ރިއާނާގެ އާ އަލްބަމް ވަރަށް އަވަހަށް ފެންނާނެކަމުގެ އިޝާރާތެއް

Aug 7, 2026, 10:00 AM
ފޮޓޯ: ފިލްމް މެޖިކް

ފޮޓޯ: ފިލްމް މެޖިކް

ދިހަ އަހަރުގެ މެދުކެނޑުމަކަށް ފަހު މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާގެ ފުރަތަމަ އަލްބަމް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ބެލެވިއްޖެ އެވެ.

ބުދަ ދުވަހު "ދަ ޖޭސަން ލީ" ޕޮޑްކާސްޓުގައި ވާހަކަދައްކަމުން އޭނާގެ ބައިވެރިޔާ އަދި ރެޕާ އޭސެޕް ރޮކީ ބުނީ، ރިއާނާ މިހާރު ހުރީ ސްޓޫޑިއޯގައި އާ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.

މި އާ މަސައްކަތާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، ދެ މީހުން ގުޅިގެން "ޑަބަލް އަލްބަމެއް" ނެރެން އުޅޭކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފަ އެވެ. އާ އަލްބަމަކާ ގުޅޭގޮ ތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ބުނީ ރިއާނާ އަންނަނީ އާ އުފެއްދުންތަކެއް "ތައްޔާރުކުރަމުން" ކަމަށެވެ.

Advertisement

ބާބަޑޯސްއަށް އުފަން، އަސްލު ނަމުން ނަމަ ރޮބިން ފެންޓީ، 2016 ވަނަ އަހަރު ނެރުނު "އެންޓި" އަލްބަމަށް ފަހު މިހާތަނަށް އެއްވެސް އަލްބަމެއް ނެރެފައެއް ނުވެ އެވެ.

ޕޮޑްކާސްޓް ހުށަހަޅައިދޭ ޖޭސަން ލީ ވަނީ، ރިއާނާގެ އާ އަލްބަމެއް ނުފެނި ލަސްވަނީ އޭސެޕް ރޮކީގެ ސަބަބުންތޯ ސުވާލުކޮށްފަ އެވެ. އޭނާ މި ސުވާލު އަމާޒުކުރީ އެ ދެމީހުންގެ ތިން ދަރިންނާއި ރިއާނާ ކުރާ ދަތުރުތަކަށް އިޝާރާތްކޮށްފަ އެވެ.

މި ވާހަކަތައް ދޮގުކުރަމުން އޭސެޕް ރޮކީ ބުނީ، ރިއާނާ މިހާރު އަންނަނީ އާ މިއުޒިކްތަކެއްގެ މަސައްކަތް ކުރަމުން ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރިއާނާ ބުނެފައިވަނީ، އާ އަލްބަމަކާ މެދު އޭނާ ވަރަށް ބޮޑަށް އުންމީދު ކުރާ ކަމަށެވެ.

"ހާޕާސް ބަޒާރު" ގެ ރިޕޯޓަރަކަށް ދިން އިންޓަވިއުއެއްގައި ރިއާނާ ބުނީ، އޭނާ ބޭނުންވާ ފެންވަރުގެ މަސައްކަތެއް މިހާރު ފެށިފައިވާ ކަމަށެވެ.

އެންމެ ފަހުން ނެރުނު އަލްބަމަށް ފަހު، ރިއާނާ ވަނީ ބައެއް ސިންގަލް ލަވަތައް ނެރެފަ އެވެ. މީގެ ތެރޭގައި 2022 ވަނަ އަހަރު ނެރުނު "ބްލެކް ޕެންތާ: ވަކަންޑާ ފޮއެވާ" ފިލްމަށް ކިޔައިދިން "ލިފްޓް މީ އަޕް" ހިމެނެ އެވެ.

ލަވަކިޔުމުގެ އިތުރުން ރިއާނާ ވަނީ ވިޔަފާރީގެ ދާއިރާގައި ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. މީގެ ތެރޭގައި އޭނާގެ މަގުބޫލު މޭކަޕް ބްރޭންޑް "ފެންޓީ ބިއުޓީ" އާއި އަންނައުނު އުފައްދާ ކުންފުންޏެއް ހިމެނެ އެވެ. ފޯބްސް މެގަޒިންއިން އަންދާޒާކުރާ ގޮތުގައި 38 އަހަރުގެ ރިއާނާގެ މިލްކިއްޔާތު އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ އެވެ.

މި އިންޓަވިއުގައި، އަސްލު ނަމުން ނަމަ ރަކީމް މޭޔާސް (އޭސެޕް ރޮކީ) ވަނީ އޭނާ އާއި ރިއާނާ ކައިވެނިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބު ދޭން އިންކާރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox