އީގަލް ހިލްސްގެ މަޝްރޫއު ދެފުށް ފެންނަ ގޮތަށް އައްޑޫއަށް ގެނައުމުން މަރުހަބާ ކިޔާނަން: ނިޒާރު

އައްޑޫ މޭޔަރު އަލީ ނިޒާރު: އީގަލް ހިލްސް މަޝްރޫއު އައްޑޫ ސިޓީއަށް ދެފުށް ފެންނަ ގޮތެއްގައި ގެނައުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް މޭޔަރު ވިދާޅުވި

އައްޑޫ މޭޔަރު އަލީ ނިޒާރު: އީގަލް ހިލްސް މަޝްރޫއު އައްޑޫ ސިޓީއަށް ދެފުށް ފެންނަ ގޮތެއްގައި ގެނައުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް މޭޔަރު ވިދާޅުވި

ރަސްމާލޭ ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއު ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގަން އުޅޭ މަޝްރޫއު ދެފުށް ފެންނަ ގޮތަށް އައްޑޫ ސިޓީއަށް ގެނައުމަށް މަރުހަބާ ކިޔާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ކޮންގްރެސް ތެރެއިން ކުރިއަށްގެންދާ އިންވެސްޓްމަންޓް ފޯރަމްގައި ނިޒާރު ވިދާޅުވީ އީގަލް ހިލްސް އިން ރަސްމާލޭގައި މިހާރު އެ ހިންގާ މަޝްރޫއު އެއޮތް ގޮތަށް އައްޑޫއަށް ގެންނަން އެއްބަސް ނޫން ކަމަށެވެ. ނަމަވެސް އެ މަޝްރޫއު ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށްވެސް ވާ އެއްޗެއް ބުނެދެވޭ ގޮތަށް ގެނައުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް މޭޔަރު ވިދާޅުވި އެވެ. 

"އީގަލް ހިލްސްގެ ޕްރޮޖެކްޓް މިހާރު އެއޮތް ގޮތަށް އައްޑޫއަށް ގެންދާކަށް އަޅުގަނޑު ބޭނުމެއް ނޫން. މިހާރު އެ ގެންދާ ގޮތަކަށް. ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް އެނގޭ ގޮތަށް އައްޑޫ ރައްޔިތުންނަށްވެސް މިވާ އެއްޗެއް ބުނެދެވޭ ގޮތަށް އަންނަންޔާމުން މަރުހަބާ. އަޅުގަނޑުމެން މަރުހަބާ ކިޔާނަން. އެއްވެސް މައްސަލައެއް ނޫން އެއީކީއެއް،" ނިޒާރު ވިދާޅުވި އެވެ. 

އީގަލް ހިލްސްއަށް ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ. 

ރަސްމާލެ ތަރައްގީ ކުރަން ނިންމާފައި ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގަ އެވެ. އެތަން ތަރައްގީ ކުރަނީ ބިދޭސީންނަށް އެތަނުގައި ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ގޮތަށެވެ. ރަސްމާލޭގައި ބިނާ ކުރާ އެޕާޓްމަންޓުތަކާއި ވިލާތައް ބިދޭސީންނަށް ވިއްކަން އީގަލް ހިލްސް އިން މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ. 

އިންވެސްޓްމަންޓް ފޯރަމްގައި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ޖުމްލަ އަށް ޕްރޮޖެކްޓެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ކްލައިމެޓް ޗޭންޖް އެންޑް މެރިން ރިސާޗް ފެސިލިޓީއެއް ގާއިމުކުރުމާއި، ކޮންވެސްޝަން ސެންޓަރަކާއި ހޮޓަލެއް ގާއިމުކުރުމާއި، ދިގިރަށް ޕަބްލިކް ބީޗް ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއި، ގްރީން ވޭސްޓް ކޮމްޕޯޒިން ފެސިލިޓީ ގާއިމުކުރުން ހިމެނެ އެވެ. 

މީގެއިތުރުން ހޯމް ސޯލާ އެންޑް ބެޓަރީ ޕްރޮގްރާމާއި، މިއުޒިއަމް އެންޑް ކަލްޗަރަލް ސެންޓަރު ޕްރޮޖެކްޓާއި، ނޭޗާ ޕާކް އިކޯ-އިންވެސްޓްމަންޓް ޕްރޮޖެކްޓް އަދި ރެއިންވޯޓާ ހާވެސްޓިން އެންޑް ސްޓޯރޭޖް ފެސިލިޓީ ޕްރޮޖެކްޓް އައްޑޫ ސިޓީ ކައުންސިލުން ވަނީ ހުށަހަޅާފައިވެ އެވެ. 

މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ ފުރަތަމަ އިންވެސްޓްމަންޓު ފޯރަމެވެ. އެމްޑީޕީގެ ކޮންގްރެސްގައި މިއަދު މައިގަނޑު ކަމެއްގެ ގޮތުގައި އެ ފޯރަމެވެ. މާދަމާ އެމްޑީޕީގެ ކޮންގްރެސްގައި އޮންނާނީ އަސާސީ ގަވާއިދަށް ބަދަލުތައް ގެނައުމާއި، އެކި ގަރާތުތައް ފާސްކުރުމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox