އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމް: ކީނޯޓް ސްޕީކަރަކަށް މަޝްހޫރު ސްޓްރެޓީޖިސްޓް ކިރުބާ ޝަންކަރު

Oct 6, 2026, 6:32 AM
ގެސްޓްހައުސް ސިމްޕޯޒިއަމްގެ ކީނޯޓް ސްޕީކަރުގެ ގޮތުގައި ހަމަޖައްސާފައިވާ ކިރުބާ ޝަންކަރު

ގެސްޓްހައުސް ސިމްޕޯޒިއަމްގެ ކީނޯޓް ސްޕީކަރުގެ ގޮތުގައި ހަމަޖައްސާފައިވާ ކިރުބާ ޝަންކަރު

މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ "އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމް 2026" ގެ ޝަރަފުވެރި ކީނޯޓް ސްޕީކަރެއްގެ ގޮތުގައި، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ޕްރޮފެޝަނަލް ސްޕީކަރ އަދި އޮންލައިން ބިޒްނަސް ސްޓްރެޓީޖިސްޓް ކިރުބާ ޝަންކަރު ހަމަޖައްސައިފި އެވެ.

ދުނިޔޭގެ 24 ގައުމެއްގައި 700 އަށް ވުރެ ގިނަ ތަގުރީރު ދެއްވާފައިވާ ކިރުބާއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ޑިޖިޓަލް ޓްރާންސްފޮމޭޝަން، އޮންލައިން ރެޕިއުޓޭޝަން މެނޭޖްމަންޓް އަދި ވިޔަފާރި ކުރިއެރުވުމުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އޭނާއަކީ ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަން އޮފް އިންޑިޔާގެ ފައުންޑަރ އަދި ފައުންޑިން ޕްރެޒިޑެންޓް ވެސް މެއެވެ. ކިރުބާގެ ވާހަކަދެއްކުމުގެ ހުނަރުން، ވިޔަފާރީގެ އަމަލީ މައިދާނާ ގުޅޭ، ފަސޭހައިން ވިސްނޭ ކަންތައްތައް ހިމަނައިގެން، އުނދަގޫ ބޮޑެތި ހިޔާލުތައްވެސް އަމަލީ ގޮތުން ބޭނުންހިފޭ ފަދަ ފަސޭހަ މައުލޫމާތަކަށް ބަދަލުކޮށްލަދެ އެވެ.

ސިމްޕޯސިއަމްގެ މައިގަނޑު މައުޟޫއުތައް

މި އޮކްޓޯބަރު 15 ވަނަ ދުވަހު ބާސެލޯ ނަސަންދުރާގައި ބާއްވާ މި ސިމްޕޯސިއަމްގައި ކިރުބާ ދެއްވާ ކީނޯޓް ބިނާވެފައިވާނީ ގެސްޓްހައުސް ސިނާއަތަށް އަންނަމުންދާ ބަދަލުތަކަށެވެ. އަދި ޑިޖިޓަލްވެ ވާދަވެރިވަމުންދާ މާހައުލެއްގައި ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ޒަމާނީ ބަދަލުތަކަށް އަހުލުވެރިވުމާއި، އީޖާދީ ގޮތްތައް ހޯދުން އަދި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ވިސްނުންތަކާއި އަމަލީ އިރުޝާދުތައް ކިރުބާ ހިއްސާކުރާނެ ކަމަށް އެމްއައިބީން ބުންޏެވެ. 

މި ސިމްޕޯސިއަމްގައި ރާއްޖޭގެ ގެސްޓްހައުސްތަކުގެ ވެރިންނާއި، އޮޕަރޭޓަރުން އަދި ސިނާއަތާ ގުޅުންހުރި އެކި ފަރާތްތައް ބައިވެރިވެ، ހިޔާލު ބަދަލުކޮށް، ގުޅުން ބަދަހިކޮށް، ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ މެދު މުހިންމު މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިރުބާގެ މި ކީނޯޓް ވެގެންދާނީ، ހިޔާލުތައް އަމަލަށް ބަދަލުކޮށް، އިތުބާރާއެކު ވިޔަފާރިތައް ކުރިއެރުވުމަށް ވިޔަފާރިވެރިންނަށް ލިބިގެންދާނެ ބޮޑު ހިތްވަރަކަށް ކަމަށް އެމްއައިބީން ދެކެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox