ޗައިނާގެ "ކިމީ" އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތް ކިޔައިދީފި

Sep 30, 2026, 8:55 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އުފައްދާ ކުންފުންޏެއް ކަމަށްވާ މޫންޝޮޓްގެ "ކިމީ" މޮޑެލްތަކެއް ބޭނުންކޮށްގެން، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތާއި މީހުން މަރާލާނެ ގޮތުގެ މައުލޫމާތު ހޯދުމަށް ދިރާސާވެރިންނަށް މަގުފަހިވުމާ ގުޅިގެން، އެ ކުންފުނިން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

އޭއައި ނިޒާމުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ މައިންޑްގާޑް ކުންފުނިން ބުނީ، މޫންޝޮޓްގެ "ކިމީ ކޭ2.6" އަދި "ކޭ3 ސްވޯމް" މޮޑެލްތަކުގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުން ރެކިގަނެވޭކަން އެ ކުންފުންޏަށް ފާހަގަވީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ.

މިކަން ހާމަވީ "ޖެއިލްބްރޭކިން" ގެ ނަމުން ނަންދެވިފައިވާ، އޭއައި ނިޒާމުތަކަށް އޮޅުވާލައިގެން އޭގައި ހުންނަ ރައްކާތެރިކަމުގެ ހުރަސްތައް ނުވަތަ "ގާޑްރެއިލްސް" އަށް ބޯނުލަނބާ ގޮތް ހެދުމަށް ކުރިއަށްގެންދިޔަ ދިރާސާއެއްގެ ތެރެއިންނެވެ. މައިންޑްގާޑުން ބުނި ގޮތުގައި، މިފަދަ ނުރައްކާތެރި މައުލޫމާތުތައް ހިއްސާކުރުން ހުއްޓުވުމުގެ ގާބިލުކަން ކިމީ މޮޑެލްތަކުގައި ހުންނަންޖެހޭނެ އެވެ.

Advertisement

މިކަމާ ގުޅިގެން މޫންޝޮޓް ކުންފުނިން ބުނީ، ރައްކާތެރި އަދި ފެންވަރު ރަނގަޅު އޭއައި ނިޒާމުތަކެއް ބިނާކުރުމުގައި ބޭރުގެ ފަރާތްތަކުން ދޭ މިފަދަ މައުލޫމާތުތަކަށް އެ ކުންފުނިން މަރުހަބާ ކިޔާ ކަމަށެވެ.

އަދި މައިންޑްގާޑުން ހޯދި މި ހޯދުންތަކާ ގުޅޭގޮތުން އެ ކުންފުންޏާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް މޫންޝޮޓުން ބުންޏެވެ.

މައިންޑްގާޑްގެ ބާނީ ޕީޓާ ގަރަގަން ބުނީ، ކިމީ ކޭ2.6 އަދި ކޭ3 ސްވޯމް މޮޑެލްތަކުން ފެނުނު ކަންތައްތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ކަމަށެވެ.

ޕީޓާ އިތުރަށް ބުނި ގޮތުގައި، އެއްފަހަރު މި ނިޒާމުތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލެވިއްޖެ ނަމަ، ކޮންމެ މައުލޫމާތެއް ވެސް އެ ނިޒާމުން ފޯރުކޮށްދެ އެވެ. އަދި ނުބައި ނިޔަތެއްގައި ކުރާ ކަންކަމާ ގުޅޭގޮތުން އަމިއްލައަށް އިސްނަގައިގެން ލަފާދީ، އާ އުކުޅުތައް ވެސް އެ ނިޒާމުން އުފައްދައިދޭ ކަމަށް އޭނާ ފާހަގަކުރި އެވެ.

ޖެއިލްބްރޭކިންގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަކީ، ފަހަކަށް އައިސް އޭއައިގެ ދާއިރާގައި ފެންމަތިވެފައިވާ އެހެން މައްސަލަތަކާ ތަފާތު ނުރައްކާތަކެކެވެ.

އެމެރިކާގެ އޯޕަން އޭއައި، މެޓާ އަދި އެންތްރޮޕިކް ފަދަ ކުންފުނިތަކުން އުފައްދާފައިވާ އަމިއްލައަށް މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވާ "އޭޖެންޓްސް" ތަކުން ބައެއް އޮންލައިން ހިދުމަތްތައް ހެކްކޮށްފައިވާ މައްސަލަތަކެއް ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ.

ޖެއިލްބްރޭކް ކުރުމަކީ ގިނަ ވަގުތާއި ބުރަ މަސައްކަތުން ކުރެވޭ ކަމަކަށް ވީނަމަވެސް، ހެކަރުންނާއި ނުބައި ނިޔަތް އޮންނަ ފަރާތްތަކުން މިކަން ބޭނުންކޮށްގެން ބޮޑެތި ގެއްލުންތަކެއް ދީފާނެތީ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެންތްރޮޕިކް ކުންފުނިން ދާދިފަހުން ބުނެފައިވާ ގޮތުގައި، ބަޔޮލޮޖިކަލް ހަތިޔާރު އުފެއްދުމަށް އެހީތެރިވެދޭ ފަދަ "ނުރައްކާތެރި ހަރަކާތްތަކެއް" ހިންގުމަށް އެ ކުންފުނީގެ އޭއައި މޮޑެލްއެއް ބޭނުންކުރަން އުޅުނު ބަޔަކު ދެނެގަނެ، އެކަން ވަނީ ހުއްޓުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދޮންބާސް ދޫކޮށްލައިފިނަމަ ނޭޓޯ މެންބަރުކަން ދިނުމުގެ ހުށަހެޅުމެއް

ޔޫކްރެއިންގެ ދޮންބާސް ސަރަހައްދު ރަޝިއާއަށް ދޫކޮށްލުމުގެ ބަދަލުގައި އެ ގައުމަށް ނޭޓޯގެ މެންބަރުކަން ދިނުމުގެ ހުށަހަޅުމެއް އެމެރިކާގެ މަންދޫބުން ހުށަހަޅާފައިވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މިފަދަ އެއްބަސްވުމަކަށް ދާނީ ގައުމުގެ ސަލާމަތާއި އާރާސްތުކުރުމުގެ ފުރިހަމަ ޔަގީންކަން ލިބި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްވެއްޖެނަމަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޔޫގަންޑާގައި އަސްކަރީ ޖެނެރަލުން ހައްޔަރުކޮށްފި

ޔޫގަންޑާގެ ރައީސް މުސެވެނީގެ ދަރިކަލުން އަދި އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް މުހޫޒީ ކައިނޭރުގާބާ، އެ ގައުމުގެ އިސް ޖެނެރަލުންތަކެއް ހައްޔަރުކޮށް ނައިބު ރައީސަށް އިންޒާރު ދެއްވުމާ ގުޅިގެން ސިޔާސީ ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. މުހައްލިލުން ގަބޫލުކުރާ ގޮތުގައި މިއީ ބައްޕައަށް ފަހު ވެރިކަމަށް ވަޑައިގަތުމަށްޓަކައި، އެކަމަށް ހުރަސްއަޅާ ފަރާތްތައް އެއްފަރާތްކުރުމަށް ކައިނޭރުގާބާ ހިންގަވާ ސިޔާސީ ހަރަކާތެކެވެ. މި ހައްޔަރުކުރުންތަކަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ކަމެއް ކަމަށް އަސްކަރިއްޔާއިން ބުނި ނަމަވެސް، މިއީ ސީދާ ވެރިކަމުގެ ބާރުތައް ހޯދުމަށް ކުރާ ކަމެއްކަމުގެ ތުހުމަތު ވަނީ އަމާޒުވެފައެވެ.

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox