ސުމަޓްރާ
2 ލިޔުން
ފަހުގެ
ދުނިޔެސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު
އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.
ދުނިޔެ170،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެއްޖެ
އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ވިހަ ދުމުގެ އަސަރުކޮށް، 175،000 އަށް ވުރެ ގިނަ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހި ސިއްހީ ނުރައްކަލަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި އަލިފާންގަނޑުތައް ނިއްވާލުމަށް ގިނަ އަދަދެއްގެ އޮފިޝަލުންނާއި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، ބިމުގެ ހާލަތު ހުރިގޮތުން އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
