އިނގިރޭސި އެކްޓަރު ޓިމް ކަރީ މަރުވި ސަބަބު ހާމަކޮށްފި

Sep 3, 2026, 12:35 PM
2015 ވަނަ އަހަރު ލޮސް އެންޖެލިސްގައި ބޭއްވި "ދަ ރޮކީ ހޮރޯ ޕިކްޗާ ޝޯ" ގެ 40 ވަނަ އަހަރީ ދުވަހުގެ ފާހަގަކުރުމުގެ ހަފުލާގައި ޓިމް ކަރީ ބައިވެރިވަނީ. -- ފޮޓޯ: ގެޓީ އިމޭޖަސް

2015 ވަނަ އަހަރު ލޮސް އެންޖެލިސްގައި ބޭއްވި "ދަ ރޮކީ ހޮރޯ ޕިކްޗާ ޝޯ" ގެ 40 ވަނަ އަހަރީ ދުވަހުގެ ފާހަގަކުރުމުގެ ހަފުލާގައި ޓިމް ކަރީ ބައިވެރިވަނީ. -- ފޮޓޯ: ގެޓީ އިމޭޖަސް

މަޝްހޫރު އިނގިރޭސި އެކްޓަރު ޓިމް ކަރީ މަރުވީ ހިތުގެ ބައްޔެއް ކަމަށްވާ "ކޮރޮނަރީ އާޓަރީ ޑިޒީޒް" ގެ ސަބަބުން ކަމަށް އޭނާގެ ތަރުޖަމާނު ބުނެފި އެވެ.

"ދަ ރޮކީ ހޮރޯ ޕިކްޗާ ޝޯ" އިން ބޮޑު މަގުބޫލުކަމެއް ހޯދި މި އެކްޓަރު މަރުވީ އޯގަސްޓް 25 ވަނަ ދުވަހު، ލޮސް އެންޖެލިސްގައި ހުންނަ އޭނާގެ ގޭގަ އެވެ. މަރުވިއިރު އުމުރަކީ 80 އަހަރެވެ.

ލޮސް އެންޖެލިސް ކައުންޓީއަށް ހުށަހަޅާފައިވާ މަރުގެ ސެޓިފިކެޓާ ހަވާލާދީ އޭނާގެ ތަރުޖަމާނު ބުނި ގޮތުގައި، ހިތުގެ ބަލީގެ އިތުރުން ކަރީއަކީ މީގެ ކުރިން ސްޓްރޯކެއް ޖެހިފައިވާ އަދި ކިޑްނީ ކެންސަރަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. މިއީ އޭނާ މަރުވުމަށް މެދުވެރިވި ސަބަބުތަކެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ކަލްޓް ކްލެސިކް ފިލްމެއް ކަމަށްވާ 1975 ވަނަ އަހަރުގެ "ދަ ރޮކީ ހޮރޯ ޝޯ" ގައި ޑރ. ފްރޭންކް-އެން-ފާޓާގެ ރޯލުން މަޝްހޫރުވި ކަރީގެ ވަކިވުމާ ގުޅިގެން، ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ވަނީ ހިތާމަފާޅުކޮށްފަ އެވެ.

މީގެ ކުރިން 2012 ވަނަ އަހަރު ޖެހުނު ނުރައްކާތެރި ސްޓްރޯކަކަށް ފަހު، ކަރީ އުޅެމުންދިޔައީ ފުރޮޅުލީ ގޮނޑީގަ އެވެ. އެ ހާދިސާއަށް ފަހު އޭނާގެ މަސައްކަތްތައް ހަމައެކަނި ވޮއިސް އެކްޓިންއަށް ބަދަލުކުރި އެވެ. ސްޓްރޯކުގެ ސަބަބުން ހަށިގަނޑުގެ އެއްބައި ވާގިނެތުނު ނަމަވެސް، ވާހަކަ ދެއްކުމުގެ ގާބިލުކަން ގެއްލިގެން ނުދިޔުމަކީ އޭނާ އުފާކުރި ކަމެކެވެ.

ބަލިހާލަތުގައި ވެސް އޭނާ ވަނީ ފިލްމީ އެކި ހަރަކާތްތަކުން ފެނިފަ އެވެ. އަދި މިދިޔަ އަހަރު އޭނާ ވަނީ "ވެގަބޮންޑް" ގެ ނަމުގައި އަމިއްލަ ހަޔާތުގެ މައްޗަށް ފޮތެއް ނެރެފަ އެވެ. އެ ފޮތުގައި އޭނާއަށް ދިމާވި ސިއްހީ މައްސަލަތަކާއި، ބަލިން އަރައިގަތުމަށް ކުރި ދިގު ދަތުރުގެ ވާހަކަތައް ހިއްސާކޮށްފައިވެ އެވެ.

"ޕީޕަލް" މެގަޒިންގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ހާދިސާއަށް ފަހު ކަރީ ބުނެފައިވަނީ އޭނާ އަދިވެސް ދުނިޔޭގައި ހުރިކަމީ ގަބޫލުކުރަން ދަތި، އާދަޔާ ހިލާފު ކަމެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގެ ރަށެއް ކަމަށްވާ ވޮރިންގްޓަނަށް 1946 ވަނަ އަހަރު އުފަންވި ކަރީ، ފިލްމީ ދާއިރާއަށް ވަނީ ޔުނިވާސިޓީ ނިންމުމަށްފަހު 1968 ވަނަ އަހަރު ލަންޑަނުގައި އުފެއްދި މިއުޒިކަލް "ހެއާ" އިންނެވެ.

އޭނާއާއެކު މަސައްކަތްކުރި ރިޗަޑް އޯބްރަޔަންގެ އެދުމުގެ މަތިން 1973 ވަނަ އަހަރު "ދަ ރޮކީ ހޮރޯ ޝޯ" ގެ އޮޑިޝަންގައި ބައިވެރިވެ، އެ މަޝްހޫރު ރޯލު ކަރީއަށް ލިބުނެވެ. 

ކަރީ ކުޅެފައިވާ ފާހަގަކޮށްލެވޭ އެހެން ރޯލުތަކުގެ ތެރޭގައި 1990 ވަނަ އަހަރުގެ "އިޓް" ގައި ކުޅުނު ޕެނީވައިޒް ކްލައުންގެ ރޯލާއި، "ސްޕަމަލޮޓް" ގެ ސްޓޭޖް ޝޯގައި ކުޅުނު ކިންގް އާތާގެ ރޯލުގެ އިތުރުން "އެނީ"، "ހޯމް އެލޯން 2"، "ދަ ހަންޓް ފޯ ރެޑް އޮކްޓޯބާ" އަދި "ސްކޭރީ މޫވީ 2" ފަދަ ފިލްމުތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

Newsletter

Get the latest news delivered straight to your inbox