ހަލާލު ފަތުރުވެރިކަމާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްގެ އެމްޑީ ދެއްކެވި ވާހަކައަށް ފާޑުކިޔުން އަމާޒުވެއްޖެ

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އަބްދުﷲ ޔާސިރު: އޭނާ ދެއްކެވި ވާހަކައަށް ފާޑުކިޔުން ވަނީ އަމާޒުވެފައި

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އަބްދުﷲ ޔާސިރު: އޭނާ ދެއްކެވި ވާހަކައަށް ފާޑުކިޔުން ވަނީ އަމާޒުވެފައި

ހަލާލު ފަތުރުވެރިކަމާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ކުރިން އެމްއެމްޕީއާރުސީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާސިރު ދެއްކެވި ވާހަކައަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ. 

ޔޫއޭއީގައި ކުރިއަށްދާ އޭޓީއެމް ފެއާގައި ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޔާސިރު ވިދާޅުވީ ރިސޯޓަކުން އޯޑަރުކުރާ ޗިކަން ސޭންޑްވިޗް ތައްޔާރުކުރާއިރު އޫރުމަހުގެ އުފެއްދުމެއް ތައްޔާރުކުރަން ބޭނުންކުރި ސާމާނު ބޭނުންކޮށްފައި ހުރެދާނެ ކަމަށެވެ. އެގޮތުން ކާން ލިބޭ އެއްޗަކީ ފުރިހަމައަށް ހަލާލު އެއްޗެއްކަން ޔަގީންކުރުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިސާލަކަށް ތިބޭފުޅާ ރޯސަޓަކަށް ވަޑައިގަންނަވަނީ. ވަޑައިގެން ޗިކަން ސޭންޑްވިޗަކަށް އޯޑަރު ކުރައްވަނީ ބަދިގެއިން އެހެން ނޫންތޯ ރެސްޓޯރަންޓުގައި އިށީނދެ ވަޑައިގެން. ދެން އެ ޗިކަން ސޭންޑްވިޗް މިސާލަކަށް ތައްޔާރުކުރުމުގައި ބޭނުންކޮށްފައި ހުރެދާނެ މީގެ ހިނދުކޮޅެއް ކުރީގައި އޫރުމަސްފަދަ އެކަހަލަ އެއްޗެއް ތައްޔާރުކުރަން ބޭނުން ކޮށްފައި ކުޑަ ގޮތަކަށް ފެންކޮޅެއް އަޅާފައި ދޮވެލާފައި ހަމަ ކުކުޅުގެ ސޭންޑްވިޗް ހަދާލަން. އެހެން ނޫންތޯ،" ޔާސިރު ވިދާޅުވި އެވެ.

"ބޭނުންކޮށްފައި ދެން ތިބޭފުޅާއަށް ގެނެސްދިނީމަ ތިބޭފުޅާ ތި ބެއްލެވީ ހަލާލު ސޭންޑްވިޗެއް ކަމަށް ނިންމެވިދާނެ އެހެންނަމަވެސް ހަގީގަތަކީ އެޔެއް ނޫން. އެހެންވީމަ މިގޮތުގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިސްނުން ގެންނަން ޖެހޭ. އެހެންވީމަ ކެއުން ބުއިން ވަރަށް މުހިންމު  ހަމަ. ސީދާ ޔަގީންކަމާއެއްކޮށް ހަލާލު އެއްޗެއް ކަމުގައިވުން."

ނަމަވެސް ރިސޯޓު ދާއިރާގައި މަސައްކަތްކުރާ މީހަކު ޔާސިރު ދެއްކެވި ވާހަކައަށް ރައްދު ދެމުން ބުނީ ރިސޯޓުތަކުގައި ކޮންމެ ވައްތަރެއްގެ މަހެއްވެސް ކޮށަން ބޭނުންކުރާނީ ތަފާތު ވަޅިއެއް ކަމަށާއި އެ މަސް ކޮށަން ބޭނުންކުރާނީވެސް ތަފާތު ކަޓިން ބޯޑެއް ކަމަށެވެ. އޭގެ އިތުރުން ކަޓިން ބޯޑުތަކަށް ކަލަ ކޯޑުވެސް ދީފައި ހުންނަ ކަމަށް އޭނާ ބުންޏެވެ. 

"މިކަން ނޭނގޭ ނަމަ ވާހަކަ ނުދައްކާ. އެއްޗެއް ބުނުމުގެ ކުރިން ކަންކަން ހިނގާގޮތް ބަލާ. ކޮންމެ ރިސޯޓެއްގައި ވެސް އެކި ވައްތަރުގެ ކަޓިން ބޯޑުތައް ހުންނައިރު، ކަލަ ކޯޑު ހުންނަ ތަފާތު ވައްތަރުގެ ކަޓިން ބޯޑުތައް ހުރޭ. ސެޓްފިކެޓާއި އެކު އޮންނަ ސްޓޭންޑަޑެއް އަބަދު ވެސް ގެންގުޅޭ އަދި ކޮންމެ މަހަކު ވެސް ސްޓޭންޑާޑް އިންސްޕެކްޝަންތައް ވެސް ކުރިއަށް ގެންދޭ،" އޭނާ ބުންޏެވެ. 

ބައެއް އާންމުން މި އިންޓަވިއުއާ ގުޅޭގޮތުން ބުނީ ޔާސިރުގެ ވާހަކަތަކުން ރިސޯޓު މުވައްޒަފުންގެ ޕްރޮފެޝަނަލިޒަމް އާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އަދި ވިޒިޓް މޯލްޑިވްސްފަދަ ތަނެއްގެ އެމްޑީއަކަށް ޔާސިރު ކޮލިފައި ނުވާ ކަމަށް ބުނެވެސް މީހުން ދަނީ ފަޑުކިޔަމުންނެވެ. 

"ލަދުން ބޯހަލާކު. މިއީ ރާއްޖޭގެ އެންމެ މުހިއްމު ސިނާއަތު، ދުނިޔޭގެ މަޝްހޫރު ޕެރަޑައިސް ޕްރޮމޯޓްކޮށް، ރާއްޖެއަށް ނަފާހޯދަން އުފެއްދި ކުންފުނީގެ ވެރިޔާގެ ހާލަތު، ވިސްނުން. ނެތްތާ މީނަގެ އިނގިރޭސި އިންޓަވިއުއެއް،" ޔާސިރުގެ އިންޓަވިއުއާ ގުޅޭގޮތުން އާންމު މީހަކު ބުންޏެވެ. 

ޔާސިރު އިތުރަށް ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތްކުރާ ދުރު ގައުމުތަކުގެ މުސްލިމު ނޫން ބަޓްލަރުންނަށް ބައެއް ފަހަރު ދޭ އިރުޝާދުތަކުންވެސް ކަންކަން އޮޅޭ ކަމަށެވެ.

"މި ވިދާޅު ވަނީ ކޮޓަރީގެ މިނީބާ ހުސްކޮށްލާށޭ ބަޔަކު އެބަ އާދެއޭ. އެހެންވީމަ އެކަން ކޮށްލާފައި އަންނާށޭ. ދެން އެބޭފުޅާ ވަޑައިގެން މިނީބާ ހުސްކޮށްލާފައި މަސައްކަތް ނިންމާލަފާނެ. އެކަމަކު ހަގީގަތަކީ ވޯޑްރޯބް ތެރޭގައި އެބަ އިނދޭ މިސާލަކަށް ހާލަތްތަކުގައި ފުޅިއެއް [ބަނގުރާ] ބައިންދާލެވިފައި. އެ ފުޅިއަކީ މި ކެޓަގަރީއަށް ފިޓްވާ އެއްޗެއް ނޫން. އެކަމަކު އޭނައަށް ދިން ކޮމާންޑަކީ މިނީބާ ހުސްކޮށްލާށޭ ބުނީމަ އެކަން އެއޮތީ ވެފައި. މިކަން މިއޮތީ ގޯސްވެފައި،" ޔާސިރު ވިދާޅުވި އެވެ. 

ރިސޯޓު މުވައްޒަފުންނާ ގުޅޭގޮތުން ޔާސިރު ދެއްކެވި ވާހަކައާ ގުޅޭގޮތުން މީހަކު ބުނީ ހަގީގަތަށް ނުވާ ވާހަކަތައް ދައްކައި ރިސޯޓު މުވައްޒަފުން ކުށްވެރިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިއަށްވުރެ ވެރިން ޒިންމާދާރުވާން ޖެހޭ ކަމަށެވެ. 

"މިއީ މަޖާ ކަމެއް ނޫން. ރިސޯޓް މުވައްޒަފުންނަކީ ޕްރޮފެޝަނަލް އަދި އެމީހުން ކުރާ ކަންތައް އެނގޭ މީހުން. ކްރޮސް ކޮންޓެމިނޭޝަން އަކީ ވަރަށް ބޮޑު މައްސަލައެއް. ހަގީގީ ނޫން ކަންތައްތަކަށް ރިސޯޓުގައި މަސައްކަތް ކުރާ މީހުން ކުށްވެރި ނުކުރޭ. ޒިންމާދާރު ވާން ޖެހޭ،" އިތުރު މީހަކު ބުންޏެވެ. 

ޔާސިރު ވިދާޅުވީ ހަލާލު ފަތުރުވެރިކަން ތަންފީޒުކުރެވިގެންދާއިރު ވިސްނުން ވަރަށް ބޮޑަށް ވަށާޖެހެންޖެހޭ ކަމަށާއި ސެޓްފިކޭޝަން ޕްރޮގްރާމްތަކެއްވެސް ހިންގަން ޖެހޭ ކަމަށެވެ. 

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް (ވީއެމްސީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އަބްދުﷲ ޔާސިރު އައްޔަންކުރީ އޮގަސްޓް 26، ގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވުމުންނެވެ.  

ޔާސިރުއަކީ މި ސަރުކާރުގައި ވިޒިޓް މޯލްޑިވްސް ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ތިންވަނަ ބޭފުޅާ އެވެ. ޝިއުރީގެ ކުރިން އެ މަގާމު މި ސަރުކާރުގައި އެންމެ ފުރަތަމަ ފުރުއްވީ ފާތިމަތު ތައުފީގު (ކުޑީ) އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox