އޮލީސޭ ފްރާންސް މޮޅުކޮށްދިންއިރު، އިޓަލީން ތުރުކީ ބަލިކޮށްފި

Sep 29, 2026, 9:04 AM
ބެލްޖިއަމް ކޮޅަށް ލަނޑު ޖެހުމަށް ފަހު ފްރާންސްގެ އޮލީސޭ އުފާފާޅުކުރަނީ.

ބެލްޖިއަމް ކޮޅަށް ލަނޑު ޖެހުމަށް ފަހު ފްރާންސްގެ އޮލީސޭ އުފާފާޅުކުރަނީ.

ބްރުސެލްސް، ބެލްޖިއަމް (ސެޕްޓެމްބަރު 29) - ޔުއެފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް އެކެއްގައި ރޭ މައިކަލް އޮލީސޭގެ ގޯލުން ފްރާންސް އިން 1-0 އިން ބެލްޖިއަމް ބަލިކުރިއިރު، ތުރުކީގެ މައްޗަށް 4-1 އިން އިޓަލީން ކުރިހޯދައިފި އެވެ. 

ޑިޑިއޭ ޑެޝޯމްޕްސް، 14 އަހަރަށް ފަހު ފްރާންސް ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލިއިރު، ދެން އެ ޓީމާ ހަވާލުވީ އޭނާއާ އެކު، ފްރާންސް ގައުމީ ޓީމަށް ކުރިން ކުޅުނު ޒިނެދިން ޒިދާން އެެވެ. ޒިދާންގެ ކޯޗުކަމުގައި ފްރާންސް އިން ކުޅުނު ފުރަތަމަ މެޗުގައި އެއް ގޯލުގެ ފަރަގަކުން ތުރުކީ ބަލިކުރިއިރު، އެ މެޗުގައި ލަނޑު ޖެހި ކީލިއަން އެމްބާޕޭ އަށް އަނިޔާވެގެން، ރޭ ބެލްޖިއަމްއާ ދެކޮޅަށް ނުކުޅެ އެވެ. 

ބެލްޖިއަމް ދަނޑުގައި ރޭ ފްރާންސް އިން ގިނަ ބަދަލުތަކާ އެކު ކުޅުނުއިރު، ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑު ޖަހައިދޭން ޑެޒީރޭ ޑޫއޭ ފޮނުވާލި ހަމަލާތައް ބެލްޖިއަމްގެ ކީޕަރު، ސެން ލަމެންސް ވަނީ މަތަކޮށްފަ އެވެ. ފްރާންސް ކޮޅަށް ލަނޑު ޖަހަން ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ އާއި ޗާލްސް ޑި ކަޓަލާރޭ ފޮނުވާލި ހަމަލާތައް ކާމިޔާބުވާ ގޮތެއްނުވި އެވެ. 

Advertisement

މެޗުން ފްރާންސް މޮޅުވީ، ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް، އޮލީސޭ ޖެހި އިންޑިވިޖުއަލީ މޮޅު ގޯލުންެނެވެ. އަމިއްލަ ހާފުގެ ތެރެއިން ހިފައިގެން އައި ބޯޅަ އޮލީސޭ ވަނީ ހަމަޖެހިލައިފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ. 

އިޓަލީގެ ކޯޗުކަމާ ރޮބާޓޯ މަންޗިނީ އެނބުރި އައިސް އަލުން ހަވާލުވެ، ނުކުތް ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން ވަނީ ބަލިވެފަ އެވެ. އެކަަމަކު، އިޓަލީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ވިންޗެންޒޯ މޮންޓެލާ ކޯޗުކޮށްދޭ ތުރުކީ ކައިރީގައި އިޓަލީ ފެނުނީ ވަރުގަދަ ކޮށެވެ. 

ރޭ ބުރްސާގައި ކުޅުނު މެޗުގައި، އިޓަލީން ވަނީ 27 މިނިޓް ތެރޭ ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. އިޓަލީގެ ފުރަތަމަ ލަނޑު ނުވަ ވަނަ މިނިޓްގައި ޖެހީ އަލެސަންދްރޯ ބަސްޓޯނީ އެވެ. މެޗުގެ 22 ވަނަ މިނިޓްގައި، ޑާވިޑޭ ފްްރަޓޭސީ ވަނީ އިޓަލީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އަދި، އޭގެ ފަސް މިނިޓް ފަހުން، މައިކަލް ކަޔޯޑޭ ވަނީ އިޓަލީގެ ތިން ވަނަ ލަނޑެއް ކާމިޔާބުކޮށްދީފަ އެެވެ. 

މެޗުގައި ތުރުކީން ޖެހި ހަމައެކަނި ލަނޑު ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ކާމިޔާބުކުރި އެެވެ. މި ލަނޑު ޖެހީ، ބަރިސް ޔިލްމާޒް އެވެ. އެހެން ނަަމަވެސް ތުރުކީން ލަނޑެއް ޖަހައި އުންމީދެއް ހޯދިތާ ތިން މިނިޓް ފަހުން، މެޗުގެ 50 ވަނަ މިނިޓްގައި ޕިއޯ އެސްޕޮސީޓޯ ވަނީ އިޓަލީގެ ހަތަރު ވަނަ ލަނޑު ޖަހައި، އަލުން ތިން ގޯލުގެ ލީޑުނަގައިދީފަ އެވެ. 

މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ދެން އޮތް މެޗުތަކުގައި، ހުކުރު ދުވަހުގެރޭ، ބެލްޖިއަމުން ތުރުކީއާ ކުޅޭނެ އެެވެ. އަދި، ފްރާންސް އިން އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ އިޓަލީއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox