އެމްއައިބީން 9 މިލިއަން ރުފިޔާއަށް ކުދިމަގޫގެ ވިއްކާލަނީ

Sep 23, 2026, 5:39 PM
MIB. -- Photo: Adhadhu

MIB. -- Photo: Adhadhu

މއ. ކުދިމަގޫގެ ނުވަ މިލިއަން ރުފިޔާއަށް ނީލަމުގައި ވިއްކާލުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

ބިމުގެ ޑިމާންޑް އިންތިހާއަށް ބޮޑު، ވެރިރަށް މާލޭގައި ހުންނަ މއ. ކުދިމަގޫގެއަކީ 830 އަކަފޫޓުގެ ބިމެކެވެ. އެމްއައިބީން ބުނީ  އެ ގެ ވިއްކަން ނީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 28، ގެ މެންދުރުފަހު 13:00 ކަމަށެވެ.

ނީލަން ފެށޭ އަގެއްގެ ގޮތުގައި އެމްއައިބީގެ އިއުލާނުގައި ބުނެފައި ވަނީ  9,650,000ރ. ( ނުވަ މިލިއަން ހަ ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ އެވެ.

މުއްދަތު ހަމަވާ ތާރީހާ ހަމައަށް ނީލަމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެ ވަގުތު އެތަނަށް ހާޒިރުވެ ތިބި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިއުލާން ކުރެވޭނެކަމަށް އެ ބޭންކުން ބުންޏެވެ.

އެމްއައިބީއިން ބުނީ ނީލަން ފެށޭ އަގަށް ވުރެން ބޮޑު އަގެއް ހުށަހެޅުމަށް، މަދުވެގެން ފަސް ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. މި ނީލަމުގައި ބައިވެރިވުމަށް އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމްއައިބީގެ ނަންބަރު  3011138 އާ ގުޅުމަށް ނުވަތަ auction@mib.com.mv އީމެއިލް މެދުވެރިކޮށް މުއާމަލާތްކުރުމަށް އެމްއައިބީން އިރުޝާދުދެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ރަޝިއާއާ ގުޅުން ހުރި މުއާމަލާތްތައް ބީއެމްއެލް އިން ހުއްޓުވައިފި

ބީއެމްއެލްގެ ރެމިޓެންސް މަނާ ގައުމުތަކުގެ ލިސްޓުގައި ރަޝިޔާ ހިމަނައި، އެ ގައުމުން ފައިސާ ބަލައިގަތުމާއި ފޮނުވުން ވަނީ ހުއްޓާލާފަ. މި ނިންމުމުގެ ސަބަބުން ރަޝިޔާގެ ޓޫރިސްޓުން ރާއްޖޭގެ ހޮޓާތަކަށް ފައިސާ ދެއްކުމުގައި ދަތިވާ މައްސަލަ ހައްލުކުރަން ރާއްޖެއާ މަޝްވަރާކުރާނެ ކަމަށް ވަނީ ބުނެފަ.

ގަވިންގެ ރަމަޟާން ސޭލް ފަށައިފި

ރަމަޟާން މަހާ ދިމާކޮށް ގަވިން އިން ފެށި "ރަމަޟާން ވޯމް އަޕް ސޭލް" ގެ ދަށުން، ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނަކާއެކު ހާއްސަ އަގުތަކެއްގައި ދެ ބަދިގެ ސެޓެއް ވަނީ ތައާރަފުކޮށްފައެވެ. މާރިޗު 15 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހިމެނޭ ޕެކޭޖުތަކުގެ ތެރޭގައި 64،000 ރުފިޔާ އަދި 66,000 ރުފިޔާގެ ސެޓުތައް ހިމެނެއެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހުގައި ހިލޭ ސްކްރީނިން

ޓޯޓަލް ފިޒިއޯގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން، ނޮވެމްބަރު 9 އިން 15 އަށް ހިލޭ މޮބިލިޓީ ސްކްރީނިންގް ހެދުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގެ މަގްސަދަކީ ހަށިގަނޑުގެ ދުޅަހެޔޮކަން ވަޒަންކޮށް، ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން، އަހަރީ ދުވަހުގެ މުނާސަބަތުގައި ކްލިނިކްގެ އެކި ހިދުމަތްތަކުން ހާއްސަ ޑިސްކައުންޓްތަކެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox