އެންޑްރޫ ޓޭޓްގެ މުއްސަނދިކަމަކީ ހަގީގަތެއް ނޫން ކަމަށް ވަކީލުން ބުނެފި

Aug 26, 2026, 8:01 AM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

ސޯޝަލް މީޑިއާގައި ނުފޫޒުގަދަ އެންޑްރޫ ޓޭޓަކީ އިންތިހާއަށް މުއްސަނދި މީހެއްގެ ގޮތުގައި އަމިއްލައަށް ދެއްކި ނަމަވެސް، އޭނާގެ އެކައުންޓްތަކުން ފެންނަ އަގުބޮޑު ކާރުތަކާއި ޔޮޓަކީ އޭނާގެ އަމިއްލަ ތަކެތި ނޫން ކަމަށާއި، އޭނާ އެފަދަ ދިރިއުޅުމެއް ދައްކާފައިވަނީ އާންމުންގެ ސަމާލުކަން ހޯދުމަށް ކަމަށް އޭނާގެ ވަކީލުން ބުނެފި އެވެ.

އެންޑްރޫ ޓޭޓާއި އޭނާގެ ކޮއްކޮ ޓްރިސްޓަން ޓޭޓް މިވަގުތު އެމެރިކާގެ ފްލޮރިޑާގެ ޖަލެއްގައި ބަންދުކޮށްފައި ތިބިއިރު، އެ މީހުން އިނގިރޭސިވިލާތާ ހަވާލުކުރުމުގެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން މިނިވަންވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މި ދެބެއިން ހައްޔަރުކޮށްފައިވަނީ، ޖިންސީ ގޯނާގެ ތުހުމަތުތައް ހިމެނޭހެން އިނގިރޭސިވިލާތުގެ ޕްރޮސިކިއުޓަރުން އެ މީހުންގެ މައްޗަށް އާ ދައުވާތަކެއް އުފުލުމާ ގުޅިގެން މިދިޔަ މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ ދެބެއިން ވެސް ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

Advertisement

ޕްރޮސިކިއުޓަރުން ކޯޓުގައި ބުނެފައިވަނީ، ޓޭޓްގެ ދެބެއިންނަކީ ފިލައިގެން ދިއުމުގެ ފުރުސަތު އޮތް ބައެއް ކަމަށެވެ. 

ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި އެ ދެބެއިންގެ ވަކީލުން ބުނެފައިވަނީ، ޓޭޓްގެ ދެބެއިންގެ ވިޔަފާރި ބިނާވެފައިވަނީ "އިންޓަނެޓްގެ ސަމާލުކަން" ހޯދުމުގެ މައްޗަށް ކަމަށެވެ.

"އެ މީހުން ކުރާ ޕޯސްޓްތަކާއި އެ މީހުންނާ ބެހޭގޮތުން ކުރާ ޕޯސްޓްތަކަކީ އާންމުން ހައިރާންކޮށްލުމަށް ކުރާ ކަންކަން. ޕޯސްޓްތައް ކިތަންމެ ބޮޑުކޮށްލައިގެންނާއި ހަގީގަތާ ހިލާފަށް ގެނެސްދިން ވަރަކަށް، އެއަށް ލިބޭ ވިއުސް އާއި ލައިކްސް އިތުރުވެ، އާމްދަނީ ވެސް އިތުރުވޭ. ކުރުކޮށް ބުނާނަމަ، އެ މީހުން އެ ކުޅެނީ ރޯލެއް،" ވަކީލުން ހުށަހެޅި ލިޔުމުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ބައެއް ފަހަރު އެންޑްރޫ ޓޭޓް ކަންކަން ބޮޑުކޮށްލައިގެން ދައްކަނީ "މަޖާ ކުރުމުގެ" ގޮތުން ކަމަށާއި، އެއީ ސީރިއަސްކޮށް ދައްކާ ވާހަކަތަކެއް ނޫން ކަމަށް ވެސް ވަކީލުން ވަނީ ބުނެފަ އެވެ.

"ސަރުކާރުން ތުހުމަތު ކުރަނީ އެ މީހުންނަކީ އަމިއްލައަށް ބިލިއަނަރުން ކަމަށް ދައުވާކުރާ، އަދި އަގުބޮޑު ކާރުތަކާއި ޕްރައިވެޓް ޖެޓްތަކުގެ އިތުރުން 50 މިލިއަން ޑޮލަރުގެ ސުޕަޔޮޓެއް އޮންނަ ކަމަށް ބުނާ ބައެއް ކަމަށްވާތީ ފިލައިގެން ގޮސްފާނެ ކަމަށް. އަދި ކްރިޕްޓޯކަރަންސީ އާއި ބިޓްކޮއިން ފަދަ ފައިސާގެ ވަސީލަތްތައް އެ މީހުންގެ އަތުގައި ހުރި ކަމަށް ސޯޝަލް މީޑިއާގައި ބުނެފައިވާތީ އެއީ ފިލައިގެން ދިއުމުގެ ބިރު އޮތް ކަމެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރޭ،" ވަކީލުން ބުންޏެވެ.

ޕްރޮސިކިއުޓަރުން ވަނީ މި ދެބެއިންގެ އަތުގައި ފައިސާގެ ގޮތުންނާއި ސޯޝަލް މީޑިއާގެ ނެޓްވޯކްތަކުގެ ގޮތުން ބޮޑެތި ވަސީލަތްތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ. އަދި މައްސަލައިގައި ހިމެނޭ އަނިޔާ ލިބުނު މީހުންނަށް ބިރުދެއްކުމުގެ އަމަލުތަކެއް އެ މީހުންގެ ފަރާތުން ފެނިފައިވާ ކަމަށް ވެސް ޕްރޮސިކިއުޓަރުން ބުންޏެވެ.

މީގެ އިތުރުން، އެންޑްރޫ ޓޭޓް ސޯޝަލް މީޑިއާގައި ޕްރޮސިކިއުޓަރުންނަށް މަލާމާތްކޮށް، ހައްޔަރުވުމުން ސަލާމަތްވުމަށް އޭނާގެ އައިޑެންޓިޓީ ނުވަތަ އަމިއްލަ ވަނަވަރު ފޮރުވިދާނެ ކަމަށް ބުނެފައިވާ ޕޯސްޓްތަކެއް ވެސް ޕްރޮސިކިއުޓަރުން ވަނީ ހެކީގެ ގޮތުގައި ދައްކާފަ އެވެ.

ނަމަވެސް ވަކީލުން ބުނެފައިވަނީ، އެ މީހުން ދައްކާ 50 މިލިއަން ޑޮލަރުގެ ސުޕަޔޮޓަކީ ޓޭޓްގެ ދެބެއިންގެ އެއްޗެއް ނޫން ކަމަށާއި، އެއީ އެ ޔޮޓް އިޝްތިހާރު ކުރުމަށް އެ މީހުންނަށް ފައިސާ ދީގެން ކޮށްފައިވާ ކަމެއް ކަމަށެވެ.

އަދި އެސްޓަން މާޓިން އާއި ބުގާޓީ ފަދަ އަގުބޮޑު ކާރުތަކަކީ ވެސް ކުއްޔަށް ހިފައިގެން ގެންގުޅުނު ތަކެތި ކަމަށް ވަކީލުން ބުންޏެވެ.

އިނގިރޭސިވިލާތުގެ ކްރައުން ޕްރޮސިކިއުޝަން ސާވިސްއިން އެ ދެބެއިންގެ މައްޗަށް ރޭޕް ކުރުމާއި އިންސާނީ ވަގުފާރީގެ ތުހުމަތު ހިމެނޭހެން 38 އާ ދައުވާއެއް އުފުލުމާ ގުޅިގެން، ޔޫއެސް މާޝަލްސްއިން އެ މީހުން ހައްޔަރުކުރީ މިދިޔަ މަހު މިއާމީއިންނެވެ.

މިހާރު އެ މީހުންގެ މައްޗަށް ޖުމްލަ 59 ދައުވާއެއް އުފުލާފައިވާއިރު، މިއީ ޖުލައި 2010 އާއި އޮގަސްޓް 2017 އާ ދެމެދު ހިންގާފައިވާ ކަމަށް ބުނާ ކުށްތަކެކެވެ.

އުމުރުން 39 އަހަރުގެ އެންޑްރޫ އާއި 38 އަހަރުގެ ޓްރިސްޓަން އަކީ އިނގިރޭސިވިލާތާއި އެމެރިކާގެ ރައްޔިތުކަން އޮންނަ ދެ މީހުންނެވެ. އެ މީހުން މީގެ ކުރިން ވެސް ވަނީ އެއްވެސް ގޯސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެފަ އެވެ.

އަމިއްލައަށް "އަންހެނުންދެކެ ރުޅިއަންނަ މީހެއް" ނުވަތަ މިސޮޖިނިސްޓެއްގެ ގޮތުގައި ސިފަކުރާ ޓޭޓް އެންމެ ފުރަތަމަ މަޝްހޫރުވީ 2016 ވަނަ އަހަރު އިނގިރޭސިވިލާތުގެ ރިއަލިޓީ ޝޯ "ބިގް ބްރަދާ" އިން ފެނުމަށްފަހު އެވެ.

ކުރީގެ ކިކްބޮކްސަރެއް ކަމަށްވާ ޓޭޓްގެ މިލިއަނުން ފޮލޯވަރުން ތިބިއިރު، އޭނާ ވަނީ އިންތިހާއަށް އަގުބޮޑު ދިރިއުޅުމެއް އުޅޭކަން ދައްކުވައިދޭ ގިނަ އަދަދެއްގެ ވީޑިއޯތައް އާންމުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox