ސެންކްޝަންކޮށްފައިވާ މުދާ ރަޝިޔާއަށް އެކްސްޕޯޓު ކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެ ގައުމުގެ ސަފީރު މާލެ ވަޑައިގެންފި

ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެވަން ޖަގަރީއަން އާއެކު ފޮރިން މިނިސްޓަރު، އިރުތިޝާމް އަބްދުﷲ ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެވަން ޖަގަރީއަން އާއެކު ފޮރިން މިނިސްޓަރު، އިރުތިޝާމް އަބްދުﷲ ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ފޮރިން މިނިސްޓްރީ

އެމެރިކާއިން ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގަތުމަށް ހަބެއްގެ ގޮތުގައި ދިވެހިރާއްޖެ ބޭނުން ކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެ ގައުމުގެ ސަފީރު ލެވަން ޖަގަރީއަންއާ ފޮރިން މިނިސްޓަރު، އިރުތިޝާމް އަބްދުﷲ އާ މާލޭގައި ބައްދަލު ކުރައްވައިފި އެވެ. 

ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެވަންއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމޭ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު އިރުތިޝާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތައުލީމާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރަން އެ ބައްދަލުވުމުގައި މަޝްވަރާ ކުރި އެވެ. ރަޝިޔާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ. 

Advertisement

އެ ބައްދަލުވުމުގެ އިތުރު ތަފުސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

އެމެރިކާއިން ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުގައި ހިމެނޭ މުދާ ރާއްޖެއިން ރަޝިޔާއަށް އެކްސްޕޯޓު ކުރާކަމަށް ބުނެ، އެކަން ހުއްޓުވުމަށް އެމެރިކާއިން ދިވެހިރާއްޖޭގެ ސަރުކާރުގައި އެދިފައިވާކަން ހާމަކުރީ ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއު ކުރި ތަހުގީގީ ރިޕޯޓެއްގަ އެވެ.

ސެންކްޝަން ލިސްޓުގައި ހިމެނޭ ތަކެތި ރާއްޖެއިން ރަޝިޔާއަށް އެކްސްޕޯޓު ކުރުން ހުއްޓުވަން އެމެރިކާއިން އަންގައިފި

ކަސްޓަމްސްގެ ހިސާބުތަކުން ދައްކަނީ 2022 ވަނަ އަހަރާއި 2025 އަހަރާ ދެމެދު ރާއްޖެއިން ރަޝިޔާއަށް އިމްޕޯޓް ކުރީ އެންމެ 25،00 ޑޮލަރު މަހާއި 25 ޑޮލަރުގެ ލީފްލެޓެވެ. އެކަމަކު އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އިމްޕޯޓް ޖީނިއަސްގެ ހޯދުންތަކުން އެނގޭ ގޮތުގައި 2022 ވަނަ އަހަރު އެކަނި ވެސް ރާއްޖެއިން ރަޝިޔާއަށް 630 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރި އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ސެންކްޝަން ލިސްޓުގައި ހިމެނޭ މުދާ ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް ގެންދަނީ، އެކި ގައުމުތަކުން ރާއްޖެއަށް އިމްޕޯޓު ކުރުމަށްފަހު، ހުޅުލެއިން ފުރާ އޭރޯފްލޯޓުގެ މަތިންދާބޯޓަކުންނެވެ. 

ރާއްޖެއިން ރަޝިޔާއަށް އެގޮތަށް އެކްސްޕޯޓު ކުރާ ތަކެތީގެ ތެރޭގައި މިސައިލް ގައިޑެންސް ސިސްޓަމްތަކުގައި ބޭނުން ކުރެވިދާނެ މައިކްރޯޗިޕްސް އާއި ޓްރެކިން ސެޓެލައިޓުތަކަށް ބޭނުންވާ ހާޑުވެއާ އާއި ޖެޓު ފައިޓަރު އަދި ދުރު ރާސްތާގެ މިސައިލަށް ބޭނުންވާ ދަގަނޑު ބޯލްޓު ހިމެނެ އެވެ. 

ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅުގެ ލިސްޓުގައި ހިމެނޭ މުދާ ރާއްޖެއިން ރަޝިޔާއަށް އެތެރެވާ މައްސަލައިގެ އެމެރިކާ އަދި ޔޫރަޕުން އަންނަނީ ރާއްޖެއަށް ޕްރެޝަރު ކުރަމުންނެވެ. އަދި އެ ރޫޓު ހުއްޓުވަން ދިވެހި ސަރުކާރަށް ޔޫރަޕާއި އެމެރިކާއިން އަންގާފައިވާ ކަމަށް ވެސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ. 

އެއާވޭ ބިލްތަކާއި ޝިޕިން ޑޮކިއުމެންޓް އަދި އޮފިޝަލުންގެ އިންޓަވިއުތަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއިން ރަޝިޔާއަށް މުދާ ބޭރު ކުރަނީ ލިޔެކިޔުން އޮޅުވާލައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox