"ވިޒިޓް މޯލްޑިވްސް 2027" ގައުމީ ކެމްޕެއިން ލޯންޗުކޮށްފި

"ވިޒިޓް މޯލްޑިވްސް 2027" ގައުމީ ކެމްޕެއިން ލޯންޗުކުރުރުން -- ފޮޓޯ: ޕީއެސްއެމް

"ވިޒިޓް މޯލްޑިވްސް 2027" ގައުމީ ކެމްޕެއިން ލޯންޗުކުރުރުން -- ފޮޓޯ: ޕީއެސްއެމް

ވިޒިޓް މޯލްޑިވްސް 2027 ގައުމީ ކެމްޕެއިންގެ ރަސްމީ ލޯގޯ، ރަސްމީ ލަވަ އަދި ބްރޭންޑިން ރޭ އިފްތިތާހުކޮށްފި އެވެ. 

ބާސެލޯ ނަސަންދުރާގައި ބޭއްވި ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ޖަލްސާގައި މި ބްރޭންޑިން އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން ހުސައިން އަފީފް އާއި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީނެވެ. 

ވިޒިޓް މޯލްޑިވްސް އިން ބުނީ މި ބްރޭންޑަކީ މުޅި ދިވެހި ގައުމާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާއި ރަށްތަކަށް ޒިޔާރަތްކުރާ ކޮންމެ މެހެމާނަކަށް ރަމްޒުކޮށްދޭ ގައުމީ ފަހުރެއް ކަމަށެވެ. 

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ވިޒިޓް މޯލްޑިވްސް އިން ލޯންޗުކުރި ކެމްޕެއިނުގައި ރާއްޖޭގެ ރިސޯޓަކާއި، ގެސްޓް ހައުސްތަކާއި، ވިޔަފާރިތަކާއި، މުވައްޒަފުން އަދި ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. 

"މި ކެމްޕެއިންގެ ކާމިޔާބީއަކީ މުޅި ގައުމާއި އަޅުގަނޑުމެން އެންމެންގެވެސް ކާމިޔާބީ ކަމަށް ވެގެންދާނެ،" މިިނިސްޓަރު އަމީން ވިދާޅުވި އެވެ. 

މި ކެމްޕެއިން ހިންގާނެކަން އިއުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ރައީސް މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވީ މި ކެމްޕެއިން ވެގެންދާނީ ފަތުރުވެރިކަމުގެ ސިނާއަތާ ސީދާގޮތުންނާއި ނުސީދާގޮތުން ގުޅިފައިވާ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެންމެހައި ފަރާތްތައް ގުޅިގެން ހިންގޭ ބޮޑު ގައުމީ ހަރަކާތަކަށް ކަމަށެވެ. 

ވިޒިޓް މޯލްޑިވްސް އިޔާ 2027 ގެ ރަސްމީ ޝިއާރަކަށް "އައިލެންޑްސް އާ އަސް" ކަން މިދިޔަ އޮގަސްޓް މަހު އިއުލާންކުރި އެވެ.  މި ޝިއާރުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޖަޒީރާވަންތަކަން ފުރިހަމައަށް ބަލައިގަނެ، ރަށްތައް ރަމްޒުކޮށްދޭ ކަންކަން ފުޅާ ކުރުމެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އަންނަ އަހަރު ބާއްވާ "މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް" ވެސް ވަނީ އިފްތިތާހުކޮށްފަ އެވެ. އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގަ އެވެ. 

2022 ވަނަ އަހަރުން ފެށިގެން ދޭން ފެށި މި އެވޯޑަށް އިތުރު ކެޓަގަރީތައް ހިމަނައި ޖުމްލަ ހަތަރު ކެޓަގަރީއަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ ދާއިރާ އާއި ދެމެހެއްޓިނިވިކަުގެ ދާއިރާ އާއި ޒިޔާރަތްކުރާ މީހުންގެ ތަޖުރިބާއާ ގުޅޭ ދާއިރާ އަދި ފަރުދީ ފެންވަރެއްގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ ދާއިރާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox