ރޮނާލްޑޯ ނުލައި ޕޯޗުގަލް އިން ޑެންމާކް ބަލިކޮށްފި

Oct 2, 2026, 9:00 AM
ރޭގެ މެޗުގައި ޑެންމާކް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޕޯޗުގަލް އިން އުފާފާޅުކުރަނީ.

ރޭގެ މެޗުގައި ޑެންމާކް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޕޯޗުގަލް އިން އުފާފާޅުކުރަނީ.

ކޯޕެންހާގެން، ޑެންމާކް (އޮކްޓޫބަރު 2) - ޕޯޗުގަލް އިން އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ރޭ ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުން ޑެންމާކް އަތުން 4-2 އިން މޮޅުވެއްޖެ އެވެ. 

މި ފަހަރުގެ ނޭޝަންސް ލީގުގައި ޕޯޗުގަލް އިން ކުޅުނު ފުރަތަމަ މެޗުގައި ވޭލްސްއާ ދެކޮޅަށް ރޮނާލްޑޯ ވަނީ ކުޅެފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި ނޯވޭއާ ދެކޮޅަށް ރޮނާލްޑޯ އަށް އެއްވެސް ވަގުތެއްގައި ކުޅެން ފުރުސަތު ނުލިބޭއިރު، ކުޅެން އެރުމަށްޓަކައި، 20-30 މިނިޓް އޭނާ ވޯމްއަޕް ކުރި އެވެ. ކަންކަން މިހެން ދިމާވެފައި އޮއްވައި، ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ކޯޗު، ޖޯޖް ޖީސޫސް އާއި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސް، ޕެޑްރޯ ޕްރޮެންކާއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޓީމުގެ ކޭމްޕް ދޫކޮށްލައިފަ އެވެ. 

ކޯޗާ މައްސަލަ ޖެހި ރޮނާލްޑޯ ޕޯޗުގަލް ކޭމްޕް ދޫކޮށްލައިފި

ޕޯޗުގަލްގެ އެންމެ ފަހު މެޗުގައި ކުޅުމުގެ ފުރުސަތު ނުލިބުމުން ހިތްހަމަނުޖެހުން ފާޅުކުރުމަށްފަހު، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލަން ނިންމައިފި. ކޯޗު ޖޯޖް ޖީސޫސްއާ ދެމެދުގައި މައްސަލައެއް ނެތް ކަމަށް ބުނި ނަމަވެސް، ރޮނާލްޑޯ ބުނީ މި ނިންމުން ނިންމީ ކޯޗާއި ފެޑެރޭޝަނާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު ކަމަށް

ރޮނާލްޑޯގެ ހަތް ނަމްބަރު ޖޯޒީގައި ރޭ ޑެންމާކާ ދެކޮޅަށް ރަފައެލް ލެއާއޯ ކުޅުނުއިރު، ޕޯޗުގަލް އިން ވަނީ 13 މިނިޓް ތެރޭ ޖޮއާއޯ ކަންސެލޯ ޖެހި ލަނޑުން ލީޑުނަގައިފަ އެވެ.

Advertisement

އެކަމަކު، މެޗުގެ 23 ވަނަ މިނިޓްގައި މިކެލް ޑަމްސްގާޑް ވަނީ ޑެންމާކަށް އެއްވަރުކޮށްދީފަ އެވެ. ނަތީޖާ ހަމަހަމަކޮށް ދެ މިނިޓް އޮތްއިރު، މެޗުގެ 25 ވަނަ މިނިޓްގައި ގޮންޒާލޯ ރާމޯސް ވަނީ ޕޯޗުގަލްގެ ދެ ދެވަނަ ލަނޑު ޖަހައި، އެ ޓީމަށް އަލުން ލީޑުނަގައިދީފަ އެވެ. 

ރޭގެ މެޗުގައި ޑެންމާކް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޕޯޗުގަލް އިން އުފާފާޅުކުރަނީ.
ރޭގެ މެޗުގައި ޑެންމާކް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޕޯޗުގަލް އިން އުފާފާޅުކުރަނީ.

ދެ ވަނަ ހާފުގައި ކުޅެން އަރައި، އަށް މިނިޓް ތެރޭ ރަސްމުސް ހޮއިލުންޑް ޖެހި ލަނޑުން ޑެންމާކުން އެއްވަރުކުރި ނަމަވެސް، އޭގެ ފަހުން ދެ ލަނޑުޖަހައި ޕޯޗުގަލް މެޗުން މޮޅުވި އެވެ. މި ލަނޑުތައް ޖެހީ ވިޓީނިއާ އާއި ޖޮއާއޯ ފެލިކްސް އެވެ.  

މެޗަށް ފަހު، ޕޯޗުގަލްގެ ކޯޗު ޖީސޫސް އާއި އެ ޓީމުގެ ކުޅުންތެރިންނަށް ރޮނާލްޑޯއާ ގުޅުވައިގެން ގިނަ ސުވާލުތަކެއް އަމާޒުވި އެވެ. ޖީސޫސް ވަނީ ރަނގަޅު ވަގުތުތައް ޖެހުމުން ރޮނާލްޑޯއާ އެކު ކުރިއަށްދިޔަ ވާހަކަތައް މީޑިއާއާ ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ.

"ދެން އޮތް މެޗަށް ފަހު، މީޑިއާގައި މި ހުރި އޮޅުންތައް ސާފުކޮށްދޭނަން. އަހަރެން ފޮރުވަންޖެހޭ ކަމެއް ނެތް،" ޖީސޫސް ބުންޏެވެ. 

ޕޯޗުގަލްގެ ފޯވާޑް ރާމޯސް ވަނީ ރޮނާލްޑޯ އާއި މެނޭޖްމަންޓްގެ ދެމެދުގައި އެ ހިނގި ކަންތައްތަކުގެ ސަބަބުން ޓީމަށް އަސަރެއް ނުކުރާ ކަމަށެވެ. އަދި، އުންމީދަކީ އެ ދިމާވި މައްސަލަތަކެއް ވީ އެންމެ އަވަހަށް ހައްލުވުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. 

ޕޯޗުގަލް އާއި ޑެންމާކް ހިމެނޭ ނޭޝަންސް ލީގުގެ ލީގު އޭގެ ހަތަރު ވަނަ ގްރޫޕްގައި ދެން އޮތީ ވޭލްސް އާއި ނޯވޭ އެެވެ. ފުރަތަމަ ދެ މެޗުން ބަލިވި ވޭލްސް ވަނީ ރޭ ނޯވޭ އަތުން 2-1 އިން ކުރިހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox