ވޭގާ، ފީފާގެ ރައީސް ކަމަށް ކުރިމަތިލާން ނިންމައިފި

Oct 8, 2026, 11:33 AM
ފީފާގެ ރައީސްކަމަށް ކުރިމަތިލާން ނިންމި ސްވިޒަލެންޑްގެ ރަމޯން ވޭގާ

ފީފާގެ ރައީސްކަމަށް ކުރިމަތިލާން ނިންމި ސްވިޒަލެންޑްގެ ރަމޯން ވޭގާ

ޒިއުރިކް، ސްވިޒަލެންޑް (އޮކްޓޫބަރު 8) - އިނގިރޭސި ކްލަބްތަކަށާއި ސްވިޒަލެންޑް ގައުމީ ޓީމަށް ކުރިން ކުޅުނު ރަމޮން ވޭގާ، އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި އެ ފެޑެރޭޝަންގެ ރައީސް ކަމަށް ކުރިމަތިލާން ނިންމައި އެކަން އިއުލާނުކޮށްފި އެވެ. 

އުމުރުން 55 އަހަރުގެ ވޭގާ އަކީ ޓޮޓެންހަމް ހޮޓްސްޕާސް އާއި ސެލްޓިކް އަދި ވަޓްފޯޑުން ފާހަގަކުރެވުނު ކުޅުންތެރިއެކެވެ. ފުޓްބޯޅައިން މީގެ 22 އަހަރު ކުރިން، 2004 ވަނަ އަހަރު ރިޓަޔާވުމަށް ފަހު، ވޭގާ މަސައްކަތް ކުރަމުން އައީ ވިޔަފާރިތަކުގެ ފައިނޭންސް ސެކްޓަރުގަ އެވެ. 

ސެޕް ބްލެޓާ، 2015 ވަނަ އަަހަރު ފީފާގެ ރައީސް ކަމުން ދުރުކުރުމަށް ފަހު، ދެން އެންމެ ފުރަތަމަ ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައި، 2016 އިން ފެށިގެން ފީފާގެ ރައީސްކަން ފުރުއްވަމުން އަންނަ ޖިއާނީ އިންފަންޓީނޯ ވަނީ އަންނަ އަހަރު ބާއްވާ އިންތިހާބުގައި ހަތަރު ވަނަ ދައުރަކަށް ކުރިމަތިލާނެކަން އިއުލާނުކޮށްފަ އެވެ. މީގެ 11 އަހަރު ކުރިން ވެސް ފީފާގެ ރައީސްގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރި ވޭގާ އަކީ ފީފާ އިންތިހާބުގައި ވާދަކުރާނެކަން އިއުލާނުކުރި ދެ ވަނަ ކެންޑިޑޭޓެވެ. 

"ފުޓްބޯޅައިގެ ގުޅުން ބަދަހިކޮށް 21 ވަނަ ގަރުނު ބޭނުންވާ ހެޔޮ ބަދަލު ފުޓްބޯޅަ އަށް ގެންނަން ފީފާ އަށް އައުމަށް އަހަރެން މަސައްކަތް ފަށައިފިން،" ވޭގާ ބުންޏެވެ. 

ވޭގާ ވަނީ، މީގެ ކުރިން އިންފަންޓީނޯއާ ދެކޮޅަށް ފީފާގެ އިންތިހާބެއްގައި ވާދަކޮށްފަ އެވެ. އެކަމަކު، އެކަށީގެންވާ ސަޕޯޓް، ގައުމުތަކުގެ ފަރާތުން ލިބިފައިނުވާތީވެ، މަސައްކަތުގައި ކުރިއެރުމެއް ލިބޭގޮތެއްނުވި އެވެ. އެކަމަކު، ވޭގާ ދެކޭ ގޮތުގައި މިހާރު އޮތީ ހާލަތު ބަދަލުވެފަ އެވެ. 

"އަހަރެން މިހާރު ތައްޔާރަށް މި ހުރީ އެއީ ދިރިއުޅުގައި ކުރެވުނު މަސައްކަތާއި ހުރިހާ ކަމަކަށް ބަލާއިރު ގަބޫލުކުރެވޭ ގޮތަކީ،" ވޭގާ ބުންޏެވެ. 

ވޭގާ ބުނީ، ފުޓްބޯޅަ އަކީ މަގާމުތަކަށް އަންނަ ފަރާތްތަކާއި އެސޯސިއޭޝަންތަކާއި އެހެނިހެން ވަކިވަކި ބައެއްގެ ހައްގު އޮންނަ އެއްޗަކަށް ވުރެން މި ކުޅިވަރުގައި ޝާމިލުވާ އެންމެންގެ ހައްގު ހިމާޔަތް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި، ފީފާގައި އޭނާ މަސައްކަތްކުރާނީ، މަގާމުގެ ދިފާއުގައި ހުންނަން މަސައްކަތްކުރާ މީހަކަށް ވުރެން ހިދުމަތްތެރިއެއްގެ ގޮތުގައި ކަމަށް ވޭގާ ވަނީ ބުނެފަ އެވެ. 

އަންނަ އަހަރުގެ މާޗް މަހު ފީފާގެ އާ އިންތިހާބު އޮތްއިރު، ރަސްމީކޮށް މިހާތަނަށް ކެންޑިޑެސީ އިއުލާނުކުރެއްވީ، 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ އިންފަންޓީނޯ އާއި ވޭގާ އެވެ. ނޮވެމްބަަރު މަހު، 18 ވަނަ ދުވަހު އިންްތިހާބަށް ކުރިމަަތިލުމުގެ މުއްދަތު ހަމަވާނެ އެވެ.  ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދު ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox