ކެމިކަލް ވިއްކުމުގެ ހުއްދަ ނަގައި، ސްޓޯކުރާ ތަން ރަޖިސްޓްރީކުރަން އިތުރު ފުރުސަތެއް

ކެމިކަލް ގުދަނެއްގައި މީގެކުރިން ރޯވުން -- ފޮޓޯ: އަދަދު ފައިލް

ކެމިކަލް ގުދަނެއްގައި މީގެކުރިން ރޯވުން -- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކާ ފަރާތްތަކުން އެ ކެމިކަލްތައް ވިއްކުމަށް "ކެމިކަލް ވިއްކުމުގެ ހުއްދަ" ނެގުމަށާއި ނުރައްކާތެރި ކެމިކަލް ވިއްކުމަށްޓަކައި އެ ކެމިކަލްތައް ސްޓޯކުރާ ނުވަތަ ބަހައްޓާ ތަންތަން މަކުޑި ޕޯޓަލް ގައި ރަޖިސްޓްރީކުރުމަށް އިތުރު ފުރުސަތެއް ދީފި އެވެ. 

ޑިފެންސް މިނިސްޓްރީން ބުނީ ކެމިކަލް ވިއްކުމުގެ ހުއްދަ ނެގުމަށާއި ކެމިކަލް ސްޓޯކުރާ ތަން މަކުޑި ޕޯޓަލްގައި ރަޖިސްޓްރީކުރަން ދިން މުއްދަތު ހަމަވިއިރު ހުއްދަ ނަގައި ރަޖިސްޓްރީތައް ހަދާފައިވަނީ މަދު ކުންފުނިތަކުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

މިގޮތުން ރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކާ ފަރާތްތަކުން ކެމިކަލް ވިއްކުމުގެ ހުއްދަ ނެގުމަަށާއި އެ ކެމިކަލްތައް ވިއްކުމަށް ސްޓޯކުރާ ތަންތަން މަކުޑި ޕޯޓަލްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު މިއަދުން ފެށިގެން އެއް މަސް ދުވަހަށް އިތުރުކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

Advertisement

މީގެއިތުރުން މިނިސްޓްރީން ބުނީ އެއް މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް ކެމިކަލް ވިއްކަމުންދާ ފަރާތްތަކާމެދު ނުރައްކާތެރި ކެމިކަލާ ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅައި، އެ ފަރާތްތަކަށް ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެކުރުމުގެ ހުއްދަ އިތުރަށް ދެވެން ނޯންނާނެ ކަމަށެވެ.

ނުރައްކާތެރި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަން ކުރުމުގައި އަމަލު ކުރަން ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުލކުރޭތޯ ބަލައި މީހުން ހޭލުންތެރި ކުރަން، ހާއްސަ މަސައްކަތްތަކެއް ޑިފެންސް މިނިސްޓްރީން ކުރިއަށް ގެންދެ އެވެ. 

ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށްޓަކައި، ވުޒާރާއަށް ފެނިއްޖެ ހިނދެއްގައި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox