ރަސްމާލެ ދޫކޮށްލުމުގައި ކަންބޮޑުވާންޖެހޭ ބިރުވެރި ކަންކަން އެބަހުރި ކަމަށް ޝެއިހު ނިޝާން ވިދާޅުވެއްޖެ

Oct 8, 2026, 12:53 PM
ޝެއިހް އާދަމް ނިޝާން: ވިދާޅުވީ ރަސްމާލެ ދޫކޮށްލުމުގެ ނަތީޖާ ގުޅެނީ އިސްލާމް ދީނާއި މިނިވަންކަން އޮތުމާއި ނެތުމަށް ކަމަށް -- ފޮޓޯ: އަދަދު

ޝެއިހް އާދަމް ނިޝާން: ވިދާޅުވީ ރަސްމާލެ ދޫކޮށްލުމުގެ ނަތީޖާ ގުޅެނީ އިސްލާމް ދީނާއި މިނިވަންކަން އޮތުމާއި ނެތުމަށް ކަމަށް -- ފޮޓޯ: އަދަދު

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލް ހިލްސްއަށް ރަސްމާލެ ތާއަބަދަށް ދޫކޮށްލަން ސަރުކާރުން ނިންމާފައިވާ ނިންމުމުގައި ކަންބޮޑުވާންޖެހޭ ބިރުވެރި ކަންކަން އެކުލެވޭ ކަމަށް ޝެއިހު އާދަމް ނިޝާން ވިދާޅުވެއްޖެ އެވެ. 

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނިޝާން ވިދާޅުވީ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ދޫކޮށްލުމުގައި " އިންތިހާއަށް ކަންބޮޑުވާ އަދި ބިރުވެރިކަން ހުރި" ކަމަށެވެ. 

"ރަސްމާލެ ތަރައްގީ ކުރުމުގެ ގޮތުން ރަސްމާލޭގެ ހިއްކިބިމުން 500 ހެކްޓަރުގެ ބިން، ޔޫއޭއީގެ މަހުޖަނު މުހައްމަދުލް އައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ކުއްޔަށް ވިއްކާލުމާ ގުޅޭ ގޮތުން ދިރާސާކޮށް ބެލިބެލުމުން، އެކަމުގައި އިންތިހާއަށް ކަންބޮޑުވާ އަދި ބިރުވެރިކަން ހުރި ކަންކަން ވަނީ ފާހަގަވެފަ،" ނިޝާން ވިދާޅުވެފައިވެ އެވެ. 

ނިޝާން ވިދާޅުވީ، ރަސްމާލެ ދޫކޮށްލުމާމެދު ވިސްނަންޖެހޭނީ ސިޔާސީ ވިސްނުން އެކަހެރި ކުރުމަށްފަހު ކަމަށެވެ. އޭނާ ވިދާޅުވީ އެ ޑީލުގެ އާހިރު ނަތީޖާ ގުޅިފައި ވަނީ "އިސްލާމްކަމާއި މި ގައުމުގެ މިނިވަންކަން" ދެމިއޮތުމާއި ގެއްލިދިޔުމުގެ މައްޗަށް ކަމަށެވެ. 

"މިއީ ހަމައެކަނި ސިޔާސީ ގޮތުން ދެކޮޅުވެގެން ނުވަތަ އެއްކޮޅުވެގެން އަޅުގަނޑުމެން ވަކިގޮތެއް ނިންމަން ޖެހޭ ކަމަކަށްވުރެ ނުރައްކާތެރިކަން ބޮޑު މައްސަލައެއް. އެހެނީ މިކަމުގެ އާހިރު ނަތީޖާ ގުޅިފައިވަނީ އަޅުގަނޑުމެން 900 އަހަރުވަންދެން ދަމަހައްޓަމުން މިއައި އިސްލާމްކަމާއި މިގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ދެމިއޮތުމާއި ގެއްލިދިއުމުގެ މައްޗަށް ކަމަށް ވާތީ،" އޭނާ ވިދާޅުވެފައިވެ އެވެ. 

އޭގެ އިތުރުން ވެސް ރަސްމާލެ ދޫކޮށްލުމުގައި ހުރި އޭނާގެ މުހިންމު ކަންބޮޑުވުންތަކެއް ނިޝާންގެ ޕޯސްޓުގައި ހިއްސާ ކުރި އެވެ. އޭގެ ތެރޭގައި ދެ ވަނަ ދަރަޖައިގެ ރައްޔިތުންނަށް ދިވެހިންވުމުގެ ބިރާއި ކާފަރުންގެ އަތްމައްޗަށް ދިވެހި ބިންތައް ގެއްލުމުގެ ބިރާއި އީގަލް ހިލްސް އާއި ޔަހޫދީންނާ ގުޅުން ބޮޑުވުމާއި ފާތަތައް އާންމުވުން ހިމެނެ އެވެ. 

"މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެނަށް ވާޖިބުވެގެންވަނީ އަޅުގަނޑުމެންގެ ދީނާއި ބިން ހިމާޔަތްކުރުން. ތަރައްގީ އާއި ތަހުޒީބު ހޯދުމުގެ ނަމުގައި އިސްލާމްދީނާއި މުސްލިމުންގެ ބިންތައް ގުރުބާން ނުކުރެވޭނެ،" ނިޝާން ވިދާޅުވި އެވެ. 

ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށެވެ. ރަސްމާލެއިން ސަރުކާރަށް ލިބެނީ، އެތަނުގައި އަޅާ އިމާރާތް ޑިވެލޮޕަރު ފުރަތަމަ ފަހަރު ވިއްކާލުމުން ލިބޭ 10 ޕަސެންޓުގެ ފީއަކާއި ގަންނަ ފަރާތުން ދައްކަންޖެހޭ ހަތަރު ޕަސެންޓުގެ ފީއެކެވެ. އެތަނުގެ އޯނާޝިޕް ޓްރާންސްފާ ކުރާ ކޮންމެ ފަހަރަކު ވެސް ހަތަރު ޕަސެންޓުގެ ފީއެއް ލިބޭނެ އެވެ. 

 ރަސްމާލެ ދޫކޮށްލީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެގްރިމެންޓު ފްރޭމްކޮށްފައި އޮތް ގޮތުން އެތަން އެއްކޮށް ގެއްލޭނެ އެވެ. ރަސްމާލެއިން ޕްރޮޕަޓީސް ގަންނަ މީހާއަށް ލިބޭ މީހާ އެތަން ވިއްކާލުމުން، އަލުން 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ. އަދި ހިބައިން ދިނަސް އަނެއްކާ 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ.

ރަސްމާލެ ހިއްކަން ފެށީ އެތަނަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް ހާއްސަކޮށް ހިއްކާ ރަށެއް ކަމަށް ބުނެ އެވެ. އަދި ރަސްމާލޭ ބޭރުގެ ބަޔަކަށް ކުއްޔަށް ވެސް ނުދެއްވާނެ ކަމަށް ސީދާ ރައީސް މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. 

"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox