ފްލައިޑުބާއީގެ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި ދެ ދިވެހިންނާ ސުވާލުކޮށްފި

Oct 3, 2026, 8:26 PM
ވައްޓާލަން އުޅުނު ފްލައިދުބާއީގެ މަތިންދާބޯޓު -- ފޮޓޯ: އޭޕީ

ވައްޓާލަން އުޅުނު ފްލައިދުބާއީގެ މަތިންދާބޯޓު -- ފޮޓޯ: އޭޕީ

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ޑުބާއީ އިން ފުރައިގެން އިޒްރޭލުގެ ތެލް އަވީވަށް ދަތުރު ކުރި ފްލައިޑުބާއީގެ މަތިންދާބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި ދެ ދިވެހިންނާ ސުވާލުކޮށްފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ޑުބާއީގެ ފުލުހުން ސުވާލު ކުރީ ފްލައިޑުބާއީގައި މަސައްކަތް ކުރާ ދެ ދިވެހިންނާ އެވެ. ނަމަވެސް މިހާތަނަށް އެ ދެ މީހުން ހައްޔަރުނުކުރާކަން މި ނޫހަށް އެނގިފައިވެ އެވެ. 

މިދިޔަ ބުދަ ދުވަހު ހިނގި އެ ހާދިސާގެ ތަހުގީގުގައި ފްލައިދުބާއީގައި މަސައްކަތް ކުރާ ދެ ދިވެހިންނާ ސުވާލު ކުރަމުންދާކަން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވެސް މި ނޫހަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. 

Advertisement

"މި ވަގުތު އެނގޭ މައުލޫމާތަކީ އެ ދެ މީހުންނާ ސުވާލު ކުރުމަށްޓަކައި ހާޒިރުކޮށްފައިވާކަން،" މުންދު ވިދާޅުވި އެވެ. 

ފްލައިދުބާއީގެ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި އެއްވެސް ދިވެއްސަކަށް ތުހުމަތު ކުރާކަން ޔޫއޭއީއިން އަދި ހާމަކޮށްފައެއް ނުވެ އެވެ. އަދި އެފަދަ މައްސަލައިގައި ސަރުކާރު ނުވަތަ ދިވެހި ފުލުހުންނާ ވެސް ޔޫއޭއީއިން ވާހަކަ ދައްކާފައެއް ނުވެ އެވެ. 

އެނގިފައިވާ ގޮތުގައި އެ ދެ ދިވެހިންނާ ސުވާލު ކުރިއިރު، ފްލައިދުބާއީގެ ވަރަށް ގިނަ މުވައްޒަފުންނާ ޔޫއޭއީގެ ފުލުހުން ދަނީ ސުވާލު ކުރަމުންނެވެ. އަދި ބޯޓު ވައްޓާލަން އުޅުނު އޮމާނަށް ހަމާމް އަލް-ހައްމާމީއާ ބައްދަލުވި އެންމެންނާ ސުވާލު ކުރަމުންދާކަން ވެސް މި ނޫހަށް އެނގިފައިވެ އެވެ. 

މި ނޫހާ ވާހަކަ ދެއްކި މަސްދަރަކުން ބުނީ، ކުންފުނީގެ ހަރަކާތެއްގެ ތެރެއިން އެ ދެ ދިވެހިން ވަނީ ހަމާމް އަލް-ހައްމާމީއާ ބައްދަލުވެފަ އެވެ. ނަމަވެސް ދެ ވަނަ މަސްދަރަކުން މި މައުލޫމާތު އަދި ކަށަވަރެއް ނުކުރެ އެވެ.

ހަމާމް އަލް-ހައްމާމީއަކީ އެ ފްލައިޓުގެ ކޯ-ޕައިލެޓެވެ. ބޯޓު ވައްޓާލުމުގެ ނިޔަތުގައި އޭނާ ވަނީ ބޯޓުގެ އެމަޖެންސީ ކޯރާޑިން ޕައިލެޓަށް ހަމަލާދީފަ އެވެ. ނަމަވެސް އިންޑިއާއަށް ނިސްބަތްވާ އެ ޕައިލެޓު ވަނީ ހަމާމްގެ ހަމަލާތަކުން ދިފާއުގެ، ކޮކްޕިޓުގެ ދޮރު ހުޅުވައިފަ އެވެ. އެ ހިސާބުން އެތަނަށް ވަދެ، ބޯޓު ސަލާމަތް ކުރީ އިޒްރޭލުގެ ރައްޔިތެއް ކަމަށްވެ އެވެ. 

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox