ކްރޮއޭޝިއާ އަތުން އިންގްލެންޑަށް ހަތް ގޯލުގެ މޮޅެއް؛ ފަސް ރެކޯޑެއް!

Oct 4, 2026, 2:05 PM
އިންގްލެންޑްގެ ބެލިންހަމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

އިންގްލެންޑްގެ ބެލިންހަމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ޒަގްރެބް، ކްރޮއޭޝިއާ (އޮކްޓޫބަރު 4) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ރަށުންބޭރުގައި ކުޅެގެން ކްރޮއޭޝިއާ އަތުން އިންގްލެންޑުން 7-0 އިން މޮޅުވިއިރު، މި މެޗުގައި ހަތް ރެކޯޑެއް ވަނީ ގާއިމްކޮށްފަ އެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި އަހަރުގެ ޖޫން/ޖުލައި މަހު ބޭއްވި ފީފާ ވޯލްޑް ކަޕްގައި އިންގްލެންޑުން 4-2 އިން ކްރޮއޭޝިއާ އަތުން މޮޅުވިއިރު، ރޭ، ކްރޮއޭޝިއާގައި ކުޅެ، އެ ޓީމު އަތުން ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ކުޅޭ އިންގްލެންޑުން ހޯދީ ހާއްސަ ނަތީޖާ އެކެވެ. 

ކްރޮއޭޝިއާ ކޮޅަށް އިންގްލެންޑްގެ ލަނޑުތައް ޖެހީ ހެރީ ކޭން އާއި ބުކާޔޯ ސަކާ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި ޖޫޑް ބެލިންހަމް، އެންތަނީ ގޯޑަން އަދި މޯގަން ރޮޖާސް އެވެ. ބެލިންހަމް ވަނީ މި މެޗުގައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

މި މެޗުގެ ނަތީޖާ އަށް ބަލާއިރު، އިންގްލެންޑުން ވަނީ ފަސް ރެކޯޑެއް ގާއިމްކޮށްފަ އެވެ. އެ ގޮތުން، މިއީ، ދުނިޔޭގެ ފުޓްބޯޅައިގެ ރޭންކިންގެ ގަދަ 50 ތެރޭގައި އޮތް ޓީމެއް އަތުން އިންގްލެންޑްގެ އެންމެ ބޮޑު މޮޅެވެ. އެންމެ ފަހުން، ގަދަ 50 ތެރޭގައި އޮތް ޓީމެއް އަތުން އިންގްލެންޑް ހޯދި އެންމެ ބޮޑު މޮޅަކީ، 1882 ވަނަ އަހަރު ނޮދަން އަޔަލެންޑް އަތުން 13-0 އިން މޮޅުވި މެޗެވެ. 

ފީފާ ވޯލްޑް ކަޕްގެ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި މުބާރާތުގެ ފައިނަލުގައި ކުޅެ، ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ކްރޮއޭޝިއާ ކޮޅަށް އަމިއްލަ ގައުމުގައި ފުރަތަމަ ފަހަަރަށް 7 ގޯލު ވަންއިރު، މިއީ، އެ ޓީމު ކޮޅަށް ފަސް ގޯލު ވެސް ޓީމަކުން ޖެހި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2008 ވަނަ އަހަރު އިންގްލެންޑުން ވަނީ، ކްރޮއޭޝިއާގައި 4-1 އިން މޮޅުވެފަ އެވެ. 

އަނެއްކޮޅުން، އިންގްލެންޑްގެ ބެލިންހަމް އަކީ 1993 ވަނަ އަހަރަށް ފަހު، އިންގްލެންޑްގެ އެއް މެޗެއްގައި ހަތަރު ގޯލުގައި ހިއްސާ އޮތް ފުރަތަމަ މިޑްފީލްޑް ކުޅުންތެރިޔާ އެވެ. މީގެ ކުރިން، އެކަން ހާސިލްކުރީ 1993 ވަނަ އަހަރު ޑޭޭވިޑް ޕްލަޓް އެވެ. އެއީ، ސެން މެރީނޯ ކޮޅަށް ހަތަރު ގޯލު ޖަހައިގެންނެވެ. ރޭ ބެލިންހަމް ވަނީ އެއް ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.

އިންގްލެންޑްގެ ކެޕްޓަން، ކޭން އަކީ އެ ޓީމަށް ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް އޮތް ކުޅުންތެރިއެކެވެ. ރޭގެ މެޗުގައި ޖެހި ލަނޑުތަކާ އެކު، ކޭން މި ވަނީ ތިން ކަލަންޑަރު އަހަރުގައި އިންގްލެންޑަށް 10 ގޯލަށް ވުރެން އިތުރަށް ޖަހައިފަ އެެވެ. މީގެ ކުރިން، 2019 ގައި 12 ގޯލު ޖެހިއިރު، 2021 ގައި 16 ގޯލު ޖެހި އެވެ. 

ރޭގެ މެޗުގައި އިންގްލެންޑްގެ މިޑްފީލްޑަރު، އެލިއަޓް އެންޑަސަން ވަނީ ގައުމީ ޓީމަށް 20 ވަނަ މެޗު ކުޅެފަ އެވެ. އޭނާ އަކީ، އިންގްލެންޑަށް އެންމެ އަވަހަށް އެ އަދަދު ހަމަ ކުރި ކުޅުންތެރިޔާ އެެވެ. އިންގްލެންޑް ގައުމީ ޓީމަށް ކުޅެން ފެށީތާ ގާތްގަނޑަކަށް 392 ދުވަސް ތެރޭ އެންޑަސަން މި ވަނީ 20 މެޗު ހަމަކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox