13 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ފްރާންސް މޮޅުވިޔަސް ޒިދާންގެ ހިތެއް ނުފުރުނު

Oct 6, 2026, 9:24 AM
ފްރާންސްގެ ކޯޗު ޒިނެދިން ޒިދާން

ފްރާންސްގެ ކޯޗު ޒިނެދިން ޒިދާން

ޕެރިސް (އޮކްޓޫބަރު 6) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ބެލްޖިއަމް ކައިރީގައި ފްރާންސް އިން 13 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައިގެން، ފަހަތުން އަރައި 4-1 އިން މޮޅުވި ނަމަވެސް މެޗުން ފެނުނު ކަންތައްތަކަށް ބަލާއިރު ރަނގަޅުކުރެވޭނެ ކަންކަން ގިނަ ކަމަށް ފްރާންސްގެ ކޯޗު، ޒިނެދިން ޒިދާން ވަނީ ބުނެފަ އެވެ. 

މިއީ، ޒިދާންގެ ކޯޗުކަމުގައި ފްރާންސުން އަމިއްލަ ގައުމުގައި މޮޅެއް ހޯދި ފުރަތަމަ މެޗެެވެ. 

ސާދަ އަހަރަށް ފަހު، ޑިޑިއޭ ޑެޝޯމްޕްސް، ފްރާންސް ކޯޗުކަމުން ވަކިވިއިރު، ޒިދާން އެ ޓީމާ ހަވާލުވެ ނުކުތް ފުރަތަމަ ދެ މެޗުން، ޔުއެފާ ނޭޝަންސް ލީގުގައި ވަނީ ތުރުކީ އާއި ބެލްޖިއަމް އަތުން 1-0 އިން މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި ފްރާންސުން އެންމެ ފަހުން ކުޅުނު މެޗުގައި އިޓަލީއާ އެއްވަރުވީ 1-1 އިންނެވެ. އެކަމަކު، މާކް ވެން ބޮމެލްގެ ކޯޗުކަމުގައި ކުޅޭ ބެލްޖިއަމް ކައިރިން ނަތީޖާ ނެރުމުގައި ފްރާންސުން މެޗު ނިންމީ ވަރުގަދަ ކޮށެެެވެ. 

ޕެރިހުގައި ރޭ ކުޅުނު މެޗުގައި ބެލްޖިއަމް އިން ފުރަތަމަ ހާފުގައި ލީޑުނެގީ، 35 ވަނަ މިނިޓްގައި ޑޯޑީ ލުކެބާކިއޯ ޖެހި ގޯލުންނެވެ. ފްރާންސަށް އެއްވަރުކޮށްދިނީ 77 ވަނަ މިނިޓްގައި ޑެޒީރޭ ޑޫއޭ އެވެ. އޭގެ ތިން މިނިޓް ފަހުން، ރަޔާން ޗާކީ ވަނީ ފްރާންސަށް ކުރިހޯދައިދީފަ އެވެ. އަދި، ފްރާންސުން ތިން ޕޮއިންޓް ޔަގީންކުރި ލަނޑުތައް ޖެހީ ތަފާތު ފޯމެއްގައި ހުރި އޮލީސޭ އެވެ. 

"ވަރަށް ރަނގަޅު މޮޅެއް. ފުޓްބޯޅަ އަށް ފޯރި ހުންނަ މީހުން ވެސް ގަޔާވާނެ މެޗެއް. އަހަރެން ވެސް ހިތްހަމަޖެހޭ ކަންތައްތަކެއް އެބަހުރި. އެކަމަކު ކޯޗެއްގެ ގޮތުގައި ހުރިއިރު ފާހަގަވި ކަމަކީ މި ޓީމު އިތުރަށް ރަނގަޅުކުރަންޏާ ކުރަން ޖެހޭ ކަންކަން،" ޒިދާން ބުންޏެެވެ.

ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް އެކެއްގެ ކުރީގައި ފްރާންސް އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތީ ރޮބާޓޯ މަންޗިނީ ރަނގަޅު މަސައްކަތެއް ކުރަމުން އަންނަ އިޓަލީ އެވެ. އެ ޓީމަށް ހަތަރު މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި، ތިން ވަނައިގައި ބެލްޖިއަމް އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތްް ވިންޗެންޒޯ މޮންޓެލާ ކޯޗުކޮށްދޭ ތުރުކީ ވަނީ ކުުޅުނު ހަަތަރު މެޗުން ވެސް ބަލިވެފަ އެވެ. 

ތުރުކީ އަތަުން ރޭ އިޓަލީ މޮޅުވެފައިވަނީ، 3-1 އިންނެވެ. އިޓަލީގެ ލަނޑުތައް ޖެހީ ޖިއަންލޫކާ ސްކަމާކާ، ރިކާޑޯ ކަލަފިއޯރީ އަދި ޕިއޯ އެސްޕޮސީޓޯ އެވެ. ތުރުކީގެ ހަމައެކަނި ލަނޑު ޖެހީ އަރަލް ސިމްސީރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox