ރަސްމާލެ ޑީލަކީ ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމުގެ ފެށުން: ޒަރިޔަންދު

އިސްމާއިލް ޒަރިޔަންދު: އޭނާ ވިދާޅުވީ ރަސްމާލެ ޑީލަކީ ކުރިއަށް އަންނާން އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ފެށުން ކަމަށް -- ފޮޓޯ: އަދަދު

އިސްމާއިލް ޒަރިޔަންދު: އޭނާ ވިދާޅުވީ ރަސްމާލެ ޑީލަކީ ކުރިއަށް އަންނާން އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ފެށުން ކަމަށް -- ފޮޓޯ: އަދަދު

ރަސްމާލޭ ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއު ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން ދިނުމަކީ ރާއްޖޭގެ ރަށްތަކާއި ފަޅުތައް ބޭރު މީހުންނަށް ވިއްކާލުމުގެ ފެށުން ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުގެ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ރަސްމާލޭގެ ބިމުން ބައެއް އީގަލް ހިލްސް ކުންފުންޏަށް ދޭން ނިންމުމަކީ އަދި، ދެން އަންނާން އޮތް ބޮޑު މައްސަލައެއްގެ ފެށުން ކަމަށެވެ.

"މިއީ ދިވެހިރާއްޖޭގެ ވެރިކަމުގައި މިހާރު ތިއްބެވި ބޭފުޅުން ހަމަ ދުރާލައި ރާވައިގެން ރާއްޖޭގެ ބިންތައް، ފަރުތައް، ރާއްޖޭގެ ބައެއް މުހިންމު އޭރިއާތައް ބޭރުގެ ފަރާތްތަކަށާއި އަދި، ކައުންސިލްތަކުގެ ގާނޫނުތައް ބަދަލުކޮށްގެން އެފަރާތްތަކަށް އެއްބާރުލުންދޭ ފަރާތްތަކަށް ރާއްޖޭގެ އެކި ސަރަހައްދުތައް ވިއްކާލުމުގެ.. ވިއްކާލުމުގެ ހަމަ ރޭވުންތެރި ރޭވުމެއްކަމަށް އަޅުގަނޑަށް ފެންނަނީ،" ޒަރިޔަންދު ވިދާޅުވި އެވެ.

ޒަރިޔަންދު ވިދާޅުވީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކަށް ބަދަލުގެނެސްފައި ަވނީ މިފަދަ ކަންކަން ކުރެވޭ ގޮތަށް ކަމަށެވެ. އަދި، ގާނޫނުތައް ބަދަލުކޮށްފައި ވަނީ ދިގު މުއްދަތަށް މި ސަރުކާރުން ކުއްޔަށްދޭ ތަންތަން އަތުލުމަށް ދަތިވާނެ ގޮތަށް ކަމަށެވެ.

އޭގެ އިތުރުން، އީގަލް ހިލްސް އާއި އެ ކުންފުންޏާއެކު މަސައްކަތް ކުރާ ކުންފުނިތަކަކީ ޒަޔޮނިސްޓުންނާ ވަރަށް ގާތް ގުޅުން އޮންނަ ފަރާތްތަކެއް ކަމަށް ޒަރިޔަންދު ތުހުމަތުކުރެއްވި އެވެ.

ރަސްމާލޭގެ ބޮޑުބައެއް އީގަލް ހިލްސް ކުންފުންޏަށް ދީފިނަމަ، އެ ތަނުގައި ދެ ޕާސްޕޯޓު ގެންގުޅޭ ޒަޔޮނިސްޓުން އާބާދުވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި އިޒުރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން މަނައޭ، އެކަމަކު ޑުއެލް ޕާސްޕޯޓު ގެންގުޅޭ މީހަކަށް ރާއްޖޭގައި މި ތަނުން ގެއެއް ގަނެވިދާނެ،" ޒަރިޔަންދު ވިދާޅުވި އެވެ.

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީކުރާ ޕްރޮޕާޓީތައް ގަންނަ މީހުންނަށް 99 އަހަރަށް ވިސާ ވެސް ދޭންޖެހޭނެކަން ފާހަގަކުރައްވައި ޒަރިޔަންދު ވިދާޅުވީ އެހެން އެކަންވެއްޖެ ނަމަ، ޑުއެލް ޕާސްޕޯޓެއް ގެންގުޅޭ ޒަޔޮނިސްޓަކަށް ވެސް 99 އަހަރަށް ރާއްޖޭގައި އުޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox