ބޭރު މީހުންނަށް ރާއްޖޭގައި ކުރުން މަނާ ވިޔަފާރިތައް އޮކްޓޫބަރު 8، ގެ ކުރިން ހުއްޓާލަން އަންގައިފި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް: ކާބޯތަކެތި ހޯލްސޭލްކޮށް ވިޔަފާރި ކުރުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވޭ -- ފޮޓޯ: އަދަދު

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް: ކާބޯތަކެތި ހޯލްސޭލްކޮށް ވިޔަފާރި ކުރުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވޭ -- ފޮޓޯ: އަދަދު

ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ކުރުން މަނާ ވިޔަފާރިތައް އޮކްޓޫބަރު، 8 ގެ ކުރިން ހުއްޓާލަން އަންގައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރިކުރުން މަނާކޮށްފައިވާ ދާއިރާތަކުގައި ހިންގާ ވިޔަފާރިތައް އެ މިނިސްޓްރީން އިއުލާނުކޮށްފައިވާ ފޮރިން އިންވެސްޓްމެންޓް އެންޓްރީ ރިކުއާމެންޓްސްްްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އޮކްޓޫބަރު 8، ގެ ކުރިން ހުއްޓާލަންޖެހޭނެ ކަމަށެވެ.

ރާއްޖޭގައި ބޭރު މީހުންނަށް ނުކުރެވޭނެކަމަށް ކަނޑައަޅާފައި ވަނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި ކާގޯ ސޭލްސް އޭޖެންޓް، ޖެނރަލް ސޭލްސް އޭޖެންޓް އަދި ޕެސެންޖާ ސޭލްސް އޭޖެންޓުގެ ވިޔަފާރި އެވެ.

ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓުކުރެވޭނެ ދާއިރާތައް އިސްލާހުކޮށްފި

މިއަދު ގެޒެޓުކުރި އިއުލާނުގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓު ކުރެވޭނެ ދާއިރާތަކާއި އިންވެސްޓު ނުކުރެވޭނެ ދާއިރާތަކުގެ އިތުރުން ވަކި ޝަރުތުތަކަކާއެކު އިންވެސްޓު ކުރެވޭނެ ދާއިރާތައް ވެސް ކަނޑައަޅާފައިވެ އެެވެ.

އެ ދާއިރާތަކުގައި ވިޔަފާރި ކުރާ ކުންފުނިތަކުގެ ތެރެއިން، މިހައިތަނަށް އިކޮނޮމިކް މިނިސްޓްރީއަށް ނުގުޅޭ އަށް ކުންފުންޏެއްގެ ނަން ވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

މިނިސްޓްރީއަށް ނުގުޅޭ ކުންފުނިތައް

  • މެގަ ސްޕީޑްލައިނާސް (މޯލްޑިވްސް)
  • އެސްލިޓް މޯލްޑިވްސް
  • އިސޯލާ ކްރިއޭޝަން (މޯލްޑިވްސް)
  • ދީނަމް މޯލްޑިވްސް
  • ލެމިންޓަންސް ޖުވެލްސް (މޯލްޑިވްސް)
  • އެމްޔޫކޭ އެޕެރެލްސް (މޯލްޑިވްސް)
  • ލެކްޖެމްސް (މޯލްޑިވްސް)
  • އޯޝަން ވެލް ގާމެންޓްސް

މިނިސްޓްރީގެ އިއުލާނުގައި ބުނީ އެ ހުރިހާ ކުންފުންޏަކީ ވެސް ބޭރު މީހުންނަށް ރާއްޖޭގައި ވިޔަފާރިކުރުން މަނާކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގައި ވިޔަފާރި ކުރާ ކުންފުނިތަކެއް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ އެ ކުންފުނިތަކުން ވީހައިވެސް އަވަހަކަށް އިންވެސްޓް މޯލްޑިވްސް އަށް ގުޅައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކޮމްޕައިވުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިޔުމަށް އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox