ވަރުގަދަކުރުމެވެ.

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

އެޕްސްޓީން އަމިއްލަ އަށް މަރުވީއެއް ނޫން: ފޮރެންސިކް މާހިރު

ޖެފްރީ އެޕްސްޓީންގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކަށް ބަލާއިރު، އޭނާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި މީހަކު އޭނާ މަރާލީ ކަމަށް ފޮރެންސިކް މާހިރު ޕްރޮފެސަރު މައިކަލް ފްރީމަން ބުނެފިއެވެ. ނަމަވެސް، އެޕްސްޓީންގެ އޮޓޯޕްސީ ހެދި މެޑިކަލް އެގްޒެމިނަރު އަދިވެސް ވިދާޅުވަނީ އެއީ ދަންޖެހިގެން އަމިއްލައަށް މަރުވުމެއް ކަމަށެވެ. މި އާ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެޕްސްޓީންގެ ބޭބެ ފޯރުކޮށްދިން މެޑިކަލް ފައިލްތަކާއި ފޮޓޯތަކުގެ އެހީގައެވެ.

މެކްސިކޯގެ އެންމެ ބޮޑު އެއް ޑްރަގު ލޯޑު ފީލިކްސް ގަޔާޑޯ މަރުވެއްޖ

މެކްސިކޯގެ މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލްކުރި "ގުއަޑަލަހާރާ ކާޓެލް" ގެ ބާނީ، މިގޭލް އަންހެލް ފީލިކްސް ގަލާޑޯ އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ. "ދަ ގޯޑްފާދާ" ގެ ނަމުން މަޝްހޫރުވި ގަލާޑޯ މަރުވީ، އެމެރިކާގެ ޑީއީއޭ އެޖެންޓަކު މަރާލި މައްސަލައިގައި 40 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ސިއްހީ ހާލަތު ގޯސްވެގެންނެވެ. އޭނާއަކީ މެކްސިކޯ އާއި ކޮލަމްބިއާގެ ކާޓެލްތައް ގުޅުވައިދީ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނިޒާމު އެންމެ ފުޅާދާއިރާއެއްގައި ހިންގި ނުފޫޒުގަދަ ލީޑަރެވެ.

ޖެންސެން ހުއާން އަނބުރާ މަގާމަށް ގެނައުމަށް ކެމްޕޭނެއް

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ މައްސަލަތަކެއް ފަޅާއަރައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭނާ އަނބުރާ މަގާމަށް ގެނައުމަށް ބޮޑު ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އީލޮން މަސްކް ފަދަ މަޝްހޫރު ޝަޚުސިއްޔަތުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ މި ކެމްޕޭނުގައި ގޮވާލަނީ، މިނިވަން ތަހުގީގެއް ނިމެންދެން އޭނާ މަގާމުގައި ބެހެއްޓުމަށެވެ.

Newsletter

Get the latest news delivered straight to your inbox