މެންޗެސްޓާ ސިޓީގެ ތަށިތައް އަތުލަން ގޮވާލާ އަޑުތައް ގަދަވަނީ

Sep 26, 2026, 9:38 AM
މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު، ޕެޕް ގާޑިއޯލާ، އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހިފައިގެން.

މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު، ޕެޕް ގާޑިއޯލާ، އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހިފައިގެން.

ލަންޑަން (ސެޕްޓެމްބަރު 26) - ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ ގަވާއިދުތަކާ ހިލާފަށް މާލީ ކަންކަމުގައި މަކަރު ހެދުމުގެ 100 އަށް ވުރެން ގިނަ މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވުމާ އެކު، އެ ޓީމުން މިދިޔަ އަހަރުތަކުގައި ހޯދާފައިވާ ތަށިތައް އަތުލުމުގެ އަޑުތައް ގަދަވެއްޖެ އެވެ. 

ކޮރަޕްޝަން ހިމެނޭ ގޮތަށް މަކަރު ހަދާފައިވާ 115 މައްސަލައިގެ ތެެރެއިން 100 އަށް ވުރެ ގިނަ މައްސަލަ އެ ޓީމުގެ މައްޗަށް ސާބިތުވެއްޖެ އެވެ. 

ބީބީސީ އާއި ދި އެތުލެެޓިކުން ރިޕޯޓްކުރާގޮތުގައި، 114 މައްސަލައެއް ސިޓީގެ މައްޗަސް ވަނީ ސާބިތުވެފަ އެވެ. އެކަމަކު، ސިޓީއާ މެދު އަޅާނެ ފިޔަވަޅެއް އަދި ނިންމާފައިނުވާއިރު، އެ ޓީމުގެ ޕޮއިންޓު އުނިކުރުމާއި ލީގުން ބޭރުކުރުމާއި ހޯދާފައިވާ ތަށިތައް އަތުލުން ފަދަ ފިޔަވަަޅުތައް ވެސް ހިމެނެ އެެވެ. 

އެ ގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގެ ކުރީގެ ކުޅުންތެރިންނާއި ފުޓްބޯޅަ ޕަންޑިޓުން އަންނަނީ ސިޓީން ހޯދާފައިވާ ތަށިތައް އެ ޓީމު އަތުން އަތުލަން ޖެހޭ ކަމަށް ބުނެ ޝުއޫރުފާޅުކުރަމުންނެވެ. އަދި، މިއީ އިނގިރޭސި ފުޓްބޯޅައިގައި އެންމެ ބޮޑަށް ބަލައި، ފިޔަވަޅު އަޅަން ޖެހޭ މައްސަލަ ކަމަށް ވެސް ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މެންޗެސްޓާ ސިޓީން މަކަރު ހެދިކަމުގެ 100 އަށް ވުރެން ގިނަ މައްސަލައެއް ސާބިތުވެއްޖެ

މެންޗެސްޓާ ސިޓީން މާލީ ގަވާއިދުތަކާ ހިލާފުވެ، މަކަރު ހަދާފައިވާ 115 މައްސަލައިގެ ތެރެއިން 100 އަށް ވުރެ ގިނަ މައްސަލަ އެ ކްލަބުގެ މައްޗަށް ވަނީ ސާބިތުވެފައި. މީގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި، މުސާރައިގެ ތަފްސީލު އޮޅުވާލުމުގެ އިތުރުން ތަހުގީގަށް އެއްބާރުލުން ނުދިން މައްސަލަތައް ހިމެނޭ

ތަހުގީގަށް ފާހަގަކުރެވުނު 115 މައްސަލަތަކަށް ބަލާއިރު ހިމެނެނީ، 2009-2010 ސީޒަނުން ފެށިގެން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމުގެ 54 މައްސަަލަ އާއި 2009-2010 އިން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ކުޅުންތެރިންނާއި ކޯޗުންނަށް ދިން މުސާރަތަކުގެ ސީދާ ތަފްސީލް ނުދޭ 14 މައްސަލަ އާއި 2013-2014 އިން 2017-2018 އަށް ފައިނޭންޝިއަލް ފެއާޕްލޭގެ ޔުއެފާގެ މިންގަނޑާ ހިލާފުވެފައިވާ ފަސް މައްސަލަ އަދި 2015-2016 އިން 2017-2018 ޕްރިމިއާ ލީގުގެ ޕީއެސްއާރް ގަވާއިދާ ހިލާފުވެފައިވާ ކަމުގެ 7 މައްސަލަ އެވެ.

ދެން ހިމެނެނީ، މި ކަމާ ގުޅޭގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ކަންކަމާ ބެހޭ ފަރާތްތަކުން ހިންގި ތަހުގީގަށް ޑިސެމްބަރު 2018 އިން ފެބްރުއަރީ 2023 އާ ހަމައަށް އެއްބާރުލުން ނުދީ މާލީ ކަންކަން ހާމަނުކުރި 35 މައްސަލަ އެވެ.

މެންޗެސްޓާ ސިޓީ ހިންގުމާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަހުޖަނު، ޝެއިހް މަންސޫރު، ސިޓީ ގަތީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެއީ, ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު, ތަކްޝިން ޝިނަވަޓްރާ އަތުންނެވެ.

އޭގެ ފަހުން، މަންސޫރުގެ ލީޑަޝިޕްގެ ދަށުން، ސިޓީ ފުޓްބޯލް ގްރޫޕްގެ ނަމުުގައި، ކުންފުންޏެއް ހަދައި، އެ ކުންފުނިން ދުނިޔޭގެ އެކި ބައްރުތަކުގައި އަންނަނީ ޓީމު ހިންގަމުންނެވެ.

ސިޓީގެ މައްސަލައިގެ ޓައިމްލައިނެއް

ނޮވެމްބަރު 2018 ވަނަ އަހަރު ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑިއާ ސްޕީއަގަލް އިން ވަނީ ފުޓްބޯލް ލީކްސްގެ ނަމުގައި ސިޓީގެ މި މައްސަލަތަކުގެ ލިޔެކިޔުންތަކެއް އާންމުކޮށްފަ އެވެ. އެއާ އެކު، 2019 ވަނަ އަހަރު ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ރަސްމީކޮށް ސިޓީގެ މައްސަލަތައް ބަލަން ފެށި އެވެ. އެ އަހަރު މެއި މަހު ސިޓީން ވަނީ ނޫހަކުން އާންމުކުރި މި ފަދަ ލިޔެކިޔުންތަކެއްގެ މައްސަލަ ޔުއެފާ އިން ބަލާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި، އެޕީލް ކުރަން ވެސް ވަގުތުން ހުށަހެޅި އެވެ. 

ސިޓީން ހުށަހެޅި އެޕީލާ ދެކޮޅަށް ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބަޔާނެއް ނެރެފަ އެވެ. އޭގެ ފަހުން، 2020 ވަނަ އަހަރު ފެބްރުއަރީ މަހު ޔުއެފާ އިން ވަނީ ދެ އަހަރަށް ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ބޭރުކޮށް، 30 މިލިއަން ޔޫރޯ އިން ޖޫރިމަނާ ކޮށްފަ އެވެ. އެކަމަކު، އެ އަހަރު ޖުލައި މަހު ސިޓީން ވަނީ ކާސް މެދުވެރިކޮށް ޔުއެފާގެ އެ ނިންމުމާ ދެކޮޅަށް އެޕީލް ކާމިޔާބުކޮށްފަ އެވެ. 

ކާސްގެ އެ ނިންްމުމުގެ އެއް އަހަރު ފަހުން، ޕްރިމިއާ ލީގުން ވަނީ، 2021 ވަނަ އަހަރު ޖުލައި މަހުގައި ސިޓީގެ މި މައްސަލަތައް ބަލަން ފަށައިފަ އެވެ. އޭގެ ފަހުން، 2022 ވަނަ އަހަރުގެ އޭޕްރީލް މަހު، ޑިއާ ސްޕީއަގަލް އިން ވަނީ ސިޓީގެ މާލީ ގޯސްތަކުގެ އިތުރު ލިޔެކިޔުންތަކެއް އާންމުކޮށްފަ އެވެ. އަދި، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ޕްރިމިއާ ލީގުން ވަނީ ސިޓީން މާލީ ގޮތުން އޮޅުވާލައި، މަކަރު ހެދި ކަމުގެ 115 މައްސަލައެއްގައި ސިޓީއާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފަ އެވެ.

އޭގެ ފަހުން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ޕްރިމިއާ ލީގާއި ސިޓީން ވަނީ 10 ހަފްތާގެ އަޑުއެހުންތަކެއް މި މައްސަލައިގައި ފަށައިފަ އެވެ. އޭގެ ފަހުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، އޭރު ސިޓީގެ ކޯޗަކަށް ހުރި ޕެޕް ގާޑިއޯލާ ވަނީ މަހެއްހާ ދުވަސްތެރޭ، 115 މައްސަލައިގައި ސިޓީއާ މެދު އަޅާ ފިޔަވަޅެއް އެނގިގެންދާނެ ކަމަށް. ބުނެފަ އެވެ. އޭގެ އެއް އަަހަރު ފަހުން، މިދިޔަ ޖޫން މަހު ގާޑިއޯލާ ވަނީ 10 އަހަރަށް ފަހު ސިޓީގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީން މަކަރު ހެދިކަމުގެ 100 އަށް ވުރެން ގިނަ މައްސަލަ ސާބިތުވި

މެންޗެސްޓާ ސިޓީން މާލީ ގަވާއިދުތަކާ ހިލާފުވެ، މަކަރު ހަދާފައިވާ 115 މައްސަލައިގެ ތެރެއިން 100 އަށް ވުރެ ގިނަ މައްސަލަ އެ ކްލަބުގެ މައްޗަށް ވަނީ ސާބިތުވެފައި. މީގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި، މުސާރައިގެ ތަފްސީލު އޮޅުވާލުމުގެ އިތުރުން ތަހުގީގަށް އެއްބާރުލުން ނުދިން މައްސަލަތައް ހިމެނޭ

ނަބީ އޭޝިއަން ގޭމްސް ދެ ވަނަ ބުރަށް

އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އަންހެން ސިންގަލްސްގެ ފުރަތަމަ މެޗުގައި މޮންގޯލިއާގެ ކުޅުންތެރިޔާ ބަލިކޮށް، ރާއްޖޭގެ އައިމިނަތު ނަބީހާ ދެވަނަ ބުރުން ޖާގަ ހޯދައިފި. ނަބީހާގެ އިތުރުން ފާތިމަތު ނަބާހާ އާއި ނިބާލް އަހުމަދު ވެސް ދެ ވަނަ ބުރުގައި ވާދަކުރާއިރު، ޒަޔާން ޒަކީ ވަނީ ފުރަތަމަ ބުރުގެ މެޗުން ބަލިވެ މުބާރާތުން ކަޓާފައި.

ގާޑިއޯލާ އަށް ނޫނެކޭ ބުނުމަކީ ފަސޭހަ ކަމެއް ނޫން: ބޮނޫޗީ

2016 ވަނަ އަހަރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެ ކްލަބަށް ބަދަލުވުމަށް ދިން ފުރުސަތު ދޫކޮށްލުމަކީ ކެރިއަރުގައި ކުރި އެންމެ އުނދަގޫ ކަންތައް ކަމަށް އިޓަލީގެ ކުރީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ބުނެފިއެވެ. އޭނާ ބުނިގޮތުގައި ގާޑިއޯލާގެ ހުށަހެޅުމަށް ނޫނެކޭ ބުނީ ޔުވެންޓަސްއާ އެކު ދެކެމުންދިޔަ ހުވަފެންތައް މާ ބޮޑުވުމުންނެވެ.

ރާއްޖެ އަށް ޝޮޓެއް ވެސް ނުޖެހި ޗައިނާ މޮޅުވުމަކީ ކާމިޔާބެއް: ކޯޗު

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ޗައިނާ ކާމިޔާބުކުރިއިރު، ރާއްޖެއަށް ޝޮޓެއް ފޮނުވާލުމުގެ ފުރުސަތު ނުދީ މެޗު ކޮންޓްރޯލް ކުރުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށް ޗައިނާގެ ކޯޗު ބުނެފި މި މެޗުގައި ޗައިނާގެ ވަން ޒިމިން ހެޓްރިކެއް ހެދިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރާއްޖެ އަތުން ޗައިނާ ޖެހިޖެހިގެން މޮޅުވި ހަތް ވަނަ މެޗު

ކުރިން ރާއްޖޭގެ ފުޓްބޯޅަ އޮތް ލެވަލަށް ދާން ވަގުތު ނަގާނެ

ރާއްޖޭގެ ފުޓްބޯޅަ ކުރިން އޮތް ފެންވަރަށް ގެންދިއުމަށް ވަގުތު ބޭނުންވާ ކަމަށާއި، މިހާރު ޓީމަށް ދިމާވެފައިވާ މައްސަލަތަކުގެ އަސްލަކީ ފާއިތުވި އަހަރުތަކުގައި ގައުމީ ޓީމަށް ދިމާވި ކަންތައްތައް ކަމަށް ކޯޗު އުރްބާނީ ބުނެފި. ރާއްޖޭގެ ފެންވަރު ރަނގަޅުކުރަން އޮތް އެންމެ ބޮޑު ފުރުސަތަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ ވަރުގަދަ މެޗުތަކެއް ކުޅުން

ކްލޮޕާއި ޒަވީގެ ފުރަތަމަ މެޗު: ޖަރުމަނާއި ނެދަލެންޑްސް އެއްވަރު

ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާއި ނެދަލެންޑްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، މިއީ އެ ދެ ގައުމުގެ އާ ކޯޗުން ކަމަށްވާ ޔާގަން ކްލޮޕާއި ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ. ފީލިކްސް އެންމެޗާގެ ލަނޑުން ޖަރުމަނުން ލީޑު ނަގާފައިވަނިކޮށް، މެޗުގެ އިތުރު ވަގުތުގައި ކޯޑީ ގަކްޕޯ ޖެހި ލަނޑުން ނެދަލެންޑްސް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

އިންޑިއާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: އަންޗެލޮޓީ

އިންޑިއާގެ އާބާދީ ބޮޑުވި ނަމަވެސް ފުޓްބޯޅައިގައި އެ ގައުމު ފަހަތުގައި އޮތީ ފުޓްބޯޅައިގެ ސަގާފަތެއް ނެތުމުން ކަމަށް ބްރެޒިލްގެ ކޯޗު އަންޗެލޮޓީ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި އިންޑިއާގެ ފުޓްބޯޅަ ކުރިއެރުވޭނީ އާ ޖީލުތަކެއް ބިނާކޮށް، ކުޅިވަރަށް ދޭ އަހައްމިއްޔަތުކަން އިތުރުކޮށްގެން

Newsletter

Get the latest news delivered straight to your inbox