ފްލައިދުބާއީ ފްލައިޓް: އިޒްރޭލްގެ ބޯޓުތައް ސައުދީއަށް ވަނުމުގެ ހުއްދަ ނުދިން

Oct 1, 2026, 7:01 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ފްލައިދުބާއީ ފްލައިޓެއް ކުއްލި ހާލަތުގައި ސައުދީ އަރަބިއްޔާއަށް ޖެއްސުމާ ގުޅިގެން، އެ ބޯޓުގައި ތިބި އިޒްރޭލު މީހުން ބަލާ ދިއުމަށް އިޒްރޭލުގެ ބޯޓުތައް ފޮނުވަން އެދުމުން ސައުދީ ސަރުކާރުން އެކަމަށް ހުއްދަ ނުދިން ކަމަށް ސަލާމަތީ ދާއިރާގެ ދެ މަސްދަރަކުން ބުދަ ދުވަހު ބުނެފި އެވެ.

މަސްދަރުތަކުން ބުނި ގޮތުގައި، އިޒްރޭލާ އެކު ސިޔާސީ ގުޅުމެއް ނެތް ސައުދީ އަރަބިއްޔާއަށް އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތައް ވަނުމުގެ ހުއްދައަށް އެދިފައިވަނީ، އެ ގައުމުގައި ތިބި އިޒްރޭލު ރައްޔިތުން އަނބުރާ ގެންދިއުމަށެވެ.

މި މައްސަލައާ ގުޅިގެން ސައުދީ އަރަބިއްޔާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބަހެއް ހޯދުމަށް އެދުމުން، އެ އޮފީހުން ރޮއިޓާޒްއަށް ވަކި ޖަވާބެއް ދީފައެއް ނުވެ އެވެ.

Advertisement

މަސްދަރުތަކުގެ ތެރެއިން އެކަކު ބުނި ގޮތުގައި، އިޒްރޭލު މީހުން ބަލާ ދިއުމަށްޓަކައި އިޒްރޭލުގެ ވައިގެ ސިފައިން ދިޔައީ "ސުޕަ ހާކިއުލިސް" މަރުކާގެ މަތިންދާބޯޓުތަކެއް ތައްޔާރުކުރަމުންނެވެ.

ނަމަވެސް، ފްލައިދުބާއީ އެއާލައިނުން ބުނެފައިވަނީ އެ ބޯޓުގައި ތިބި ފަސިންޖަރުން ދަތުރު ކުރިއަށް ގެންދާނީ އެ އެއާލައިންގެ އެހެން ބޯޓެއްގައި ކަމަށެވެ.

ދުބާއީން ފުރައިގެން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މި ފްލައިޓުގެ ކޯ-ޕައިލެޓް، ބޯޓުގެ ޕައިލެޓަށް ވަޅިން ހަމަލާދިނުމަށްފަހު ބޯޓު ވައްޓާލަން މަސައްކަތް ކުރި ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުދަ ދުވަހު ބުންޏެވެ. ނަތަންޔާހޫ ބުނި ގޮތުގައި ބޯޓު ވައްޓާލަން އުޅުމުން ފަސިންޖަރުން ވަނީ އޭނާ ހިފަހައްޓާފަ އެވެ. އަދި އެހެން ޕައިލެޓުން ވަނީ ބޯޓު ރައްކާތެރިކަމާއެކު ސައުދީ އަރަބިއްޔާއަށް ޖައްސާފަ އެވެ.

އެމެރިކާ މެދުވެރިވެގެން އެކުލަވާލާފައިވާ "އަބްރަހަމް އެކޯޑްސް" ގެ ދަށުން އަރަބި ބައެއް ގައުމުތަކުން އިޒްރޭލާ އެކު ގުޅުން ގާއިމުކޮށްފައިވާއިރު، އެ އެއްބަސްވުމުގައި ސައުދީ އަރަބިއްޔާ ބައިވެރިކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ ބާރުއަޅުއްވަމުންނެވެ. ނަމަވެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މަގު ފަހިނުވަނީސް އެ އެއްބަސްވުމުގައި ބައިވެރިވުމަށް ސައުދީން ވަނީ މީގެ ކުރިންވެސް އިންކާރުކޮށްފަ އެވެ.

ބޮޑުވަޒީރު ނަތަންޔާހޫ ދާދިފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރި ދަތުރުގައި ސައުދީގެ އޮފިޝަލަކާ ބައްދަލުކުރި ކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް، ސައުދީ ސަރުކާރުގެ އިސް އޮފިޝަލަކު ބުދަ ދުވަހު ވަނީ އެފަދަ ބައްދަލުވުމެއް ބޭއްވި ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox