ފްރާންސާ އެކު ޒިދާންގެ ކާމިޔާބު ފެށުން އިޓަލީއާ ޖެހި ހުއްޓުމަކަށް

Oct 3, 2026, 7:03 AM
އިޓަލީގެ ކުޅުންތެރިން ރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.

އިޓަލީގެ ކުޅުންތެރިން ރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.

ޕެރިސް (އޮކްޓޫބަރު 3) - ފްރާންސް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ޒިނެދިން ޒިދާން ހަވާލުވި ފަހުން އެ ޓީމުން ފުރަތަމަ ފަހަރަށް މެޗަކުން މޮޅެއް ނުލިބި ނިންމާލަން ޖެހިއްޖެ އެވެ.

ސާދަ އަހަރަށް ފަހު، ޑިޑިއޭ ޑެޝޯމްޕްސް، ފްރާންސް ކޯޗުކަމުން ވަކިވިއިރު، ޒިދާން އެ ޓީމާ ހަވާލުވެ ނުކުތް ފުރަތަމަ ދެ މެޗުން، ޔުއެފާ ނޭޝަންސް ލީގުގައި ވަނީ ތުރުކީ އާއި ބެލްޖިއަމް އަތުން 1-0 އިން މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި ފްރާންސުން ރޭ ކުޅުނު މެޗުގައި އިޓަލީއާ އެއްވަރުވީ 1-1 އިންނެވެ. 

ޕެރިހުގައި ރޭ ކުޅުނު މެޗުގައި ފްރާންސް އިން ފޮނުވާލި ގިނަ ހަމަލާތައް އިޓަލީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަަރުންމާ ވަނީ ހުއްޓުވައިފަ އެވެ. ފްރާންސް އިން މި މެޗުގައި ލީޑުނެގީ 55 ވަނަ މިނިޓްގައި މައިކަލް އޮލީސޭ ޖެހި ގޯލުންނެވެ. މިއީ، ހިލޭޖެހުމަކުން ރަޔާން ޗާކީ ޖައްސާލި ބޯޅައަކުން އޮލީސޭ ޖެހި ގޯލެކެވެ. މި އަހަރު ފެށި ފަހުން ފްރާންސް އިން ކުޅުނު 15 މެޗުން އޮލީސޭ ވަނީ 14 ލަނޑު ޖަހައިފަ އެވެ. 

އިޓަލީން ފުރަތަމަ ހާފުގައި މޮއިސް ކީން ޖެހި ގޯލެއް ވަނީ އޮފްސައިޑްވެފަ އެވެ. ދެ ވަނަ ހާފުގައި، މެޗުގެ 68 ވަނަ މިނިޓްގައި އެ ޓީމުން އެއްވަރުކުރީ އަލެސަންޑްރޯ ބަސްޓޯނީ ޖެހި ގޯލުންނެވެ. ބަސްޓޯނީ މި ލަނޑު ޖެހީ ފްރާންސް މެދުތެރެއިން ހެދި ގޯހަކުންނެވެ. 

ފްރާންސްގެ އެޑުއާޑޯ ކަމަވިންގާ ފޮނުވާލި ޝޮޓެއް ޑޮނަރުންމާ މަތަކުރިއިރު، އޮސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އަދި، އިޓަލީގެ ނިކޯލޯ ބަރޭލާގެ ހަމަލާއެއް ވެސް ގޯލާ ސީދާނުވި އެވެ. 

މެޗުގެ 85 ވަނަ މިނިޓްގައި ފްރާންސްގެ ޑަޔޫޓް އުޕަމެކާނޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ވަނީ ރަތެއް ދައްކަައިފަ އެވެ. 

އިޓަލީ ކޯޗުކަމާ ދެ ވަނަ ފަހަރު ހަވާލުވި ރޮބާޓޯ މަންޗިނީގެ ކޯޗުކަމުގައި ފުރަތަމަ މެޗުން އެ ޓީމު ބެލްޖިއަމް އަތުން ބަލިވި ނަމަވެސް ދެ ވަަނަ މެޗުގައި ވަނީ ތުރުކީ ބަލިކޮށްފަ އެެވެ. އަދި، ތިން ވަނަ މެޗުން މި ވަނީ ފްރާންސް ދަނޑުގައި އެ ޓީމާ އެއްވަރުވެފަ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބުރުގެ އައްޔަ ފުރަތަމަ ފަހަރަށް ސީނިއާ ގައުމީ ޓީމަށް

ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ފުރަތަމަ ފަހަރަށް ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ޖާގަ ހޯދައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް 23 ކުޅުންތެރިންގެ ސްކޮޑު މިއަދު އިންޑޮނޭޝިއާ އަށް ފުރާފައިވާއިރު، އަނިޔާގެ ސަބަބުން ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ނުހިމެނޭ

ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ތަށި ދޮންފަނަށް

ބ. ދަރަވަންދޫ ކައުންސިލުން ބޭއްވި "ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ" ގެ ފައިނަލުގައި ދަ ނޮޓިލަސް 5-0 އިން ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބ. ދޮންފަނުން ހޯދައިފި އަށް ޓީމު ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދޮންފަނު ޓީމުގެ އީރާނު ކުޅުންތެރިޔާ މޮހޮސިން މޮންތާޒެމީ ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިސްމާއިލް ރަޝީދު

އެޗްޑީސީ ކަޓުވާލައި ގައުމީ ވޮލީ ފައިނަލް ފަހު ޖާގަ ޕޮލިހަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީ ފައިނަލުގައި ކްލަބް އެޗްޑީސީ 3-1 ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި ޕޮލިސް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ

ބަޔާން މޮޅުވިއިރު ކޮމްޕެނީ އަށް އޮތް ލޯބި ދައްކާލައިފި

ޖަރުމަނު ލީގުގައި ރޭ ފްރައިބާގް އަތުން ބަޔާން މިއުނިކް 3-1 އިން މޮޅުވިއިރު، ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ސަޕޯޓަރުން ވަނީ ހެޔޮއެދުންތަކުގެ ބެނާއެއް ދައްކާލާފައި. އެސިސްޓަންޓް ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ބަޔާންގެ ލަނޑުތައް ޖަހައިދިނީ އުޕަމެކާނޯ އާއި ގްނަބްރީގެ އިތުރުން އޮލީސޭ

އެމްބާޕޭގެ ލަނޑުތަކުން ރެއާލުން ބާސެލޯނާ ބަލިކޮށްފި

ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑުން ރެއާލް މެޑްރިޑުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށްފި. މި މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ރަފީނިއާ ޖަހައިދިންއިރު، މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

Newsletter

Get the latest news delivered straight to your inbox