ގައުމު ވެއްޓިފައިވާ ހާލަތުން އަރައިގަތުމަށް ފުރަތަމަ ވެސް ކުރަންޖެހޭ ކަމަކީ މުއިއްޒުގެ ވެރިކަން ބަދަލުކުރުން: ސޯލިހު

Oct 2, 2026, 9:43 AM
އެމްޑީޕީގެ ކޮންގްރެސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުންޝިދު

އެމްޑީޕީގެ ކޮންގްރެސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުންޝިދު

ގައުމު މިހާރު އޮތް ނާޒުކު ހާލަތުން އަރައިގަތުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މިހާރު އޮތް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ބަދަލުކުރުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ ކޮންގްރެސް ފެށުމަށްޓަކައި ރޭ މާލޭ ސިޓީ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ސޯލިހު ވިދާޅުވީ ގައުމަށް ދިމާވެފައިވާ މައްސަލަތަކަކީ ހަމައެކަނި ސިޔާސީ ޝިއާރަކުން ހައްލުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. މިކަމަށް ބޭނުންވަނީ ޒިންމާދާރު ލީޑަޝިޕަކާއި، އިތުބާރު ހުރި އިގުތިސާދީ ސިޔާސަތުތަކެއްގެ އިތުރުން ގައުމީ މަމަސްލަހަތަށްޓަކައި އެއްބާރުލުން ދޭނެ ލީޑަރުންތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ގައުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަލުން އެމްޑީޕީގެ ވެރިކަމެއް ގައިމުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު ގައުއުމު މި އޮތް ހާލަތުން އަރައިގަތުމަށްޓަކައި އެންމެ ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ މި ސަރުކާރު ބަދަލުކުރުން. އަދި ހަމައެއާއެކު އެމްޑީޕީގެ ވެރިކަމެއް މި ރާއްޖޭގައި ގާއިމުކުރަން،" ސޯލިހު މިހެން ވިދާޅުވުމާއެކު ޖަލްސާގެ ބައިވެރިން ހޫނު ތަރުހީބެއް ދިނެވެ. 

އެމްޑީޕީއަކީ ތަޖުރިބާކާރު ސިޔާސީ ފަރުދުން ހިމެނޭ ވަރުގަދަ ޕާޓީއެއްކަން ފާހަގަކުރައްވަމުން ސޯލިހު ވިދާޅުވީ، އެ ޕާޓީގައި ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންނާއި، މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ކައުންސިލަރުންނާއި މޭޔަރުން އެބަތިއްބެވި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކުރިމަގު ލިޔާނީ ހަމައެކަނި ވަކި ބަޔަކެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި މަސްވެރިންނާއި، ދަނޑުވެރިންނާއި، ޓީޗަރުންނާއި، ޑޮކްޓަރުން ފަދަ ހުރިހާ ދާއިރާއެއްގެ މެންބަރުން ކަމަށެވެ.

"އެމްޑީޕީގެ އަންނަ ބާބު ލިޔާނީ އެއްވެ މީހެއް ނޫން. އަދި އަޅުގަނޑުމެން މިތާ އެއްވެ މި ތިބި މީހުން އެކަންޏެއްވެސް ނޫން ނޫން،" ސޯލިހު ވިދާޅުވި އެވެ.

"އެ ބާބު ލިޔާނީ ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި އެމްޑީޕީގެ މެންބަރު. އެއީ މަސްވެރިންނާއި، ދަނޑުވެރިންނާއި، ޓީޗަރުންނާއި، ނަރުހުންނާއި، ޑޮކްޓަރުންނާ، ވިޔަފާރިވެރިންނާއި، ޒުވާން ގްރެޖުއޭޓުން އަދި އަމިއްލަ ދަރިންގެ މާދަމާއާ މެދު ކަންބޮޑުވާ މައިން." 

އެމްޑީޕީން ވެރިކަން ހޯދުމަށްޓަކައި ރައްޔިތުންގެ އިތުބާރު އިތުރަށް ހޯދަންޖެހޭ: ސޯލިހު

އެމްޑީޕީން އަލުން ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންގެ އިތުބާރު ހޯދަންޖެހޭ ކަމަށާއި، އެ މަސައްކަތް ޕާޓީގެ އެތެރެއިން ފަށަންޖެހޭ ކަމަށް ސޯލިހު ވިދާޅުވި. އިތުބާރު ހޯދޭނީ ކުރިން ހެދިފައިވާ ގޯސްތައް ގަބޫލުކޮށް، ރައްޔިތުންގެ އަޑުއަހައިގެން ކަމަށާއި، ވޯޓު ހޯދުމުގެ ބަދަލުގައި ރައްޔިތުންގެ ގާތަށް ދާންވީ އިތުބާރު ހޯދަން ކަމަށް އެމަނިކުފާނު ވިދާޅުވި.

އެމްޑީޕީގެ ވެރިންގެ ޒިންމާއަކަށް ވާންވާނީ އެ ހުރިހާ ބައެއްގެ އަޑުއެހައި، އެ މީހުންނަށް އިތުބާރާއި އުއްމީދު ދިނުން ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ. އެކަމަކު އެއީ ފުއްދޭނެކަމުގެ ޔަގީންކަމެއް ނެތް ވައުދުތަކުން ދެވޭ އުއްމީދަކަށް ވެގެންނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވެސް ރޭ ވިދާޅުވި އެވެ. 

ސޯލިހު ވިދާޅުވީ، ސިޔާސީ މަގާމަކީ ވަގުތީ ކަމެއް ނަމަވެސް ހިދުމަތަކީ ދެމިގެންދާ ޒިންމާއެއް ކަމަށެވެ. ރައްޔިތުންގެ އިތުބާރު އެމްޑީޕީއަށް ހޯދޭނީ ކުރިން ހެދިފައި ހުރި ގޯސްތައް ޤަބޫލުކޮށް، ރައްޔިތުންގެ އަޑުއަހައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ޕާޓީގެ މެންބަރުން ބޭނުންނުވާ ތަފާތުތައް ދޫކޮށްލައި، އާ ހިޔާލުތަކާއެކު އަޒުމެއްގައި ރައްޔިތުންގެ ގާތަށް ދިއުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ބޮޑެތި ގައުމުތަކުގެ ވާދަވެރިކަމުގެ ބިމަކަށް ރާއްޖެ ވެގެން ނުވާނެ

ހާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމާއެކު އަވަށްޓެރި ގައުމުތަކާ އެކު އިތުބާރު ކުރެވޭ ބަދަހި ގުޅުމެއް ބާއްވަންޖެހޭ ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސުލްހަވެރިކަމަކީ ރާއްޖޭގެ އިގުތިސާދާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، ރާއްޖެއަކީ ބޮޑެތި ގައުމުތަކުގެ ވާދަވެރިކަމުގެ ބިމަކަށް ވެގެންނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލޭގެ ސިއްރު ޑީލަށް އާނއެކޭ ބުނެ، ޖާގަ ދީގެން ނުވާނެ: ސޯލިހު

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުން 500 ހެކްޓަރު ބޭރުގެ ކުންފުންޏަކަށް ދިނުމަށް ވެފައިވާ ސިއްރު އެއްބަސްވުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި. އެމަނިކުފާނު ގޮވާލެއްވީ ރައްޔިތުންގެ ބޮޑު ހޭދައަކުން ހިންގާ މި މަޝްރޫއުގެ ތަފްސީލާއި އޭގެއިން ލިބޭ ފައިދާ ސަރުކާރުން ހާމަކުރުމަށް.

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ސޯލިހު ވިދާޅުވީ، ރަށް ގިރުމާއި އުދައެރުން ފަދަ ކާރިސާތަކުން ލިބޭ ގެއްލުންތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. މިކަންކަމުން ރައްކާތެރިވުމަށް އަހަރަކު 2.5 ބިލިއަން ރުފިޔާ ހޭދަކުރަންޖެހޭއިރު، މިއީ މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވާ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގެ ވީޑިއޯ


ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox