ފްލައިދުބާއީގެ އިންޑިއާ ޕައިލެޓަށް ތައުރީފު

Oct 1, 2026, 11:45 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ބުދަ ދުވަހު ފްލައިދުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު ކަމަށް ބުނާ ކޯ-ޕައިލެޓްގެ ހަމަލާތަކުން ފަސިންޖަރުން ސަލާމަތްކޮށްދިން އިންޑިއާގެ ޕައިލެޓް ސްމިތު މަޗާރަކީ ބަތަލެއްގެ ގޮތުގައި އިސްރާއީލާއި އިންޑިއާގެ ވެރިން ސިފަކުރައްވައި، އޭނާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

އިސްރާއީލުގެ އޮފިޝަލުން ބުނި ގޮތުގައި، ކޯ-ޕައިލެޓް ބޯޓު ވައްޓާލަން ކުރި މަސައްކަތް ފަސިންޖަރުންނާއި ފްލައިޓް ކްރޫއިން ހުއްޓުވުމާ ގުޅިގެން، އެ ފްލައިޓުން ދަތުރުކުރި އެންމެން ބުދަ ދުވަހު ވަނީ ރައްކާތެރިކަމާއެކު އިސްރާއީލަށް ގޮސްފަ އެވެ. މި ހާދިސާ ހިނގަން ފެށީ ކޯ-ޕައިލެޓް، ޕައިލެޓް މަޗާރަށް ވަޅިން ހަމަލާދީ، 30 ސިކުންތަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ބޯޓު 14،000 ފޫޓު ތިރިއަށް ވެއްޓެން ފެށުމުންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ތަރުޖަމާނު ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ، ޒަޚަމްވެ ލެއިން ތަތްތެޅިފައި ބޯޓުގެ ތަޅުންގަނޑު މަތީގައި އޮވެމެ، މަޗާރު ވަނީ ކޮކްޕިޓްގެ ދޮރު ހުޅުވުމަށް ބޭނުންވާ ރިލީޒް ބަޓަނަށް ފިއްތާލުމުގައި ކާމިޔާބު ހޯދާފަ އެވެ. އެއާއެކު، ބޯޓުގެ ފަސިންޖަރުންނާއި ކްރޫއިން ކޮކްޕިޓަށް ވަދެ ކޯ-ޕައިލެޓް މައިތިރިކުރި އެވެ. އަދި އެ ފްލައިޓުގައި ދަތުރުކުރި ފްލައިދުބާއީގެ އިތުރު ދެ ޕައިލެޓުންގެ އެހީތެރިކަމާއެކު ބޯޓު ވަނީ ސައުދީ އަރަބިއްޔާގެ ތަބޫކަށް ރައްކާތެރިކަމާއެކު ޖައްސާފަ އެވެ.

Advertisement

އެކްސްގައި ކުރި ޕޯސްޓެއްގައި ނަތަންޔާހޫ ބުނީ، މަޗާރު ވަނީ އިސްރާއީލުގެ ރައްޔިތުންނާއި އެހެނިހެން ގައުމުތަކުގެ މީހުން ހިމެނޭހެން ޖުމްލަ 174 މީހެއްގެ ފުރާނަ ސަލާމަތްކޮށްދީފައި ކަމަށެވެ. 

ބުރާސްފަތި ދުވަހުގެ ކުރީކޮޅު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަޗާރަށް ތައުރީފު ކުރައްވަމުން އޭނާއަކީ "ބަތަލެއް" ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މޯދީ ވިދާޅުވީ، ކުރިމަތިވި ނުރައްކާތެރި ދަނޑިވަޅުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވީ ނަމަވެސް، އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް މަޗާރު ދެއްކީ ނުގުޑާފަދަ އަޒުމަކާއި ހިތްވަރެއް ކަމަށެވެ. އޭނާގެ ކެރުމާއި ހިތްވަރުގެ ސަބަބުން އެތައް ސަތޭކަ ބައެއްގެ ފުރާނަ ސަލާމަތްވެ، ބޮޑު ކާރިސާއަކުން ސަލާމަތްވި ކަމަށް މޯދީ ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާގައި ތިބި އިންޑިއާގެ އޮފިޝަލުން ވިދާޅުވީ، މަޗާރަށް މިހާރު ސައުދީގެ ހުޅަނގު އުތުރު ސިޓީއެއް ކަމަށްވާ ތަބޫކުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އޭނާގެ އާއިލާ އާއި ސައުދީގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ސައުދީގައި ހުންނަ އިންޑިއާ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަޗާރުގެ ހާލަތު މިހާރު ސްޓޭބަލް ކަމަށެވެ.

އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ މަޗާރު، މި ހާދިސާއަށްފަހު ސާޖަރީއެއް ހަދާފައިވާ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ "ހިންދުސްތާން ޓައިމްސް" އިން ރިޕޯޓުކޮށްފައިވެ އެވެ.

ލިންކްޑްއިން ޕްރޮފައިލްގައިވާ މައުލޫމާތަށް ބަލާއިރު، މަޗާރު ފްލައިދުބާއީއާ ގުޅުމުގެ ކުރިން އިންޑިއާގެ ސްޕައިސްޖެޓް އެއާލައިންގައި 11 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވެ އެވެ.

ދެ ޕައިލެޓުންގެ ދެމެދުގައި ހިނގި މި ހަމަނުޖެހުމުގެ އަސްލު ސަބަބެއް އަދި ސާފެއް ނުވެ އެވެ. ފްލައިދުބާއީން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި، ތަހުގީގު ނިމުމުގެ ކުރިން އެކި ގޮތްގޮތަށް ވާހަކަ ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މި ހާދިސާގެ ތަހުގީގު ކުރިއަށްދާތީ، އިސްރާއީލަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން އެ އެއާލައިނުން ވަނީ މެދުކަނޑާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox