ރިއާނާގެ ގެއަށް ބަޑިޖެހި އަންހެންމީހާގެ ޝަރީއަތް ކުރިއަށްގެންދަން ނިންމައިފި

Sep 30, 2026, 11:23 PM
ފޮޓޯ: އޭޕީ

ފޮޓޯ: އޭޕީ

މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އާއި އޭނާގެ ބައިވެރިޔާ އޭސެޕް ރޮކީ ދިރިއުޅޭ ގޭގެ ތެރޭގައި ހުރި ޓްރެއިލަރަކަށާއި އެ ދެމަފިރިންގެ ދަރިން ތިބި ކޮޓަރިއަށް އަމާޒުކޮށް ބަޑިޖެހި ކަމަށް ތުހުމަތުކުރެވޭ އަންހެންމީހާގެ މައްޗަށް ޝަރީއަތް ހިންގޭނެ ކަމަށް ފަނޑިޔާރަކު އަންގާރަ ދުވަހު ކަނޑައަޅައިފި އެވެ.

ފްލޮރިޑާގެ އޯލެންޑޯއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ އިވާނާ ލިސެޓް އޯޓިޒްގެ މައްޗަށް ވަނީ މިދިޔަ މާޗް މަހު ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން ރިއާނާ މަރާލަން އުޅުމުގެ ދައުވާގެ އިތުރުން ޖިނާއީ ބޮޑު 12 ދައުވާއެއް އުފުލާފަ އެވެ. ނަމަވެސް އޭނާ ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ރިއާނާ އާއި އޭސެޕް ރޮކީ ތިބި އެއާސްޓްރީމް ޓްރެއިލަރަށް ވަޒަންތައް އަރައި ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އަދި އެ ވަގުތު އެ ދެމަފިރިންގެ ކުޑަ ދަރިން ތިބި ކޮޓަރީގެ ފާރަށް ވެސް ވަޒަންތައް އަރާފައިވެ އެވެ.

މަސްތަކެއް ވަންދެން ހެދި ނަފްސާނީ ތަހުލީލުތަކަށް ފަހު، ލޮސް އެންޖެލިސް ކައުންޓީ ކޯޓުގައި ބޭއްވި ކުރު އަޑުއެހުމެއްގައި ފަނޑިޔާރު މާރިއާ ކަވަލޫޒީ ވިދާޅުވީ، މެދުކަނޑާލާފައިވާ ޖިނާއީ އިޖުރާއަތްތައް އަލުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

Advertisement

ކޯޓުގެ ބަންދުކޮށްފައިވާ ސަރަހައްދެއްގައި ބިއްލޫރިގަނޑެއްގެ ފަހަތުގައި އޯޓިޒް ހުރިއިރު، އޭނާ ހުރީ ޖަލު ހެދުމުގައި ބިޑި އަޅުވާފަ އެވެ. މުޅި އަޑުއެހުމުގައި ވެސް އޭނާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކެއް ސާބިތުވެއްޖެ ނަމަ، އުމުރުދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.

އޯޓިޒްގެ ނަފްސާނީ ހާލަތާ ގުޅޭގޮތުން ކޯޓުގައި ސީދާ ބަހުސެއް ކޮށްފައި ނުވާއިރު، އެފަދަ ތަފްސީލުތައް ހިމެނޭ މައްސަލައިގެ ލިޔެކިޔުންތައް ވަނީ ސިއްރުކޮށްފަ އެވެ. މައްސަލަ ފެށުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މެދުކަނޑާލާފައި އޮތް ޖިނާއީ ޝަރީއަތުގެ މަރުހަލާ މިހާރު ވަނީ އަލުން ފަށާފަ އެވެ. 

އަޑުއެހުމަށް ފަހު ކޯޓުން ބޭރުގައި ދެ ފަރާތުގެ ވަކީލުން ވެސް މީޑިއާއަށް މައުލޫމާތު ދިނުމަށް ވަނީ އިންކާރުކޮށްފަ އެވެ.

ފުލުހުންނާއި ޕްރޮސިކިއުޓަރުން ތުހުމަތުކުރާ ގޮތުގައި، މާޗް މަހުގެ 8 ވަނަ ދުވަހު އޯޓިޒް ވަނީ ޓެސްލާ ކާރެއްގައި ރިއާނާ އާއި އޭނާގެ ބައިވެރިޔާ ދިރިއުޅޭ ބެވަަލީ ހިލްސް ސަރަހައްދުގެ ގެއަށް ގޮސް، ކާރުގެ ކުޑަދޮރުން އޭއާރު-15 މާކުގެ ބަޑިއަކުން އެ ގެއަށާއި ޖެހިގެން ހުރި ގެއަކަށް އަމާޒުކޮށް މަދުވެގެން 20 ވަޒަން ފޮނުވާލާފަ އެވެ.

ހާދިސާ ހިނގި ދުވަހުގެ ވަގުތެއްގައި އޯޓިޒް ހައްޔަރުކުރުމުން، އޭނާ ބުނެފައިވަނީ "އަހަރެން މީހަކު މަރާލަން މަސައްކަތެއް ނުކުރަން" ކަމަށް ތަހުގީގު ކުރާ ފަރާތްތަކުން ބުނެ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި އޯޓިޒްއަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫނެވެ. އާންމު ރެކޯޑުތަކުން ދައްކާ ގޮތުގައި އޭނާއަކީ ވޭތުވެދިޔަ 10 އަހަރަށް ވުރެ ގިނަ ދުވަހު ލައިސަންސް ލިބިގެން މަސައްކަތް ކުރަމުން އައި ސްޕީޗް ޕެތޮލޮޖިސްޓެކެވެ.

މި ހަމަލާ ދޭން މެދުވެރިވި ސަބަބެއް ނުވަތަ އޯޓިޒް އާއި ރިއާނާއާ ދެމެދު އެއްވެސް ގުޅުމެއް އޮތް ކަމެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ. އަދި އޭނާގެ ވަކީލުން ވެސް، ދައުވާއަށް އިންކާރުކުރުމާއި އިޖުރާއީ ކަންކަން ފިޔަވައި އިތުރު ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

ނުވަ ފަހަރު ގްރެމީ އެވޯޑް ހޯދާފައިވާ ރިއާނާގެ 14 ލަވައެއް ވަނީ ބިލްބޯޑް ހޮޓް 100 ޗާޓުގެ އެއްވަނަ ހޯދާފަ އެވެ. އޭގެ ތެރޭގައި "ވީ ފައުންޑް ލަވް"، "ވޯކް"، "އަމްބްރެއްލާ" އަދި "ޑިސްޓާބިއާ" ފަދަ މަޝްހޫރު ލަވަތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox