ނަޖީބު ރައްޒާގު ގޭބަންދަށް ބަދަލުކުރަން ނިންމުމުން މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

Sep 20, 2026, 7:31 AM
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ގޭގެ ބޭރުގައި މީޑިއާތަކުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ރޮއިޓާސް

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ގޭގެ ބޭރުގައި މީޑިއާތަކުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ރޮއިޓާސް

މެލޭޝިއާގެ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، ޑިމޮކްރެޓިކް އެކްޝަން ޕާޓީ (ޑީއޭޕީ) ގެ ލީޑަރު އަދި އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް، މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވަން ނިންމެވީ، ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ގޭބަންދަށް ބަދަލުކުރުމަށް އެ ގައުމުގެ "ޕާޑަންސް ބޯޑު" ނުވަތަ މައާފު ދޭ ބޯޑުން ނިންމި ނިންމުމާ ގުޅިގެންނެވެ.

"އަޅުގަނޑު މިހާރު ވާނީ ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދިނުމަށް ބޮޑުވަޒީރަށް ހުށަހަޅާފައި. ނަމަވެސް، މި އިސްތިއުފާއަކީ ހަމައެކަނި ކެބިނެޓް މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އަމިއްލައަށް ނިންމި ނިންމުމެއް،" ޑީއޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާ އެންތަނީ ލޯކް ވިދާޅުވި އެވެ.

މި ނިންމުން އިއުލާންކޮށްފައި މިވަނީ، އެތައް ބިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ މައްސަލައެއްގައި ކުށް ސާބިތުވެ ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ހުކުމުގެ ބާކީ އޮތް ބައި ގޭބަންދުގައި ފުރިހަމަކުރުމުގެ ހުއްދަ ދިނުމަށް، ރަސްގެފާނު ރިޔާސަތު ބަލަހައްޓަވާ މެލޭޝިއާގެ ޕާޑަންސް ބޯޑުން ނިންމިތާ އެއްދުވަސް ފަހުންނެވެ. ނަޖީބު ރައްޒާގުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވީ މީގެ ހަތަރު އަހަރު ކުރިންނެވެ.

މެލޭޝިއާގެ ބޮޑުވަޒީރުކަން 2009 އިން 2018 އަށް ކުރެއްވި ނަޖީބު ރައްޒާގުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވީ، އޭނާގެ ވެރިކަމުގައި އުފެއްދެވި ދައުލަތުގެ އިންވެސްޓްމަންޓް ފަންޑު، "ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ބާހާދު" (1އެމްޑީބީ) އިން އެތައް ބިލިއަން ޑޮލަރަކަށް ހިޔާނާތްތެރިވި މައްސަލައިގަ އެވެ. ނަމަވެސް، އޭނާ އަބަދުވެސް ގެންދަވަނީ އެއްވެސް ގޯސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެ އެ ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ.

އެންތަނީ ލޯކް އިތުރަށް ވިދާޅުވީ، އޭނާ އިސްތިއުފާ ހުށަހެޅުއްވި ނަމަވެސް، ސަރުކާރުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ޑީއޭޕީގެ ކެބިނެޓްގެ އެހެން މިނިސްޓަރުން މަގާމުތަކުގައި ދެމިތިއްބަވާނެ ކަމަށެވެ.

މެލޭޝިއާގެ މަދު ނަސްލުތަކާއި ކުރިއަރާފައިވާ ވިސްނުމުގެ ވޯޓުލާ މީހުންގެ މެދުގައި ޑީއޭޕީއަށް ބޮޑު ތާއީދެއް އޮތް ނަމަވެސް، ކޮރަޕްޝަންގެ މައްސަލަތަކާއި، ނަސްލީ އަދި ދީނީ ކަންކަމުގައި ސަރުކާރުން އަމަލުކުރާ ގޮތުގެ ސަބަބުންނާއި، ވައުދުވި އިސްލާހުތައް ގެނައުމުގައި ލަސްވަމުންދާތީ އެ ޕާޓީއަށް އޮތް ތާއީދު ވަނީ ކުޑަވާން ފަށާފަ އެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ގިނަ ޕާޓީ ހިމެނޭ ކޯލިޝަން ސަރުކާރުގައި ޑީއޭޕީގެ އިތުރުން ނަޖީބު ރައްޒާގު ނިސްބަތްވާ ޔޫއެމްއެންއޯ (އުމްނޯ) ވެސް ހިމެނެ އެވެ. ނަމަވެސް، ކޮރަޕްޝަންގެ މައްސަލަތަކާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅިގެން ކޯލިޝަންގެ ތެރޭގައި އޮތް ހިޔާލުތަފާތުވުންތައް މިހާރު ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox