ވިޒިޓް މޯލްޑިވްސްގެ "އައިލެންޑްސް އާ އަސް" ޝިއާރުގައި އަމިއްލަވަންތަކަމެއް ނެތުމުން ފާޑުކިޔަނީ

Aug 16, 2026, 11:27 AM
.

.

ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލުގެ ގޮތުގައި ފާއިތުވި ހަ އަހަރު ދުވަހު ވެސް ހޮވުނު ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އަންނަ އަހަރު ބޭނުންކުރަން ނިންމާފައިވާ "އައިލެންޑްސް އާ އަސް" ޝިއާރުގައި އެއްވެއް އަމިއްލަވަންތަކަމެއް، އީޖާދީކަމެއް ނެތުމުން މަލާމާތާއި ފާޑުކިޔުން ވިޒިޓް މޯލްޑިވްސްއަށް އަމާޒުވެއްޖެ އެވެ. 

އަންނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 55 އަހަރު ފުރޭ އަހަރު ކަމަށްވާއިރު މި ސަރުކާރުން ވަނީ އަންނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔާ 2027" ގެ ގޮތުގައި ކަނޑައަޅާފަ އެވެ. މި ޝިއާރަކީ  ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ވިޒިޓް މޯލްޑިވްސްގެ ފަރާތުން މި ޝިއާރު ލޯންޗުކުރީ އޮގަސްޓު 13، ގައި ބޭއްވި މޯލްޑިވްސް އިންޓެލިޖެންސް ބްރީފިންގަ އެވެ.

މިހާތަނަށް ލޯންޗުކޮށްފައިވަނީ ހަމައެކަނި ޝިއާރެވެ. މި ޝިއާރުގެ ބްރޭންޑިން ލޯންޗުކުރާނީ އޮކްޓޯބަރު 3، ގަ އެވެ. އެއީ ގައުމީ ފެންވަރުގައި ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހެވެ. 

"ރާއްޖެއަކީ ހަމައެކަނި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެއް ނޫން. ރާއްޖޭގެ އަމިއްލަވަންތަކަން ބައްޓަންވެފައިވަނީވެސް އެ ރަށްތަކުގެ ސަބަބުންން. ރަށްފުށުގެ ދިރިއުޅުން ވަނީ ދިވެހިންގެ އިޖުތިމާއީ ފޭރާމަށާއި، އާދަކާދަތަކަށާއި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށާއި، ކަނޑާ އޮތް ގުޅުމުގެ އިތުރުން މެހެމާންދާރީ އަދާކުރުމުގެ ސަގާފަތަށް ބޮޑެތި ނުފޫޒުތަކެއް ފޯރުވާފައި،" އެ ޝިއާރާ ގުޅޭ ގޮތުން ވިޒިޓް މޯލްޑިވްސްގެ ވެބްސައިޓުގައި ބުނެފައިވެ އެވެ. 

މި ޝިއާރަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ "ޓޮއިސް އާ އަސް" އާ ވަރަށް ބޮޑު އެއްގޮތް ކަމެއް ނަމުގައި ހުރުމުންނެވެ. މިއީ އެ ކުންފުނީގެ ނަމަށް ބަލައިގެން ތައްޔާރުކޮށްފައިވާ ޝިއާރެއް ކަމަށް ބައެއް މީހުން ވަނީ ތުހުމަތުކޮށްފަ އެވެ. 

"އެއްވެސް އުފެއްދުންތެރިކަމެއް ނެތް. އެއްވެސް އިހުސާސެއް، ޖާދޫއެއް ނެތް. ދުނިޔޭގެ ސަމާލުކަން ދަމައިގަންނާނެ އެއްވެސް ބާރެއް ނެތް. ރާއްޖެ ފަދަ އެތައް ބިލިއަން ޑޮލަރެއްގެ ފަތުރުވެރިކަމުގެ ބްރޭންޑަކަށް، ސޭލް އަޅާފައިވާ ކައުންޓަރަކުން ފެންނަ ކަހަލަ އާދައިގެ ޝިއާރަކަށް ވުރެ މާ ފުރިހަމަ ޝިއާރެއް ހައްގުވޭ،" އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު އެކްސްގައި ލިޔުނެވެ. 

ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި މީގެކުރިން ރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންކޮށްފައިވަނީ ދިވެހި ފަތުރުވެރިކަން ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ފަދަ އޮރިޖިނަލް ޝިއާރުތަކެކެވެ.

"މިއީ ފަތުރުވެރިކަމުގެ ޝިއާރެއް ނޫން. މިއީ ހުޅުމާލޭގައި ހުޅުވާ ކުޅޭ އެއްޗެހި ވިއްކާ ފިހާރައެއްގެ ނަމާ މާ ބޮޑަށް ވައްތަރު ނަމެއް. ބިލިއަން ޑޮލަރުގެ މި މަންޒިލަށް ހައްގުވަނީ އުފެއްދުންތެރިކަން، ކޮޕީ ޕޭސްޓް ކުރުމެއް ނޫން،" ހިޔާލު ފާޅުކުރި މީހަކު ލިޔެފައިވެ އެވެ. 

 "ސަނީ ސައިޑް އޮފް ލައިފް" އަދި 2011 ގައި ބޭނުންކުރަން ފެށި "އޯލްވޭސް ނެޗުރަލް" ފަދަ ޝިއާރުތަކަކީ ދިވެހިރާއްޖޭގެ ސިފަތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްދޭ ޝިއާރުތަކެއް ކަމަށް މީހުން އަންނަނީ ބުނަމުންނެވެ. 

"ޓޯއިސް އާ އަސް" ގެ ނަމާ އެއްފަދަ ޝިއާރެއް ރާއްޖެއިން ބޭނުންކުރަން ނިންމާފައިވާއިރު އެ ކުންފުނިން ވަނީ މީގެކުރިން މިފަދަ ނަންތަކާއި ޝިއާރުތައް ބޭނުންކުރި ބައެއް ފަރާތްތަކާ ދެކޮޅަށް ދައުވާވެސް ކޮށްފަ އެވެ. 

ދުނިޔޭގެ މަޝްރަހު ގޯސްވެ މީހުން ދަތުރުކުރާ މިންވަރު މަދުވަމުންދާތީ ރާއްޖޭގެ ޓޫރިޒަމަށް ވެސް އަންނަނީ ލޮޅުންތަކެއް އަރަމުންނެވެ. އެ ކަމުން އަރައިގަތުމަށް އެކަށީގެންވާ ވަރަށް ރާއްޖެ އިޝްތިހާރު ނުކުރެވޭކަމުގެ ކަންބޮޑުވުން ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ބައެއް މީހުން އަންނަނީ ކުރަމުންނެވެ. 

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox