ރިއާނާ
2 ލިޔުން
ފަހުގެ
ލުއިއަދަދުރިއާނާގެ ގެއަށް ބަޑިޖެހި މީހާގެ ޝަރީއަތް ކުރިއަށްގެންދެވޭނެ
ލަވަކިޔުންތެރިޔާ ރިއާނާ އާއި އޭނާގެ އާއިލާ ދިރިއުޅޭ ގެއަށް ބަޑިޖެހި ކަމަށް ތުހުމަތުކުރެވޭ އަންހެންމީހާގެ ނަފްސާނީ ތަހުލީލުތަކަށްފަހު، އޭނާގެ މައްޗަށް ޝަރީއަތް ކުރިއަށްގެންދަން ފަނޑިޔާރު ނިންމައިފިއެވެ. ރިއާނާ މަރާލަން އުޅުމުގެ ދައުވާ ހިމެނޭހެން ޖުމްލަ 13 ދައުވާއެއް އުފުލާފައިވާ މި އަންހެންމީހާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އުމުރުދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ރިއާނާގެ ދަރިން ތިބި ކޮޓަރިއަށާއި އެމީހުން ތިބި ޓްރެއިލަރަށް ވަޒަން އަރައި ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.
ލުއިއަދަދުރިއާނާގެ އާ އަލްބަމް ވަރަށް އަވަހަށް ފެންނާނެކަމުގެ އިޝާރާތެއް
ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އާ އަލްބަމެއް ނެރުމުގެ މަސައްކަތް ސްޓޫޑިއޯގައި ކުރަމުންދާކަން އޭނާގެ ބައިވެރިޔާ އޭސެޕް ރޮކީ ހާމަކޮށްފިއެވެ. ރިއާނާވެސް ވަނީ އޭނާ ބޭނުންވާ ފެންވަރުގެ އާ އުފެއްދުންތަކެއް ތައްޔާރުވަމުންދާކަމުގެ އިޝާރާތެއް ދީފައެވެ.
